ފާޠިރު · 38/45
ތަރުޖަމާ ކިޔެވުން — ފާޠިރު
إِنَّ اللَّهَ عَالِمُ غَيْبِ السَّمَاوَاتِ وَالْأَرْضِ ۚ إِنَّهُ عَلِيمٌ بِذَاتِ الصُّدُورِ ۝٣٨
Innal laaha `aalimu ghaibis samaawaati wal ard; innahoo `aleemum bizaatis sudoor
📖 ދިވެހި މާނަ
ހަމަކަށަވަރުން، اللَّه އީ، އުޑުތަކާއި، ބިމުގެ غيب ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ހިތްތަކުގައިވާހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
🎧 އަޑު އަހާ

📜 އާޔަތް 36-40 — ފާޠިރު

36وَالَّذِينَ كَفَرُوا لَهُمْ نَارُ جَهَنَّمَ لَا يُقْضَىٰ عَلَيْهِمْ فَيَمُوتُوا وَلَا يُخَفَّفُ عَنْهُم مِّنْ عَذَابِهَا ۚ كَذَٰلِكَ نَجْزِي كُلَّ كَفُورٍ
އަދި كافر ވިމީހުންނަށް ހުރީ ނަރަކައިގެ އަލިފާނެވެ. ފަހެ، އެއުރެން މަރުވުމަކަށް، އެއުރެންގެ މައްޗަށް ނިޔާއެއް ނުކުރައްވާނެތެވެ. އަދި ނަރަކައިގެ عذاب ން ބައެއް، އެއުރެންގެ ކިބަޔަކުން ލުޔެއްވެސް ނުމެކުރައްވާނޭމެއެވެ. كافر ވާ ކޮންމެ މީހަކަށް ތިމަންރަސްކަލާނގެ عذاب ދެއްވަނީ އެފަދައިންނެވެ
37وَهُمْ يَصْطَرِخُونَ فِيهَا رَبَّنَا أَخْرِجْنَا نَعْمَلْ صَالِحًا غَيْرَ الَّذِي كُنَّا نَعْمَلُ ۚ أَوَلَمْ نُعَمِّرْكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَاءَكُمُ النَّذِيرُ ۖ فَذُوقُوا فَمَا لِلظَّالِمِينَ مِن نَّصِيرٍ
އެއުރެން އެ ނަރަކައިގައި ރޮއިހޭރި ދަންނަވާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ކުރަމުންގެންދިޔަ (ނުބައި) عمل ނޫން صالح عمل ކުރުމަށް އަޅަމެން ނެރުއްވައިފާނދޭވެ! ހަނދުމަކުރާނެ މީހަކު އެދުވަސްތަކުގައި ހަނދުމަކުރާހާ ދުވަހު، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ عمر ނުދަންމަވަން ހެއްޔެވެ؟ އަދި إنذار ކުރައްވާ ބޭކަލަކު ތިޔަބައިމީހުންގެ ގާތަށް ވަޑައިގަތެވެ. ފަހެ، ތިޔަބައިމީހުން (عذاب ގެ) ރަހަ ލިބިގަންނާށެވެ! ފަހެ، އަނިޔާވެރިންނަށް نصر ދޭނެ އެއްވެސް މީހަކު ނުވެތެވެ
38إِنَّ اللَّهَ عَالِمُ غَيْبِ السَّمَاوَاتِ وَالْأَرْضِ ۚ إِنَّهُ عَلِيمٌ بِذَاتِ الصُّدُورِ
ހަމަކަށަވަރުން، اللَّه އީ، އުޑުތަކާއި، ބިމުގެ غيب ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ހިތްތަކުގައިވާހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
39هُوَ الَّذِي جَعَلَكُمْ خَلَائِفَ فِي الْأَرْضِ ۚ فَمَن كَفَرَ فَعَلَيْهِ كُفْرُهُ ۖ وَلَا يَزِيدُ الْكَافِرِينَ كُفْرُهُمْ عِندَ رَبِّهِمْ إِلَّا مَقْتًا ۖ وَلَا يَزِيدُ الْكَافِرِينَ كُفْرُهُمْ إِلَّا خَسَارًا
ބިމުގައި خليفة އިންތަކެއް ކަމުގައި ތިޔަބައިމީހުން ލެއްވީ އެކަލާނގެއެވެ. ފަހެ، كافر ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ كافر ކަން އޮތީ ހަމަ އެމީހާގެ މައްޗަށެވެ. އަދި كافر ންނަށް އެއުރެން كافر ވުމުގެ ސަބަބުން، އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި ކޯފާމެނުވީ އިތުރެއް ނުވާނެތެވެ. އަދި كافر ވި މީހުންނަށް އެއުރެންގެ كافر ކަމުގެ ސަބަބުން ގެއްލުމެއް މެނުވީ އިތުރެއް ނުވާނެތެވެ
40قُلْ أَرَأَيْتُمْ شُرَكَاءَكُمُ الَّذِينَ تَدْعُونَ مِن دُونِ اللَّهِ أَرُونِي مَاذَا خَلَقُوا مِنَ الْأَرْضِ أَمْ لَهُمْ شِرْكٌ فِي السَّمَاوَاتِ أَمْ آتَيْنَاهُمْ كِتَابًا فَهُمْ عَلَىٰ بَيِّنَتٍ مِّنْهُ ۚ بَلْ إِن يَعِدُ الظَّالِمُونَ بَعْضُهُم بَعْضًا إِلَّا غُرُورًا
ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކޮށްއުޅޭ شريك ންނާމެދު ނިކަން خبر ދީ ބަލާށެވެ! އެތަކެތި ބިމުން ހެދީ ކޮންތަނެއްކަން ތިމަން ކަލޭގެފާނަށް ތިޔަބައިމީހުން ދައްކައިބަލާށެވެ! ނުވަތަ އުޑުތައް ހެއްދެވުމުގައި ބައިވެރިވުމެއް އެތަކެއްޗަށް ވަނީ ހެއްޔެވެ؟ ނުވަތަ އެއިން ކަމެއްގެ މައްޗަށް ހެތްކެއްގެ މަތީގައި އެއުރެން ވުމަށް ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތެއް ދެއްވާފައިވަނީ ހެއްޔެވެ؟ އަދި ކިއެއްތަ! އަނިޔާވެރިން އެއްބަޔަކު އަނެއްބަޔަކަށް ހެއްލުންތެރިކަމަކަށް މެނުވީ وعد އެއް ނުކުރެތެވެ
ފާޠިރުޤުރުއާން ފިހުރިސްތު
45އާޔަތް
MeccanRevelation
38އާޔަތް

ތަރުޖަމާ — ފާޠިރު 38

ސޫރަތު ފާޠިރު އާޔަތް 38 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ހަމަކަށަވަރުން، اللَّه އީ، އުޑުތަކާއި، ބިމުގެ غيب ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ،…

ސޫރަތު އާޔަތް 38/45 — ފާޠިރު فاطر (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ފާޠިރު އަޑު އަހާ, ފާޠިރު ތަރުޖަމާ, ފާޠިރު mp3, ފާޠިރު pdf. އާޔަތް 36–40. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers