ޣާފިރު · 13/85
ތަރުޖަމާ ކިޔެވުން — ޣާފިރު
هُوَ الَّذِي يُرِيكُمْ آيَاتِهِ وَيُنَزِّلُ لَكُم مِّنَ السَّمَاءِ رِزْقًا ۚ وَمَا يَتَذَكَّرُ إِلَّا مَن يُنِيبُ ۝١٣
Huwal lazee yureekum Aayaatihee wa yunazzilu lakum minas samaaa`i rizqaa; wa maa tatazakkaru illaa mai yuneeb
📖 ދިވެހި މާނަ
އެކަލާނގެއީ، ތިޔަބައިމީހުންނަށް އެކަލާނގެ (ކުޅަދުންވަންތަކަމުގެ) ހެކިތައް ދައްކަވާ، އަދި އުޑުން ތިޔަބައިމީހުންނަށްޓަކައި رزق (އެބަހީ: އޭގެސަބަބު ކަމުގައިވާ ވާރޭ) ބާވައިލައްވާ ރަސްކަލާނގެއެވެ. އަދި توبة ވެ، رجوع ވާމީހަކު މެނުވީ (އެކަމުން) نصيحة ލިބިއެއް ނުގަނެތެވެ

🎧 އަޑު އަހާ


📜 އާޔަތް 11-15 — ޣާފިރު

11قَالُوا رَبَّنَا أَمَتَّنَا اثْنَتَيْنِ وَأَحْيَيْتَنَا اثْنَتَيْنِ فَاعْتَرَفْنَا بِذُنُوبِنَا فَهَلْ إِلَىٰ خُرُوجٍ مِّن سَبِيلٍ
އެއުރެން ދަންނަވާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ އަޅަމެން ދެފަހަރަށް މަރުގަންނަވައި، ދެފަހަރަށް ދިރުއްވައިފީމުއެވެ. ފަހެ، އަޅަމެންގެ ފާފަތަކަށް، އަޅަމެން اعتراف ވެއްޖައީމުއެވެ. ފަހެ، އަޅަމެންނަށް (މި عذاب ން) ނުކުމެވޭނޭ އެއްވެސް މަގެއް ވޭތޯއެވެ؟ (ނޯޓު: ފުރަތަމަ ފަހަރުގެ މަރަކީ، ނެތުމުގެ ތެރޭގައި އެއުރެން ވީހިނދެވެ. ދެވަނަފަހަރުގެ މަރަކީ، އަޖަލު ހަމަވެގެން ދުނިޔޭގައިވީ މަރެވެ. ފުރަތަމަ ފަހަރުގެ ދިރުއްވުމަކީ، ދުނިޔެއަށް ފޮނުއްވުމެވެ. ދެވަނަފަހަރުގެ ދިރުއްވުމަކީ، محشر އަށް ފޮނުއްވުމަށް ދިރުއްވުމެވެ)
12ذَٰلِكُم بِأَنَّهُ إِذَا دُعِيَ اللَّهُ وَحْدَهُ كَفَرْتُمْ ۖ وَإِن يُشْرَكْ بِهِ تُؤْمِنُوا ۚ فَالْحُكْمُ لِلَّهِ الْعَلِيِّ الْكَبِيرِ
(ޖަވާބުގައި އަންގަވާނެތެވެ.) އެއީ ހަމައެކަނި اللَّه އަށް އަޅުކަން ކުރުމަށް ގޮވައިލެއްވިހިނދު، ތިޔަބައިމީހުން كافر ވިކަމަށްޓަކައެވެ. އަދި އެކަލާނގެއަށް شريك ކުރާހިނދު، ތިޔަބައިމީހުން (އެކަމަށް) إيمان ވާކަމަށްޓަކައެވެ. ފަހެ، حكم ކުރެއްވުންވަނީ، އެންމެމަތިވެރި، އެންމެ عظمة ތެރި اللَّه އަށެވެ
13هُوَ الَّذِي يُرِيكُمْ آيَاتِهِ وَيُنَزِّلُ لَكُم مِّنَ السَّمَاءِ رِزْقًا ۚ وَمَا يَتَذَكَّرُ إِلَّا مَن يُنِيبُ
އެކަލާނގެއީ، ތިޔަބައިމީހުންނަށް އެކަލާނގެ (ކުޅަދުންވަންތަކަމުގެ) ހެކިތައް ދައްކަވާ، އަދި އުޑުން ތިޔަބައިމީހުންނަށްޓަކައި رزق (އެބަހީ: އޭގެސަބަބު ކަމުގައިވާ ވާރޭ) ބާވައިލައްވާ ރަސްކަލާނގެއެވެ. އަދި توبة ވެ، رجوع ވާމީހަކު މެނުވީ (އެކަމުން) نصيحة ލިބިއެއް ނުގަނެތެވެ
14فَادْعُوا اللَّهَ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ
ފަހެ، ތިޔަބައިމީހުން اللَّه އަށް دعاء ކޮށް، އަޅުކަން ކުރާށެވެ! އެކަލާނގެއަށް އަޅުކަން خالص ކުރާ حال ގައެވެ. كافر ތަކުން ނުރުހުނު ކަމުގައިވިޔަސްމެއެވެ
15رَفِيعُ الدَّرَجَاتِ ذُو الْعَرْشِ يُلْقِي الرُّوحَ مِنْ أَمْرِهِ عَلَىٰ مَن يَشَاءُ مِنْ عِبَادِهِ لِيُنذِرَ يَوْمَ التَّلَاقِ
އެކަލާނގެއީ، ދަރަޖަތައް މަތިވެރިވެގެންވާ ރަސްކަލާނގެއެވެ. عرش ގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ އަޅުންކުރެ، އެކަލާނގެ އިރާދަކުރައްވާ އަޅަކަށް، އެކަލާނގެ އަމުރުފުޅަށް وحى ފޮނުއްވަތެވެ. އެއީ އެ އަޅަކު (އެބަހީ: އެ رسول އަކު) އެކަލާނގެއާ ބައްދަލުވާނޭ ދުވަހާމެދު (މީސްތަކުންނަށް) إنذار ކުރެއްވުމަށްޓަކައެވެ
ޣާފިރުޤުރުއާން ފިހުރިސްތު
85އާޔަތް
MeccanRevelation
13އާޔަތް

ތަރުޖަމާ — ޣާފިރު 13

ސޫރަތު ޣާފިރު އާޔަތް 13 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެކަލާނގެއީ، ތިޔަބައިމީހުންނަށް އެކަލާނގެ (ކުޅަދުންވަންތަކަމުގެ) ހެކިތައް ދައްކަވާ، އަދި އުޑުން ތިޔަބައިމީހުންނަށްޓަކައި رزق…

ސޫރަތު އާޔަތް 13/85 — ޣާފިރު غافر (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ޣާފިރު އަޑު އަހާ, ޣާފިރު ތަރުޖަމާ, ޣާފިރު mp3, ޣާފިރު pdf. އާޔަތް 11–15. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers