އަތް-ތައުބާ · 23/129
ތަރުޖަމާ ކިޔެވުން — އަތް-ތައުބާ
يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا آبَاءَكُمْ وَإِخْوَانَكُمْ أَوْلِيَاءَ إِنِ اسْتَحَبُّوا الْكُفْرَ عَلَى الْإِيمَانِ ۚ وَمَن يَتَوَلَّهُم مِّنكُمْ فَأُولَٰئِكَ هُمُ الظَّالِمُونَ ۝٢٣
Yaaa aiyuhal lazeena aamanoo laa tattakhizooo aabaaa `akum wa ikhwaanakum awliyaaa`a inis tahabbul kufra `alal eemaan; wa mai yatawal lahum minkum fa ulaaa`ika humuz zaalimoon
📖 ދިވެހި މާނަ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ މައިންބަފައިންނާއި، އެއްބަނޑުއެއްބަފާ މީހުން (ވިޔަސް) އެއުރެން إيمان ކަމަށްވުރެ ބޮޑަށް، كافر ކަމަށް ލޯބިކުރާނަމަ، އެއީ ތިޔަބައިމީހުންގެ އެހީތެރި، އެކުވެރިން ކަމުގައި ނުހިފާށެވެ! އަދި އެއުރެންނަކީ، އެހީތެރި އެކުވެރިން ކަމުގައި، ތިޔަބައިމީހުންގެ ތެރެއިން ބަލާމީހުން (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ، އަނިޔާވެރިންނެވެ
🎧 އަޑު އަހާ

📜 އާޔަތް 21-25 — އަތް-ތައުބާ

21يُبَشِّرُهُمْ رَبُّهُم بِرَحْمَةٍ مِّنْهُ وَرِضْوَانٍ وَجَنَّاتٍ لَّهُمْ فِيهَا نَعِيمٌ مُّقِيمٌ
އެއުރެންގެ ވެރިރަސްކަލާނގެ، އެކަލާނގެ حضرة ން އެއުރެންނަށް رحمة އާއި، ރުހިވޮޑިގަތުމާއި، ސުވަރުގެތައް ހުރިކަމުގެ އުފާވެރި خبر، އެއުރެންނަށް ދެއްވަތެވެ. އެތާނގައި، އެއުރެންނަށް އަބަދަށް ދެމިހުންނަނިވި نعمة ތައް ވެއެވެ
22خَالِدِينَ فِيهَا أَبَدًا ۚ إِنَّ اللَّهَ عِندَهُ أَجْرٌ عَظِيمٌ
އެތާނގައި، އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ހަމަކަށަވަރުން، اللَّه ގެ حضرة ގައި ބޮޑުވެގެންވާ ދަރުމަހުށްޓެވެ
23يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا آبَاءَكُمْ وَإِخْوَانَكُمْ أَوْلِيَاءَ إِنِ اسْتَحَبُّوا الْكُفْرَ عَلَى الْإِيمَانِ ۚ وَمَن يَتَوَلَّهُم مِّنكُمْ فَأُولَٰئِكَ هُمُ الظَّالِمُونَ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ މައިންބަފައިންނާއި، އެއްބަނޑުއެއްބަފާ މީހުން (ވިޔަސް) އެއުރެން إيمان ކަމަށްވުރެ ބޮޑަށް، كافر ކަމަށް ލޯބިކުރާނަމަ، އެއީ ތިޔަބައިމީހުންގެ އެހީތެރި، އެކުވެރިން ކަމުގައި ނުހިފާށެވެ! އަދި އެއުރެންނަކީ، އެހީތެރި އެކުވެރިން ކަމުގައި، ތިޔަބައިމީހުންގެ ތެރެއިން ބަލާމީހުން (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ، އަނިޔާވެރިންނެވެ
24قُلْ إِن كَانَ آبَاؤُكُمْ وَأَبْنَاؤُكُمْ وَإِخْوَانُكُمْ وَأَزْوَاجُكُمْ وَعَشِيرَتُكُمْ وَأَمْوَالٌ اقْتَرَفْتُمُوهَا وَتِجَارَةٌ تَخْشَوْنَ كَسَادَهَا وَمَسَاكِنُ تَرْضَوْنَهَا أَحَبَّ إِلَيْكُم مِّنَ اللَّهِ وَرَسُولِهِ وَجِهَادٍ فِي سَبِيلِهِ فَتَرَبَّصُوا حَتَّىٰ يَأْتِيَ اللَّهُ بِأَمْرِهِ ۗ وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މައިންބަފައިންނާއި، ދަރިންނާއި، أخ ންނާއި، އަނބިންނާއިި، ގާތްތިމާގެ މީހުންނާއި، ތިޔަބައިމީހުން ހޯދާފައިވާ މުދާތަކާއި، ގެއްލުންވެދާނެކަމަށް ތިޔަބައިމީހުން ބިރުގަންނަ ވިޔަފާރިއާއި، ތިޔަބައިމީހުން ހިތްރުހޭ ގެދޮރާއި (މިހުރިހައި ތަކެތި) اللَّه އާއި، އެކަލާނގެ رسول އާއާއި، އެކަލާނގެ މަގުގައި جهاد ކުރުމަށްވުރެން، ތިޔަބައިމީހުންނަށް ލޯބިވެތި ކަމުގައިވާނަމަ، اللَّه ގެ އަމުރުފުޅު އަތުވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ބަލަބަލައި ތިބޭށެވެ! فاسق ވީ މީހުންނަށް، اللَّه ތެދުމަގެއް ނުދައްކަވާނެތެވެ
25لَقَدْ نَصَرَكُمُ اللَّهُ فِي مَوَاطِنَ كَثِيرَةٍ ۙ وَيَوْمَ حُنَيْنٍ ۙ إِذْ أَعْجَبَتْكُمْ كَثْرَتُكُمْ فَلَمْ تُغْنِ عَنكُمْ شَيْئًا وَضَاقَتْ عَلَيْكُمُ الْأَرْضُ بِمَا رَحُبَتْ ثُمَّ وَلَّيْتُم مُّدْبِرِينَ
ހަމަކަށަވަރުން، އެތައްއެތައް ތަނެއްގައި، اللَّه ތިޔަބައިމީހުންނަށް نصر ދެއްވިއެވެ. އަދި حُنين (ހަނގުރާމައިގެ) ދުވަހު، ތިޔަބައިމީހުންގެ ބައިގިނަކަމުގެ ސަބަބުން، ތިޔަބައިމީހުން ހެއްލުންތެރިވީހިނދު، ހަނދުމަކުރާށެވެ! ފަހެ، އެ ބައިގިނަކަން، ތިޔަބައިމީހުންނަށް އެއްވެސްކަމެއް ފުއްދައެއްނުދިނެވެ. އަދި (އެހިނދު) ތަނަވަސްކޮށް އޮތް ބިން، ތިޔަބައިމީހުންނަށް ދަތިވެގެންދިޔައެވެ. ދެން ތިޔަބައިމީހުން، ފުރަގަސްދީ، ފިލާން ދުއްވައިގަތީމުއެވެ
އަތް-ތައުބާޤުރުއާން ފިހުރިސްތު
129އާޔަތް
MedinanRevelation
23އާޔަތް

ތަރުޖަމާ — އަތް-ތައުބާ 23

ސޫރަތު އަތް-ތައުބާ އާޔަތް 23 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ މައިންބަފައިންނާއި، އެއްބަނޑުއެއްބަފާ މީހުން (ވިޔަސް) އެއުރެން…

ސޫރަތު އާޔަތް 23/129 — އަތް-ތައުބާ التوبة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަތް-ތައުބާ އަޑު އަހާ, އަތް-ތައުބާ ތަރުޖަމާ, އަތް-ތައުބާ mp3, އަތް-ތައުބާ pdf. އާޔަތް 21–25. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers