ސަބައް · 52/54
ތަރުޖަމާ ކިޔެވުން — ސަބައް
وَقَالُوا آمَنَّا بِهِ وَأَنَّىٰ لَهُمُ التَّنَاوُشُ مِن مَّكَانٍ بَعِيدٍ ۝٥٢
Wa qaloo aamannaa bihee wa annaa lahumut tanaawushu mim makaanim ba`eed
📖 ދިވެހި މާނަ
އަދި އެއުރެން ބުނާނެތެވެ. ތިމަންމެން (މިހާރު) އެ قرآن އަށް إيمان ވެއްޖައީމެވެ. ދުރުގައިވާ ތަނަކުން އެ إيمان ކަން އެއުރެންނަށް ލިބޭނީ ކިހިނަކުން ހެއްޔެވެ؟
🎧 އަޑު އަހާ

📜 އާޔަތް 50-54 — ސަބައް

50قُلْ إِن ضَلَلْتُ فَإِنَّمَا أَضِلُّ عَلَىٰ نَفْسِي ۖ وَإِنِ اهْتَدَيْتُ فَبِمَا يُوحِي إِلَيَّ رَبِّي ۚ إِنَّهُ سَمِيعٌ قَرِيبٌ
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަން މަގުފުރެދިއްޖެނަމަ، ފަހެ، ތިމަން މަގުފުރެދޭކަން ކަށަވަރީ، ތިމަންގެ އަމިއްލަ نفس ގެ މައްޗަށެވެ. (އެބަހީ: އެކަމުގެ ގެއްލުންހުރީ ތިމަންގެ އަމިއްލަ نفس އަށެވެ.) އަދި ތިމަންނާއަށް ތެދުމަގު ލިބިއްޖެނަމަ، ފަހެ، އެއީ ތިމަންގެ ވެރިރަސްކަލާނގެ ތިމަންނާއަށް އިއްވަވާ وحى ގެ ސަބަބުންނެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، ކުއްތަންވެވޮޑިގެންވާ ރަސްކަލާނގެއެވެ
51وَلَوْ تَرَىٰ إِذْ فَزِعُوا فَلَا فَوْتَ وَأُخِذُوا مِن مَّكَانٍ قَرِيبٍ
އެއުރެން (قيامة ދުވަހު) ބިރުން ސިހިގެންދާހިނދު ކަލޭގެފާނު ދެކެވައިގަންނަވާނެނަމައެވެ. ފަހެ، އެހިނދު ސަލާމަތްވެގެން ދިއުމެއްނެތެވެ. އަދި ގާތުގައިވާ ތަނަކުން އެއުރެން ހިއްޕަވައި ގެންދަވާނެތެވެ
52وَقَالُوا آمَنَّا بِهِ وَأَنَّىٰ لَهُمُ التَّنَاوُشُ مِن مَّكَانٍ بَعِيدٍ
އަދި އެއުރެން ބުނާނެތެވެ. ތިމަންމެން (މިހާރު) އެ قرآن އަށް إيمان ވެއްޖައީމެވެ. ދުރުގައިވާ ތަނަކުން އެ إيمان ކަން އެއުރެންނަށް ލިބޭނީ ކިހިނަކުން ހެއްޔެވެ؟
53وَقَدْ كَفَرُوا بِهِ مِن قَبْلُ ۖ وَيَقْذِفُونَ بِالْغَيْبِ مِن مَّكَانٍ بَعِيدٍ
މީގެކުރިން އެއުރެންވަނީ އެ قرآن އަށް كافر ވެފައިކަން ކަށަވަރެވެ. އަދި ނުފެންނަ ކަންތަކާމެދު ދުރުތަނަކުން އެއުރެން ހީއެއްގެ މައްޗަށް ވާހަކަދައްކައި އުޅުނޫއެވެ
54وَحِيلَ بَيْنَهُمْ وَبَيْنَ مَا يَشْتَهُونَ كَمَا فُعِلَ بِأَشْيَاعِهِم مِّن قَبْلُ ۚ إِنَّهُمْ كَانُوا فِي شَكٍّ مُّرِيبٍ
އަދި އެއުރެން އެދޭކަންތަކާއި، އެއުރެންނާދެމެދު ހުރަސްއެޅުއްވިއެވެ. އެއުރެންނާ އެއްފަދަވެގެންވާ މީހުންނާމެދު، ކުރިން ކަންތައްކުރެއްވި ފަދައިންނެވެ. ހަމަކަށަވަރުން، އެއުރެންވީ ވަސްވާސްތެރިކަމުން ފުރިގެންވާ شك އެއްގައެވެ
ސަބައްޤުރުއާން ފިހުރިސްތު
54އާޔަތް
MeccanRevelation
52އާޔަތް

ތަރުޖަމާ — ސަބައް 52

ސޫރަތު ސަބައް އާޔަތް 52 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި އެއުރެން ބުނާނެތެވެ. ތިމަންމެން (މިހާރު) އެ قرآن އަށް إيمان ވެއްޖައީމެވެ.…

ސޫރަތު އާޔަތް 52/54 — ސަބައް سبأ (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސަބައް އަޑު އަހާ, ސަބައް ތަރުޖަމާ, ސަބައް mp3, ސަބައް pdf. އާޔަތް 50–54. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers