އަން-ނިސާއް · 142/176
ތަރުޖަމާ ކިޔެވުން — ސޫރަތު އަން-ނިސާއް
إِنَّ الْمُنَافِقِينَ يُخَادِعُونَ اللَّهَ وَهُوَ خَادِعُهُمْ وَإِذَا قَامُوا إِلَى الصَّلَاةِ قَامُوا كُسَالَىٰ يُرَاءُونَ النَّاسَ وَلَا يَذْكُرُونَ اللَّهَ إِلَّا قَلِيلًا ۝١٤٢
Innal munaafiqeena yukhaadi`oonal laaha wa huwa khaadi`uhum wa izaa qaamooo ilas Salaati qaamoo kusaalaa yuraaa`oonan naasa wa laa yazkuroonal laaha illaa qaleelaa
📖 ދިވެހި މާނަ
ހަމަކަށަވަރުން، منافق ން، اللَّه އަށް އޮޅުވައިލަތެވެ. (އެބަހީ: އޮޅުވައިލުމަށްކުރާ ކަހަލަ عمل ތައް ކުރެތެވެ.) އެކަލާނގެ އެއުރެންގެ މައްޗަށް އެ އޮޅުވައިލުން ރައްދުކުރައްވާ ހުށްޓެވެ. އަދި، އެއުރެން ނަމާދަށް ތެދުވާއިރު، މީސްތަކުންނަށް ކަންދައްކަމުން ކަންނެތްވެ ތިބެ ތެދުވެތެވެ. އަދި، ވަރަށް މަދުންމެނުވީ، އެއުރެން اللَّه ހަނދުމައެއް ނުކުރެތެވެ

🎧 އަޑު އަހާ


📜 އާޔަތް 140-144 — ސޫރަތު އަން-ނިސާއް

140وَقَدْ نَزَّلَ عَلَيْكُمْ فِي الْكِتَابِ أَنْ إِذَا سَمِعْتُمْ آيَاتِ اللَّهِ يُكْفَرُ بِهَا وَيُسْتَهْزَأُ بِهَا فَلَا تَقْعُدُوا مَعَهُمْ حَتَّىٰ يَخُوضُوا فِي حَدِيثٍ غَيْرِهِ ۚ إِنَّكُمْ إِذًا مِّثْلُهُمْ ۗ إِنَّ اللَّهَ جَامِعُ الْمُنَافِقِينَ وَالْكَافِرِينَ فِي جَهَنَّمَ جَمِيعًا
ހަމަކަށަވަރުން، ފޮތުގައި ތިޔަބައިމީހުންގެ މައްޗަށް ބާވައިލައްވާފައިވެއެވެ. اللَّه ގެ آية ތަކަށް كافر ވެ، އެ آية ތަކަށް މަލާމާތްކުރާ އަޑު ތިޔަބައިމީހުންނަށް އިވޭހިނދު، އެއުރެން އެހެން ވާހަކަޔެއް ދައްކަން ފަށައިފުމަށް ދާންދެން، އެއުރެންނާއެކު، ތިޔަބައިމީހުން ނުތިބޭށެވެ! އެހެން ތިޔަބައިމީހުން ތިބެނީނަމަ، ހަމަކަށަވަރުން، ތިޔަބައިމީހުންނަކީވެސް އެއުރެންފަދަ ބަޔެކެވެ. ހަމަކަށަވަރުން، اللَّه، منافق ންނާއި كافر ންގެ އެންމެން ނަރަކަޔަށް އެއްކުރައްވާނެތެވެ
141الَّذِينَ يَتَرَبَّصُونَ بِكُمْ فَإِن كَانَ لَكُمْ فَتْحٌ مِّنَ اللَّهِ قَالُوا أَلَمْ نَكُن مَّعَكُمْ وَإِن كَانَ لِلْكَافِرِينَ نَصِيبٌ قَالُوا أَلَمْ نَسْتَحْوِذْ عَلَيْكُمْ وَنَمْنَعْكُم مِّنَ الْمُؤْمِنِينَ ۚ فَاللَّهُ يَحْكُمُ بَيْنَكُمْ يَوْمَ الْقِيَامَةِ ۗ وَلَن يَجْعَلَ اللَّهُ لِلْكَافِرِينَ عَلَى الْمُؤْمِنِينَ سَبِيلًا
އެއުރެންނީ، ތިޔަބައިމީހުންނާމެދު، ބަލަބަލައި ތިބޭ މީހުންނެވެ. ފަހެ، اللَّه ގެ حضرة ން، ތިޔަބައިމީހުންނަށް فتح އެއް ލިބިއްޖެނަމަ، އެއުރެން ބުނެތެވެ. ތިމަންމެން ތިޔަބައިމީހުންނާ އެކުގައި ނުވަންހޭ؟ އަދި، كافر ންނަށް نصيب އެއް ލިބިއްޖެނަމަ އެއުރެން ބުނެތެވެ. ތިޔަބައިމީހުންގެ މައްޗަށް ތިމަންމެން ގަދަވެ ނުގަންނަންހޭ؟ އަދި، مؤمن ންގެ ކިބައިން ތިޔަބައިމީހުން ރައްކާތެރިކޮށް ނުދެންހޭ؟ قيامة ދުވަހުން ތިޔަބައިމީހުންގެ މެދުގައި حكم ކުރައްވާހުށީ اللَّه އެވެ. އަދި، مؤمن ންގެ މައްޗަށް كافر ންނަކަށް އެއްވެސް މަގެއް اللَّه ނުލައްވާނެތެވެ
142إِنَّ الْمُنَافِقِينَ يُخَادِعُونَ اللَّهَ وَهُوَ خَادِعُهُمْ وَإِذَا قَامُوا إِلَى الصَّلَاةِ قَامُوا كُسَالَىٰ يُرَاءُونَ النَّاسَ وَلَا يَذْكُرُونَ اللَّهَ إِلَّا قَلِيلًا
ހަމަކަށަވަރުން، منافق ން، اللَّه އަށް އޮޅުވައިލަތެވެ. (އެބަހީ: އޮޅުވައިލުމަށްކުރާ ކަހަލަ عمل ތައް ކުރެތެވެ.) އެކަލާނގެ އެއުރެންގެ މައްޗަށް އެ އޮޅުވައިލުން ރައްދުކުރައްވާ ހުށްޓެވެ. އަދި، އެއުރެން ނަމާދަށް ތެދުވާއިރު، މީސްތަކުންނަށް ކަންދައްކަމުން ކަންނެތްވެ ތިބެ ތެދުވެތެވެ. އަދި، ވަރަށް މަދުންމެނުވީ، އެއުރެން اللَّه ހަނދުމައެއް ނުކުރެތެވެ
143مُّذَبْذَبِينَ بَيْنَ ذَٰلِكَ لَا إِلَىٰ هَٰؤُلَاءِ وَلَا إِلَىٰ هَٰؤُلَاءِ ۚ وَمَن يُضْلِلِ اللَّهُ فَلَن تَجِدَ لَهُ سَبِيلًا
އެދެމެދުގައި (އެބަހީ: إيمان ކަމާއި كافر ކަމާ ދެމެދުގައި) ދެއަތަށް ކިރިކިރިތިބޭ حال ގައެވެ. މިބަޔަކަށްވެސް ނޫނެވެ. އަދި، އެބަޔަކަށްވެސް ނޫނެވެ. (އެބަހީ: مؤمن ންގެ جماعة އަކަށްވެސް، އަދި، كافر ންގެ جماعة އަކަށްވެސް އެއުރެން ނިސްބަތެއް ނުވެއެވެ.) اللَّه، މަގުފުރައްދަވާ މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށްޓަކައި އެއްވެސްމަގެއް ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ
144يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْكَافِرِينَ أَوْلِيَاءَ مِن دُونِ الْمُؤْمِنِينَ ۚ أَتُرِيدُونَ أَن تَجْعَلُوا لِلَّهِ عَلَيْكُمْ سُلْطَانًا مُّبِينًا
އޭإيمان ވެއްޖެ މީސްތަކުންނޭވެ! مؤمن ން ފިޔަވައި، كافر ން އެއީ އެހީތެރިން ކަމުގައި ތިޔަބައިމީހުން ނުހިފާށެވެ! (ފަހެ) بيان ވެގެންވާ حجّة އެއް ތިޔަބައިމީހުންނާ ދެކޮޅަށް، ތިޔަބައިމީހުން اللَّه ގެ حضرة އަށް ހުށަހެޅުމަށް އެދެނީހެއްޔެވެ؟
އަން-ނިސާއްޤުރުއާން ފިހުރިސްތު
176އާޔަތް
MedinanRevelation
142އާޔަތް

ތަރުޖަމާ — އަން-ނިސާއް 142

ސޫރަތު އަން-ނިސާއް އާޔަތް 142 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ހަމަކަށަވަރުން، منافق ން، اللَّه އަށް އޮޅުވައިލަތެވެ. (އެބަހީ: އޮޅުވައިލުމަށްކުރާ ކަހަލަ عمل…

ސޫރަތު އާޔަތް 142/176 — ސޫރަތު އަން-ނިސާއް النساء (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަން-ނިސާއް އަޑު އަހާ, ސޫރަތު އަން-ނިސާއް ތަރުޖަމާ, ސޫރަތު އަން-ނިސާއް mp3, ސޫރަތު އަން-ނިސާއް pdf. އާޔަތް 140–144. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers