އަލް-އަންޢާމް · 125/165
ތަރުޖަމާ ކިޔެވުން — އަލް-އަންޢާމް
فَمَن يُرِدِ اللَّهُ أَن يَهْدِيَهُ يَشْرَحْ صَدْرَهُ لِلْإِسْلَامِ ۖ وَمَن يُرِدْ أَن يُضِلَّهُ يَجْعَلْ صَدْرَهُ ضَيِّقًا حَرَجًا كَأَنَّمَا يَصَّعَّدُ فِي السَّمَاءِ ۚ كَذَٰلِكَ يَجْعَلُ اللَّهُ الرِّجْسَ عَلَى الَّذِينَ لَا يُؤْمِنُونَ ۝١٢٥
Famai yuridil laahu ai yahdiyahoo yashrah sadrahoo lil islaami wa mai yurid ai yudillaho yaj`al sadrahoo daiyiqan harajan ka annamaa yassa` `adu fis samaaa`; kazaalika yaj`alul laahur rijsa `alal lazeena la yu`minoon
📖 ދިވެހި މާނަ
اللَّه ގެ ތެދުމަގު ދެއްކެވުމަށް އެކަލާނގެ އިރާދަކުރައްވާ މީހަކަށް، إسلام دين އަށް އެމީހެއްގެ ހިތް ތަނަވަސްކޮށްދެއްވަތެވެ. އަދި އެކަލާނގެ މަގުފުރެއްދެވުމަށް އިރާދަކުރައްވާ މީހާ، އުޑާދިމާއަށް (މައްޗަށް) އަރައިގެންދާ މީހެކޭ އެއްފަދައިން އެކަލާނގެ އެމީހެއްގެ ހިތުގައި ދަތިކަމާއި، ނުތަނަވަސްކަން ލައްވަތެވެ. ހަމައެފަދައިން، إيمان ނުވާ މީހުންގެ މައްޗަށް، اللّه ގެ عذاب އާއި ކޯފާ ލައްވަތެވެ
🎧 އަޑު އަހާ

📜 އާޔަތް 123-127 — އަލް-އަންޢާމް

123وَكَذَٰلِكَ جَعَلْنَا فِي كُلِّ قَرْيَةٍ أَكَابِرَ مُجْرِمِيهَا لِيَمْكُرُوا فِيهَا ۖ وَمَا يَمْكُرُونَ إِلَّا بِأَنفُسِهِمْ وَمَا يَشْعُرُونَ
އަދި ހަމައެފަދައިން، ކޮންމެރަށެއްގައި، އެރަށުގެ مجرم ންނަކީ، ބޮޑުން ކަމުގައި ލެއްވީމެވެ. (އެއީ) އެތާނގައި، އެއުރެން މަކަރުވެރި ރޭވުންތައް ރާވައި އުޅުމަށެވެ. އެއުރެންގެ އަމިއްލަ نفس ތަކަށް މެނުވީ، އެއުރެން މަކަރު ހަދާ ކަމުގައި ނުވެތެވެ. އަދި އެއުރެންނަކަށް އެކަމެއް ނުވިސްނެއެވެ
124وَإِذَا جَاءَتْهُمْ آيَةٌ قَالُوا لَن نُّؤْمِنَ حَتَّىٰ نُؤْتَىٰ مِثْلَ مَا أُوتِيَ رُسُلُ اللَّهِ ۘ اللَّهُ أَعْلَمُ حَيْثُ يَجْعَلُ رِسَالَتَهُ ۗ سَيُصِيبُ الَّذِينَ أَجْرَمُوا صَغَارٌ عِندَ اللَّهِ وَعَذَابٌ شَدِيدٌ بِمَا كَانُوا يَمْكُرُونَ
އެއުރެންގެ ގާތަށް آية އެއް އަތުވެއްޖެނަމަ، އެއުރެން ބުނެތެވެ. اللَّه ގެ رسول ންނަށް ދެއްވިފަދަ ތަކެތި، ތިމަންމެންނަށްވެސް ދެއްވައިފުމަށް ދާނދެން، ތިމަންމެން إيمان އެއް ނުވާނޫއެވެ. اللَّه، އެކަލާނގެ رسول ކަން ދެއްވާނެ މީހުން މޮޅަށް ދެނެވޮޑިގެންވެއެވެ. ފާފަވެރިވީ މީހުންނަށް، އެއުރެން މަކަރުހަދައި އުޅުނުކަމުގެ ސަބަބުން، اللَّه ގެ حضرة ގައި ނިކަމެތިކަމާއި، ގަދަވެގެންވާ عذاب އައިސްޖެހޭހުށްޓެވެ
125فَمَن يُرِدِ اللَّهُ أَن يَهْدِيَهُ يَشْرَحْ صَدْرَهُ لِلْإِسْلَامِ ۖ وَمَن يُرِدْ أَن يُضِلَّهُ يَجْعَلْ صَدْرَهُ ضَيِّقًا حَرَجًا كَأَنَّمَا يَصَّعَّدُ فِي السَّمَاءِ ۚ كَذَٰلِكَ يَجْعَلُ اللَّهُ الرِّجْسَ عَلَى الَّذِينَ لَا يُؤْمِنُونَ
اللَّه ގެ ތެދުމަގު ދެއްކެވުމަށް އެކަލާނގެ އިރާދަކުރައްވާ މީހަކަށް، إسلام دين އަށް އެމީހެއްގެ ހިތް ތަނަވަސްކޮށްދެއްވަތެވެ. އަދި އެކަލާނގެ މަގުފުރެއްދެވުމަށް އިރާދަކުރައްވާ މީހާ، އުޑާދިމާއަށް (މައްޗަށް) އަރައިގެންދާ މީހެކޭ އެއްފަދައިން އެކަލާނގެ އެމީހެއްގެ ހިތުގައި ދަތިކަމާއި، ނުތަނަވަސްކަން ލައްވަތެވެ. ހަމައެފަދައިން، إيمان ނުވާ މީހުންގެ މައްޗަށް، اللّه ގެ عذاب އާއި ކޯފާ ލައްވަތެވެ
126وَهَٰذَا صِرَاطُ رَبِّكَ مُسْتَقِيمًا ۗ قَدْ فَصَّلْنَا الْآيَاتِ لِقَوْمٍ يَذَّكَّرُونَ
މިއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ ސީދާވެގެންވާ ތެދުމަގެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތައް تفصيل ކޮށް ބަޔާންކޮށްދެއްވީ نصيحة ލިބިގަންނަ ބަޔަކަށެވެ
127۞ لَهُمْ دَارُ السَّلَامِ عِندَ رَبِّهِمْ ۖ وَهُوَ وَلِيُّهُم بِمَا كَانُوا يَعْمَلُونَ
އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި، އަމާންކަމުގެ ގޮވަތި (ކަމުގައިވާ ސުވަރުގެ) އެއުރެންނަށް ހުށްޓެވެ. އަދި އެކަލާނގެއީ، އެއުރެން ކޮށްއުޅުނު عمل ތަކުގެ ސަބަބުން، އެއުރެންނަށް نصر ދެއްވާ، ވާގިދެއްވާ ރަސްކަލާނގެއެވެ
އަލް-އަންޢާމްޤުރުއާން ފިހުރިސްތު
165އާޔަތް
MeccanRevelation
125އާޔަތް

ތަރުޖަމާ — އަލް-އަންޢާމް 125

ސޫރަތު އަލް-އަންޢާމް އާޔަތް 125 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : اللَّه ގެ ތެދުމަގު ދެއްކެވުމަށް އެކަލާނގެ އިރާދަކުރައްވާ މީހަކަށް، إسلام دين އަށް…

ސޫރަތު އާޔަތް 125/165 — އަލް-އަންޢާމް الأنعام (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އަންޢާމް އަޑު އަހާ, އަލް-އަންޢާމް ތަރުޖަމާ, އަލް-އަންޢާމް mp3, އަލް-އަންޢާމް pdf. އާޔަތް 123–127. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers