އަލް-ޙަދީދު · 28/29
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-ޙަދީދު
يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَآمِنُوا بِرَسُولِهِ يُؤْتِكُمْ كِفْلَيْنِ مِن رَّحْمَتِهِ وَيَجْعَل لَّكُمْ نُورًا تَمْشُونَ بِهِ وَيَغْفِرْ لَكُمْ ۚ وَاللَّهُ غَفُورٌ رَّحِيمٌ ۝٢٨
Yaaa ayyuhal lazeena aamaanut taqullaaha wa aaminoo bi Rasoolihee yu`tikum kiflaini mir rahmatihee wa yaj`al lakum nooran tamshoona bihee wa yaghfir lakum; wallaahu Ghafoorur Raheem
📖 ދިވެހި މާނަ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި އެކަލާނގެ رسول އާއަށް إيمان ވާށެވެ! އޭރުން އެކަލާނގެ رحمة ން އެކަލާނގެ ތިޔަބައިމީހުންނަށް ދެގުނަ ދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށް އޭގެ އަލީގައި މަގު ހިނގާނޭ ނޫރެއް، އެކަލާނގެ ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް ފާފަފުއްސަވާނެތެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ

🎧 އަޑު އަހާ


📜 އާޔަތް 26-29 — ސޫރަތު އަލް-ޙަދީދު

26وَلَقَدْ أَرْسَلْنَا نُوحًا وَإِبْرَاهِيمَ وَجَعَلْنَا فِي ذُرِّيَّتِهِمَا النُّبُوَّةَ وَالْكِتَابَ ۖ فَمِنْهُم مُّهْتَدٍ ۖ وَكَثِيرٌ مِّنْهُمْ فَاسِقُونَ
އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ نوح ގެފާނާއި إبراهيم ގެފާނު رسول ކަމާއިގެން ފޮނުއްވީމެވެ. އަދި އެ ދެ رسول ންގެ ދަރިކޮޅުގައި ނަބީކަމާއި (ބާވައިލެއްވި) ފޮތްތައް ލެއްވީމެވެ. ފަހެ، އެއުރެންގެ ތެރެއިން ތެދުމަގު ލިބިގެންވާ މީހުންވެއެވެ. އަދި އެއުރެންގެ ތެރެއިން ގިނަމީހުންނީ، فاسق ންނެވެ
27ثُمَّ قَفَّيْنَا عَلَىٰ آثَارِهِم بِرُسُلِنَا وَقَفَّيْنَا بِعِيسَى ابْنِ مَرْيَمَ وَآتَيْنَاهُ الْإِنجِيلَ وَجَعَلْنَا فِي قُلُوبِ الَّذِينَ اتَّبَعُوهُ رَأْفَةً وَرَحْمَةً وَرَهْبَانِيَّةً ابْتَدَعُوهَا مَا كَتَبْنَاهَا عَلَيْهِمْ إِلَّا ابْتِغَاءَ رِضْوَانِ اللَّهِ فَمَا رَعَوْهَا حَقَّ رِعَايَتِهَا ۖ فَآتَيْنَا الَّذِينَ آمَنُوا مِنْهُمْ أَجْرَهُمْ ۖ وَكَثِيرٌ مِّنْهُمْ فَاسِقُونَ
ދެން ތިމަންރަސްކަލާނގެ އެބޭކަލުންނާ ވިދިގެން ފަހަތުން ތިމަންރަސްކަލާނގެ رسول ން ފޮނުއްވީމެވެ. އަދި مريم ގެފާނުގެ ދަރިކަލުން عيسى ގެފާނު އެބޭކަލުންގެ ފަހުން ފޮނުއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް إنجيل ދެއްވީމެވެ. އަދި އެކަލޭގެފާނަށް تبع ވީ މީހުންގެ ހިތްތަކުގައި އޯގާވެރިކަމާއި، رحم ލެއްވީމެވެ. އަދި ދުނިޔެ އަޅާފައި (އަޅުކަމުގެ ނަމުގައި) ތިބުމަކީ، އެއުރެން އަމިއްލަޔަށް އުފެއްދި ކަމެކެވެ. އެކަމަކީ، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ކަމެއްނޫނެވެ. އެހެނެއްކަމަކު، އެކަން އެއުރެން ފެށީ، اللَّه ގެ ރުހިވޮޑިގަތުން އެދިގެންނެވެ. ފަހެ، އެއުރެން حق ގޮތުގައި އެކަމަށް ރައްކާތެރިވާންވީ ވަރަކަށް ރައްކާތެރިއެއް ނުވެތެވެ. ފަހެ، ތިމަންރަސްކަލާނގެ، އެއުރެންގެ ތެރެއިން إيمان ވި މީހުންނަށް އެއުރެންގެ ދަރުމަ ދެއްވީމެވެ. އަދި އެއުރެންގެ ތެރެއިން ގިނަމީހުންނީ، فاسق ންނެވެ
28يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَآمِنُوا بِرَسُولِهِ يُؤْتِكُمْ كِفْلَيْنِ مِن رَّحْمَتِهِ وَيَجْعَل لَّكُمْ نُورًا تَمْشُونَ بِهِ وَيَغْفِرْ لَكُمْ ۚ وَاللَّهُ غَفُورٌ رَّحِيمٌ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި އެކަލާނގެ رسول އާއަށް إيمان ވާށެވެ! އޭރުން އެކަލާނގެ رحمة ން އެކަލާނގެ ތިޔަބައިމީހުންނަށް ދެގުނަ ދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށް އޭގެ އަލީގައި މަގު ހިނގާނޭ ނޫރެއް، އެކަލާނގެ ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް ފާފަފުއްސަވާނެތެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ
29لِّئَلَّا يَعْلَمَ أَهْلُ الْكِتَابِ أَلَّا يَقْدِرُونَ عَلَىٰ شَيْءٍ مِّن فَضْلِ اللَّهِ ۙ وَأَنَّ الْفَضْلَ بِيَدِ اللَّهِ يُؤْتِيهِ مَن يَشَاءُ ۚ وَاللَّهُ ذُو الْفَضْلِ الْعَظِيمِ
އެއީ اللَّه ގެ فضل ވަންތަކަމުގެ ތެރެއިން އެއްވެސްކަމެއްގެ މައްޗަށް އެއުރެންނަށް ކުޅަދާނަވެގެން ނުވާކަން، ފޮތުގެ أهل ވެރިން ދެނެގަތުމަށްޓަކައެވެ. އަދި ހަމަކަށަވަރުން، فضل ވަންތަކަންވަނީ، اللَّه ގެ يدقدرة ފުޅުގައެވެ. އެކަލާނގެ އިރާދަކުރައްވާ އަޅަކަށް އެކަން ދެއްވަތެވެ. اللَّه އީ، ބޮޑުވެގެންވާ فضل ވަންތަކަމުގެ ވެރިރަސްކަލާނގެއެވެ
އަލް-ޙަދީދުޤުރުއާން ފިހުރިސްތު
29އާޔަތް
MedinanRevelation
28އާޔަތް

ތަރުޖަމާ — އަލް-ޙަދީދު 28

ސޫރަތު އަލް-ޙަދީދު އާޔަތް 28 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި…

ސޫރަތު އާޔަތް 28/29 — ސޫރަތު އަލް-ޙަދީދު الحديد (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-ޙަދީދު އަޑު އަހާ, ސޫރަތު އަލް-ޙަދީދު ތަރުޖަމާ, ސޫރަތު އަލް-ޙަދީދު mp3, ސޫރަތު އަލް-ޙަދީދު pdf. އާޔަތް 26–29. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers