ޔޫނުސް · 55/109
ތަރުޖަމާ ކިޔެވުން — ޔޫނުސް
أَلَا إِنَّ لِلَّهِ مَا فِي السَّمَاوَاتِ وَالْأَرْضِ ۗ أَلَا إِنَّ وَعْدَ اللَّهِ حَقٌّ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ ۝٥٥
Alaaa inna lillaahi maa fis samaawaati wal ard; alaaa inna wa`dal laahi haqqunw wa laakinna aksarahum laa ya`lamoon
📖 ދިވެހި މާނަ
ދަންނާށެވެ! ހަމަކަށަވަރުން، އުޑުތަކާއި، ބިމުގައިވާހާ ތަކެތި ملك ވެގެންވަނީ اللَّه އަށެވެ. ދަންނާށެވެ! ހަމަކަށަވަރުން، اللَّه ގެ وعد ފުޅަކީ حق ތެދެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ

🎧 އަޑު އަހާ


📜 އާޔަތް 53-57 — ޔޫނުސް

53۞ وَيَسْتَنبِئُونَكَ أَحَقٌّ هُوَ ۖ قُلْ إِي وَرَبِّي إِنَّهُ لَحَقٌّ ۖ وَمَا أَنتُم بِمُعْجِزِينَ
އެއީ، ހަމަ حق ތެދުތޯ خبر ދެއްވުމަށް، ކަލޭގެފާނުގެ ކިބައިން އެއުރެން އެދޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އާނއެކެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން، އެއީ، ހަމަ حق ތެދެވެ. އަދި ތިޔަބައިމީހުންނަކީ، އެކަލާނގެ ނުކުޅައްދައި ރެކިގެންދާނޭ ބަޔަކު ކަމުގައި ނުވެތެވެ
54وَلَوْ أَنَّ لِكُلِّ نَفْسٍ ظَلَمَتْ مَا فِي الْأَرْضِ لَافْتَدَتْ بِهِ ۗ وَأَسَرُّوا النَّدَامَةَ لَمَّا رَأَوُا الْعَذَابَ ۖ وَقُضِيَ بَيْنَهُم بِالْقِسْطِ ۚ وَهُمْ لَا يُظْلَمُونَ
އަނިޔާވެރި ކޮންމެ نفس އަކަށް، ބިމުގައިވާހާ ތަކެތި ލިބުނުނަމަ، (عذاب ން މިންޖުވުމަށް) އެތަކެތިން فدية ދިނީހެވެ. އަދި އެއުރެން عذاب ދެކޭހިނދު، ހިތާމަވެރިކަން ހިތުތެރޭގައި إحساس ކުރާނެތެވެ. އަދި އެއުރެންގެ މެދުގައި عدل އަށް ނިޔާކުރައްވާ ހުށްޓެވެ. އަދި އެއުރެންނަކަށް ބޭއިންސާފެއް ނުކުރައްވާ ހުށްޓެވެ
55أَلَا إِنَّ لِلَّهِ مَا فِي السَّمَاوَاتِ وَالْأَرْضِ ۗ أَلَا إِنَّ وَعْدَ اللَّهِ حَقٌّ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ
ދަންނާށެވެ! ހަމަކަށަވަރުން، އުޑުތަކާއި، ބިމުގައިވާހާ ތަކެތި ملك ވެގެންވަނީ اللَّه އަށެވެ. ދަންނާށެވެ! ހަމަކަށަވަރުން، اللَّه ގެ وعد ފުޅަކީ حق ތެދެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ
56هُوَ يُحْيِي وَيُمِيتُ وَإِلَيْهِ تُرْجَعُونَ
ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް އެކަލާނގެއެވެ. އަދި ތިޔަބައިމީހުން رجوع ކުރައްވާހުށީ، ހަމަ، އެކަލާނގެ حضرة އަށެވެ
57يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ
އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ތިޔަބައިމީހުންގެ ގާތަށް وعظ އަކާއި، ހިތްތަކުގައިވާ ބަލިތަކަށް شفاء އަކާއި، مؤمن ތަކުންނަށް ތެދުމަގަކާއި، رحمة އެއް އަތުވެއްޖެކަން ކަށަވަރެވެ
ޔޫނުސްޤުރުއާން ފިހުރިސްތު
109އާޔަތް
MeccanRevelation
55އާޔަތް

ތަރުޖަމާ — ޔޫނުސް 55

ސޫރަތު ޔޫނުސް އާޔަތް 55 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ދަންނާށެވެ! ހަމަކަށަވަރުން، އުޑުތަކާއި، ބިމުގައިވާހާ ތަކެތި ملك ވެގެންވަނީ اللَّه އަށެވެ. ދަންނާށެވެ!…

ސޫރަތު އާޔަތް 55/109 — ޔޫނުސް يونس (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ޔޫނުސް އަޑު އަހާ, ޔޫނުސް ތަރުޖަމާ, ޔޫނުސް mp3, ޔޫނުސް pdf. އާޔަތް 53–57. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers