ޔޫނުސް · 52/109
ތަރުޖަމާ ކިޔެވުން — ޔޫނުސް
ثُمَّ قِيلَ لِلَّذِينَ ظَلَمُوا ذُوقُوا عَذَابَ الْخُلْدِ هَلْ تُجْزَوْنَ إِلَّا بِمَا كُنتُمْ تَكْسِبُونَ ۝٥٢
Summa qeela lillazeena zalamoo zooqoo `azaabal khuld hal tujzawna illaa bimaa kuntum taksiboon
📖 ދިވެހި މާނަ
ދެން އަނިޔާވެރިވި މީހުންނަށް އަންގަވާނެތެވެ. ދެމިހުންނަނިވި عذاب ގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ! ތިޔަބައިމީހުން ހޯދައިއުޅުނު عمل ތަކުގެ ސަބަބުން މެނުވީ، ތިޔަބައިމީހުންނަށް ޖަޒާ ލިބޭހެއްޔެވެ؟
🎧 އަޑު އަހާ

📜 އާޔަތް 50-54 — ޔޫނުސް

50قُلْ أَرَأَيْتُمْ إِنْ أَتَاكُمْ عَذَابُهُ بَيَاتًا أَوْ نَهَارًا مَّاذَا يَسْتَعْجِلُ مِنْهُ الْمُجْرِمُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ! ތިޔަބައިމީހުންގެ ގާތަށް އެކަލާނގެ عذاب، ރޭގަނޑު (ނިދާފައި ތިއްބައި) ނުވަތަ ދުވާލު (މަސައްކަތުގައި ތިއްބައި) އަޔަސް (ތިޔަބައިމީހުންނަށް އޮތީ ކޮންފައިދާއެއް ހެއްޔެވެ؟) ކުށްވެރިން (ލަސްވެގެން) އަވަސްވުންއެދި އެއުޅެނީ އެ عذاب ގެ ތެރެއިން ކޮންކަމެއް ހެއްޔެވެ؟
51أَثُمَّ إِذَا مَا وَقَعَ آمَنتُم بِهِ ۚ آلْآنَ وَقَدْ كُنتُم بِهِ تَسْتَعْجِلُونَ
އެ عذاب އައިސްޖެހުނީމާ، ދެން ތިޔަބައިމީހުން އެކަލާނގެއަށް إيمان ވީހެއްޔެވެ؟ (އަދި އަންގަވާނެތެވެ. ތިޔަބައިމީހުން ތިޔަ إيمان ވަނީ) މިހާރު ހެއްޔެވެ؟ ތިޔަބައިމީހުން (ފުރައްސާރައިގެ ގޮތުން) އެ عذاب (ނައިސް ލަސްވެގެން) އަވަސްވުންއެދި އުޅުނީމުއެވެ
52ثُمَّ قِيلَ لِلَّذِينَ ظَلَمُوا ذُوقُوا عَذَابَ الْخُلْدِ هَلْ تُجْزَوْنَ إِلَّا بِمَا كُنتُمْ تَكْسِبُونَ
ދެން އަނިޔާވެރިވި މީހުންނަށް އަންގަވާނެތެވެ. ދެމިހުންނަނިވި عذاب ގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ! ތިޔަބައިމީހުން ހޯދައިއުޅުނު عمل ތަކުގެ ސަބަބުން މެނުވީ، ތިޔަބައިމީހުންނަށް ޖަޒާ ލިބޭހެއްޔެވެ؟
53۞ وَيَسْتَنبِئُونَكَ أَحَقٌّ هُوَ ۖ قُلْ إِي وَرَبِّي إِنَّهُ لَحَقٌّ ۖ وَمَا أَنتُم بِمُعْجِزِينَ
އެއީ، ހަމަ حق ތެދުތޯ خبر ދެއްވުމަށް، ކަލޭގެފާނުގެ ކިބައިން އެއުރެން އެދޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އާނއެކެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން، އެއީ، ހަމަ حق ތެދެވެ. އަދި ތިޔަބައިމީހުންނަކީ، އެކަލާނގެ ނުކުޅައްދައި ރެކިގެންދާނޭ ބަޔަކު ކަމުގައި ނުވެތެވެ
54وَلَوْ أَنَّ لِكُلِّ نَفْسٍ ظَلَمَتْ مَا فِي الْأَرْضِ لَافْتَدَتْ بِهِ ۗ وَأَسَرُّوا النَّدَامَةَ لَمَّا رَأَوُا الْعَذَابَ ۖ وَقُضِيَ بَيْنَهُم بِالْقِسْطِ ۚ وَهُمْ لَا يُظْلَمُونَ
އަނިޔާވެރި ކޮންމެ نفس އަކަށް، ބިމުގައިވާހާ ތަކެތި ލިބުނުނަމަ، (عذاب ން މިންޖުވުމަށް) އެތަކެތިން فدية ދިނީހެވެ. އަދި އެއުރެން عذاب ދެކޭހިނދު، ހިތާމަވެރިކަން ހިތުތެރޭގައި إحساس ކުރާނެތެވެ. އަދި އެއުރެންގެ މެދުގައި عدل އަށް ނިޔާކުރައްވާ ހުށްޓެވެ. އަދި އެއުރެންނަކަށް ބޭއިންސާފެއް ނުކުރައްވާ ހުށްޓެވެ
ޔޫނުސްޤުރުއާން ފިހުރިސްތު
109އާޔަތް
MeccanRevelation
52އާޔަތް

ތަރުޖަމާ — ޔޫނުސް 52

ސޫރަތު ޔޫނުސް އާޔަތް 52 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ދެން އަނިޔާވެރިވި މީހުންނަށް އަންގަވާނެތެވެ. ދެމިހުންނަނިވި عذاب ގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ!…

ސޫރަތު އާޔަތް 52/109 — ޔޫނުސް يونس (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ޔޫނުސް އަޑު އަހާ, ޔޫނުސް ތަރުޖަމާ, ޔޫނުސް mp3, ޔޫނުސް pdf. އާޔަތް 50–54. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers