ޣާފިރު · 14/85
ތަރުޖަމާ ކިޔެވުން — ޣާފިރު
فَادْعُوا اللَّهَ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ ۝١٤
Fad`ul laaha mukhliseena lahud deena wa law karihal kaafiroon
📖 ދިވެހި މާނަ
ފަހެ، ތިޔަބައިމީހުން اللَّه އަށް دعاء ކޮށް، އަޅުކަން ކުރާށެވެ! އެކަލާނގެއަށް އަޅުކަން خالص ކުރާ حال ގައެވެ. كافر ތަކުން ނުރުހުނު ކަމުގައިވިޔަސްމެއެވެ

🎧 އަޑު އަހާ


📜 އާޔަތް 12-16 — ޣާފިރު

12ذَٰلِكُم بِأَنَّهُ إِذَا دُعِيَ اللَّهُ وَحْدَهُ كَفَرْتُمْ ۖ وَإِن يُشْرَكْ بِهِ تُؤْمِنُوا ۚ فَالْحُكْمُ لِلَّهِ الْعَلِيِّ الْكَبِيرِ
(ޖަވާބުގައި އަންގަވާނެތެވެ.) އެއީ ހަމައެކަނި اللَّه އަށް އަޅުކަން ކުރުމަށް ގޮވައިލެއްވިހިނދު، ތިޔަބައިމީހުން كافر ވިކަމަށްޓަކައެވެ. އަދި އެކަލާނގެއަށް شريك ކުރާހިނދު، ތިޔަބައިމީހުން (އެކަމަށް) إيمان ވާކަމަށްޓަކައެވެ. ފަހެ، حكم ކުރެއްވުންވަނީ، އެންމެމަތިވެރި، އެންމެ عظمة ތެރި اللَّه އަށެވެ
13هُوَ الَّذِي يُرِيكُمْ آيَاتِهِ وَيُنَزِّلُ لَكُم مِّنَ السَّمَاءِ رِزْقًا ۚ وَمَا يَتَذَكَّرُ إِلَّا مَن يُنِيبُ
އެކަލާނގެއީ، ތިޔަބައިމީހުންނަށް އެކަލާނގެ (ކުޅަދުންވަންތަކަމުގެ) ހެކިތައް ދައްކަވާ، އަދި އުޑުން ތިޔަބައިމީހުންނަށްޓަކައި رزق (އެބަހީ: އޭގެސަބަބު ކަމުގައިވާ ވާރޭ) ބާވައިލައްވާ ރަސްކަލާނގެއެވެ. އަދި توبة ވެ، رجوع ވާމީހަކު މެނުވީ (އެކަމުން) نصيحة ލިބިއެއް ނުގަނެތެވެ
14فَادْعُوا اللَّهَ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ
ފަހެ، ތިޔަބައިމީހުން اللَّه އަށް دعاء ކޮށް، އަޅުކަން ކުރާށެވެ! އެކަލާނގެއަށް އަޅުކަން خالص ކުރާ حال ގައެވެ. كافر ތަކުން ނުރުހުނު ކަމުގައިވިޔަސްމެއެވެ
15رَفِيعُ الدَّرَجَاتِ ذُو الْعَرْشِ يُلْقِي الرُّوحَ مِنْ أَمْرِهِ عَلَىٰ مَن يَشَاءُ مِنْ عِبَادِهِ لِيُنذِرَ يَوْمَ التَّلَاقِ
އެކަލާނގެއީ، ދަރަޖަތައް މަތިވެރިވެގެންވާ ރަސްކަލާނގެއެވެ. عرش ގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ އަޅުންކުރެ، އެކަލާނގެ އިރާދަކުރައްވާ އަޅަކަށް، އެކަލާނގެ އަމުރުފުޅަށް وحى ފޮނުއްވަތެވެ. އެއީ އެ އަޅަކު (އެބަހީ: އެ رسول އަކު) އެކަލާނގެއާ ބައްދަލުވާނޭ ދުވަހާމެދު (މީސްތަކުންނަށް) إنذار ކުރެއްވުމަށްޓަކައެވެ
16يَوْمَ هُم بَارِزُونَ ۖ لَا يَخْفَىٰ عَلَى اللَّهِ مِنْهُمْ شَيْءٌ ۚ لِّمَنِ الْمُلْكُ الْيَوْمَ ۖ لِلَّهِ الْوَاحِدِ الْقَهَّارِ
އެދުވަހުން އެއުރެން ފާޅުވެ ފެންނާނެތެވެ. އެއުރެންގެ އެއްވެސް ކަމެއް، اللَّه އަށް ވަންހަނާވެގެނެއް ނުވާނެތެވެ. (އެދުވަހުން، اللَّه وحى ކުރައްވާނެތެވެ.) މިއަދު ވެރިކަންއޮތީ ކާކަށްހެއްޔެވެ؟ (خود އެކަލާނގެ ޖަވާބުދެއްވާނެތެވެ.) އެއްކައުވަންތަ، ބާރުުވެރިވަންތަ اللَّه އަށެވެ
ޣާފިރުޤުރުއާން ފިހުރިސްތު
85އާޔަތް
MeccanRevelation
14އާޔަތް

ތަރުޖަމާ — ޣާފިރު 14

ސޫރަތު ޣާފިރު އާޔަތް 14 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ފަހެ، ތިޔަބައިމީހުން اللَّه އަށް دعاء ކޮށް، އަޅުކަން ކުރާށެވެ! އެކަލާނގެއަށް އަޅުކަން…

ސޫރަތު އާޔަތް 14/85 — ޣާފިރު غافر (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ޣާފިރު އަޑު އަހާ, ޣާފިރު ތަރުޖަމާ, ޣާފިރު mp3, ޣާފިރު pdf. އާޔަތް 12–16. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers