އަތް-ތައުބާ · 80/129
ތަރުޖަމާ ކިޔެވުން — އަތް-ތައުބާ
اسْتَغْفِرْ لَهُمْ أَوْ لَا تَسْتَغْفِرْ لَهُمْ إِن تَسْتَغْفِرْ لَهُمْ سَبْعِينَ مَرَّةً فَلَن يَغْفِرَ اللَّهُ لَهُمْ ۚ ذَٰلِكَ بِأَنَّهُمْ كَفَرُوا بِاللَّهِ وَرَسُولِهِ ۗ وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ ۝٨٠
istaghfir lahum aw laa tastaghfir lahum in tastaghfir lahum sab`eena marratan falany yaghfiral laahu lahum; zaalika bi annahum kafaroo billaahi wa Rasoolih; wallaahu laa yahdil qawmal faasiqeen
📖 ދިވެހި މާނަ
އެއުރެންނަށް ފާފަފުއްސެވުމަށް ކަލޭގެފާނު އެދިވަޑައިގަންނަވާށެވެ! ނުވަތަ އެއުރެންނަށް ފާފަފުއްސެވުމަށް ކަލޭގެފާނު އެދިވަޑައިނުގަންނަވާށެވެ! އެއުރެންނަށް ފާފަފުއްސެވުމަށް ހަތްދިހަ ފަހަރު ކަލޭގެފާނު އެދިވަޑައިގަތަސް، اللَّه، އެއުރެންނަކަށް ފާފައެއް ނުފުއްސަވާނެތެވެ. އެއީ އެއުރެން اللَّه އާއި އެކަލާނގެ رسول އާއަށް كافر ވި ކަމަށްޓަކައެވެ. އަދި فاسق ވެގެންވާ ބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ

🎧 އަޑު އަހާ


📜 އާޔަތް 78-82 — އަތް-ތައުބާ

78أَلَمْ يَعْلَمُوا أَنَّ اللَّهَ يَعْلَمُ سِرَّهُمْ وَنَجْوَاهُمْ وَأَنَّ اللَّهَ عَلَّامُ الْغُيُوبِ
ހަމަކަށަވަރުން، އެއުރެންގެ (ހިތްތަކުގައިވާ) ސިއްރުތަކާއި، އެއުރެންގެ ސިއްރު ސައްލާތައް اللَّه ދެނެވޮޑިގެންވާކަމާއި، ހަމަކަށަވަރުން، اللَّه އީ، غيب ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން އެއުރެން ނުދަންނަނީ ހެއްޔެވެ؟
79الَّذِينَ يَلْمِزُونَ الْمُطَّوِّعِينَ مِنَ الْمُؤْمِنِينَ فِي الصَّدَقَاتِ وَالَّذِينَ لَا يَجِدُونَ إِلَّا جُهْدَهُمْ فَيَسْخَرُونَ مِنْهُمْ ۙ سَخِرَ اللَّهُ مِنْهُمْ وَلَهُمْ عَذَابٌ أَلِيمٌ
އެއުރެންނީ، مؤمن ންގެ ތެރެއިން تطوّع ގެ ގޮތުން صدقات ދޭ މީހުންގެ صدقات އާމެދު، ކުޑައިމީސްބަސް ބުނާ މީހުންނެވެ. އަދި އެއުރެންނީ (އެބަހީ: مؤمن ންނީ) އެއުރެންނަށް ކިރިޔާ ފުދޭމިންވަރު ނޫނީ ނުލިބޭ މީހުންނެވެ. ފަހެ، އެއުރެންނަށް އެއުރެން (އެބަހީ: منافق ން) މަލާމާތް ކުރެތެވެ. اللَّه އެއުރެންނަށް މަލާމާތް ރައްދުކުރެއްވިއެވެ. އަދި އެއުރެންނަށް ވޭންދެނިވި عذاب ހުށްޓެވެ
80اسْتَغْفِرْ لَهُمْ أَوْ لَا تَسْتَغْفِرْ لَهُمْ إِن تَسْتَغْفِرْ لَهُمْ سَبْعِينَ مَرَّةً فَلَن يَغْفِرَ اللَّهُ لَهُمْ ۚ ذَٰلِكَ بِأَنَّهُمْ كَفَرُوا بِاللَّهِ وَرَسُولِهِ ۗ وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ
އެއުރެންނަށް ފާފަފުއްސެވުމަށް ކަލޭގެފާނު އެދިވަޑައިގަންނަވާށެވެ! ނުވަތަ އެއުރެންނަށް ފާފަފުއްސެވުމަށް ކަލޭގެފާނު އެދިވަޑައިނުގަންނަވާށެވެ! އެއުރެންނަށް ފާފަފުއްސެވުމަށް ހަތްދިހަ ފަހަރު ކަލޭގެފާނު އެދިވަޑައިގަތަސް، اللَّه، އެއުރެންނަކަށް ފާފައެއް ނުފުއްސަވާނެތެވެ. އެއީ އެއުރެން اللَّه އާއި އެކަލާނގެ رسول އާއަށް كافر ވި ކަމަށްޓަކައެވެ. އަދި فاسق ވެގެންވާ ބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ
81فَرِحَ الْمُخَلَّفُونَ بِمَقْعَدِهِمْ خِلَافَ رَسُولِ اللَّهِ وَكَرِهُوا أَن يُجَاهِدُوا بِأَمْوَالِهِمْ وَأَنفُسِهِمْ فِي سَبِيلِ اللَّهِ وَقَالُوا لَا تَنفِرُوا فِي الْحَرِّ ۗ قُلْ نَارُ جَهَنَّمَ أَشَدُّ حَرًّا ۚ لَّوْ كَانُوا يَفْقَهُونَ
ފަސްޖެހުނު މީހުން، اللَّه ގެ رسول އާއާ خلاف އަށް ހަނގުރާމައަށް ނުގޮސް ތިބިތިބުމަށް އުފާކުޅައޫއެެވެ. އަދި اللَّه ގެ މަގުގައި، އެއުރެންގެ މުދާތަކާއި، نفس ތަކުން جهاد ކުޅައުމަށް އެއުރެން ނުރުހުންވޫއެވެ. އަދި އެއުރެން ބުނެފޫއެވެ. ހޫނުގެ ތެރޭގައި ތިޔަބައިމީހުން ހަނގުރާމަޔަށް ނުނިކުންނާށެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ނަރަކައިގެ އަލިފާނުގެ ހޫނުކަން މާގަދައެވެ. އެއުރެންނަށް (އެކަން) ވިސްނޭކަމުގައި ވާނަމައެވެ
82فَلْيَضْحَكُوا قَلِيلًا وَلْيَبْكُوا كَثِيرًا جَزَاءً بِمَا كَانُوا يَكْسِبُونَ
ފަހެ، އެއުރެން މަދުން ހޭހުށިކަމެވެ! އަދި އެއުރެން ގިނައިން ރޯހުށިކަމެވެ! (އެއީ) އެއުރެން ހޯދައިއުޅުނު عمل ތަކުގެ ޖަޒާއެއްގެ ގޮތުގައެވެ
އަތް-ތައުބާޤުރުއާން ފިހުރިސްތު
129އާޔަތް
MedinanRevelation
80އާޔަތް

ތަރުޖަމާ — އަތް-ތައުބާ 80

ސޫރަތު އަތް-ތައުބާ އާޔަތް 80 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެއުރެންނަށް ފާފަފުއްސެވުމަށް ކަލޭގެފާނު އެދިވަޑައިގަންނަވާށެވެ! ނުވަތަ އެއުރެންނަށް ފާފަފުއްސެވުމަށް ކަލޭގެފާނު އެދިވަޑައިނުގަންނަވާށެވެ! އެއުރެންނަށް…

ސޫރަތު އާޔަތް 80/129 — އަތް-ތައުބާ التوبة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަތް-ތައުބާ އަޑު އަހާ, އަތް-ތައުބާ ތަރުޖަމާ, އަތް-ތައުބާ mp3, އަތް-ތައުބާ pdf. އާޔަތް 78–82. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers