އައް-ޝޫރާ · 6/53
ތަރުޖަމާ ކިޔެވުން — އައް-ޝޫރާ
وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاءَ اللَّهُ حَفِيظٌ عَلَيْهِمْ وَمَا أَنتَ عَلَيْهِم بِوَكِيلٍ ۝٦
Wallazeenat takhazoo min dooniheee awliyaaa`al laahu hafeezun `alaihim wa maaa anta `alaihim biwakeel
📖 ދިވެހި މާނަ
އެކަލާނގެ ފިޔަވައި އެހީތެރިންތަކެއް ހިފިމީހުން (ދަންނާށެވެ!) اللَّه، އެއުރެންގެ މައްޗަށް މޮޅަށް ބައްލަވާވޮޑިގެންވެއެވެ. އަދި އެއުރެންގެ ކަންތައްތައް حوال ކުރައްވާފައިވާ وكيل އަކު ކަމުގައި ކަލޭގެފާނު ނުވަމުއެވެ
🎧 އަޑު އަހާ

📜 އާޔަތް 4-8 — އައް-ޝޫރާ

4لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۖ وَهُوَ الْعَلِيُّ الْعَظِيمُ
އުޑުތަކުގައިވާހާ ތަކެއްޗާއި، ބިމުގައިވާހާ ތަކެތި މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ، އެންމެމަތިވެރި، އެންމެމާތް ރަސްކަލާނގެއެވެ
5تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِن فَوْقِهِنَّ ۚ وَالْمَلَائِكَةُ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيَسْتَغْفِرُونَ لِمَن فِي الْأَرْضِ ۗ أَلَا إِنَّ اللَّهَ هُوَ الْغَفُورُ الرَّحِيمُ
(اللَّه ގެ ކީރިތިވަންތަކަމުން) އުޑުތައް އެތަކެތީގެމަތިން ފަޅަފަޅައިގެންދިއުމާ ގާތްވެއެވެ. އަދި ملائكة ން، އެއުރެންގެ ވެރިރަސްކަލާނގެއަށް حمد އާއެކު تسبيح ދަންނަވަތެވެ. އަދި ބިމުގައިވާ މީހުންނަށް ފާފަފުއްސެވުންއެދި، دعاء ކުރައްވަތެވެ. ދަންނާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ
6وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاءَ اللَّهُ حَفِيظٌ عَلَيْهِمْ وَمَا أَنتَ عَلَيْهِم بِوَكِيلٍ
އެކަލާނގެ ފިޔަވައި އެހީތެރިންތަކެއް ހިފިމީހުން (ދަންނާށެވެ!) اللَّه، އެއުރެންގެ މައްޗަށް މޮޅަށް ބައްލަވާވޮޑިގެންވެއެވެ. އަދި އެއުރެންގެ ކަންތައްތައް حوال ކުރައްވާފައިވާ وكيل އަކު ކަމުގައި ކަލޭގެފާނު ނުވަމުއެވެ
7وَكَذَٰلِكَ أَوْحَيْنَا إِلَيْكَ قُرْآنًا عَرَبِيًّا لِّتُنذِرَ أُمَّ الْقُرَىٰ وَمَنْ حَوْلَهَا وَتُنذِرَ يَوْمَ الْجَمْعِ لَا رَيْبَ فِيهِ ۚ فَرِيقٌ فِي الْجَنَّةِ وَفَرِيقٌ فِي السَّعِيرِ
އަދި ހަމައެފަދައިން عرب ބަހުންވާ قرآن އެއް، ތިމަންރަސްކަލާނގެ ކަލޭގެފާނަށް وحى ކުރެއްވީމެވެ. (އެއީ) މައިރަށުގެ (އެބަހީ: مكة ގެ) أهل ވެރިންނާއި، އެތާނގެ ވަށައިގެންވާ މީހުންނަށް ކަލޭގެފާނު إنذار ކުރެއްވުމަށްޓަކައެވެ. އަދި (خلق ތަކުން) އެއްކުރައްވާ ދުވަހާމެދު إنذار ކުރެއްވުމަށްޓަކައެވެ. އެދުވަހާމެދަކު شك އެއްނެތެވެ. (އެދުވަހުން) އެއްބަޔަކުވާހުށީ ސުވަރުގޭގައެވެ. އަދި އަނެއްބަޔަކު ވާހުށީ ނަރަކައިގައެވެ
8وَلَوْ شَاءَ اللَّهُ لَجَعَلَهُمْ أُمَّةً وَاحِدَةً وَلَٰكِن يُدْخِلُ مَن يَشَاءُ فِي رَحْمَتِهِ ۚ وَالظَّالِمُونَ مَا لَهُم مِّن وَلِيٍّ وَلَا نَصِيرٍ
އަދި اللَّه އިރާދަކުރެއްވިނަމަ، އެއުރެން އެއް أمّة އެއްކަމުގައި ލައްވައިފީހެވެ. އެހެނެއްކަމަކު، އެކަލާނގެ އިރާދަކުރައްވާމީހަކު، އެކަލާނގެ رحمة ގެ ތެރެޔަށް ވައްދަވަތެވެ. އަދި އަނިޔާވެރިންނަށް (އެދުވަހުން) އެހީތެރިޔެއްވެސް، އަދި نصر ވެރިޔެއްވެސް ނުވެތެވެ
އައް-ޝޫރާޤުރުއާން ފިހުރިސްތު
53އާޔަތް
MeccanRevelation
6އާޔަތް

ތަރުޖަމާ — އައް-ޝޫރާ 6

ސޫރަތު އައް-ޝޫރާ އާޔަތް 6 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެކަލާނގެ ފިޔަވައި އެހީތެރިންތަކެއް ހިފިމީހުން (ދަންނާށެވެ!) اللَّه، އެއުރެންގެ މައްޗަށް މޮޅަށް ބައްލަވާވޮޑިގެންވެއެވެ.…

ސޫރަތު އާޔަތް 6/53 — އައް-ޝޫރާ الشورى (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އައް-ޝޫރާ އަޑު އަހާ, އައް-ޝޫރާ ތަރުޖަމާ, އައް-ޝޫރާ mp3, އައް-ޝޫރާ pdf. އާޔަތް 4–8. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers