ޔޫނުސް · 75/109
ތަރުޖަމާ ކިޔެވުން — ސޫރަތު ޔޫނުސް
ثُمَّ بَعَثْنَا مِن بَعْدِهِم مُّوسَىٰ وَهَارُونَ إِلَىٰ فِرْعَوْنَ وَمَلَئِهِ بِآيَاتِنَا فَاسْتَكْبَرُوا وَكَانُوا قَوْمًا مُّجْرِمِينَ ۝٧٥
Summa ba`asnaa mim ba`dihim Moosaa Wa Haaroona ilaa Fir`awna wa mala`ihee bi aayaatinaa fastakbaroo wa kaanoo qawmam mujrimeen
📖 ދިވެހި މާނަ
ދެން އެބޭކަލުންނަށް ފަހުގައި، فرعون އާއި، އޭނާގެ ބޮޑުންގެ ގާތަށް، ތިމަންރަސްކަލާނގެ آية ތަކާއިގެން موسى ގެފާނާއި، هارون ގެފާނު ފޮނުއްވީމެވެ. ދެން އެއުރެން كبر ވެރިވެގަތޫއެވެ. އަދި ކުށްވެރި ބަޔަކު ކަމުގައި އެއުރެންވިއެވެ

🎧 އަޑު އަހާ


📜 އާޔަތް 73-77 — ސޫރަތު ޔޫނުސް

73فَكَذَّبُوهُ فَنَجَّيْنَاهُ وَمَن مَّعَهُ فِي الْفُلْكِ وَجَعَلْنَاهُمْ خَلَائِفَ وَأَغْرَقْنَا الَّذِينَ كَذَّبُوا بِآيَاتِنَا ۖ فَانظُرْ كَيْفَ كَانَ عَاقِبَةُ الْمُنذَرِينَ
ފަހެ، އެއުރެން އެކަލޭގެފާނު ދޮގުކުރޫއެވެ. ދެން ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި ނާކޮޅުގައިވާ އެންމެން ސަލާމަތް ކުރެއްވީމެވެ. އަދި އޭގެފަހުން (ބިމުގައި) އުޅޭނެ ބަޔަކު ކަމުގައި އެއުރެން ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ آية ތައް ދޮގުކުރިމީހުން غرق ކުރެއްވީމެވެ. ފަހެ، إنذار ވެވުނު މީހުންގެ ނިމުންހުރީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ
74ثُمَّ بَعَثْنَا مِن بَعْدِهِ رُسُلًا إِلَىٰ قَوْمِهِمْ فَجَاءُوهُم بِالْبَيِّنَاتِ فَمَا كَانُوا لِيُؤْمِنُوا بِمَا كَذَّبُوا بِهِ مِن قَبْلُ ۚ كَذَٰلِكَ نَطْبَعُ عَلَىٰ قُلُوبِ الْمُعْتَدِينَ
ދެން އެކަލޭގެފާނަށް ފަހުގައި ތިމަންރަސްކަލާނގެ رسول ންތަކެއް އެބޭކަލުންގެ قوم ގެމީހުންގެ ގާތަށް ފޮނުއްވީމެވެ. ފަހެ، بيان ވެގެންވާ ހެކިތައް އެއުރެންނަށް އެބޭކަލުން ގެނެސްދެއްވޫއެވެ. (ނަމަވެސް) ކުރިން އެއުރެން ދޮގުކުރި ކަންތަކަށް إيمان ވާ ބަޔަކު ކަމުގައި އެއުރެން ނުވިއެވެ. ހަމައެފަދައިން ދެކޮޅުވެރިވެ ހައްދުފަހަނަޅައިދާ މީހުންގެ ހިތްތަކުގައި ތިމަންރަސްކަލާނގެ ސިއްކަގައްސަވާހުށީމެވެ
75ثُمَّ بَعَثْنَا مِن بَعْدِهِم مُّوسَىٰ وَهَارُونَ إِلَىٰ فِرْعَوْنَ وَمَلَئِهِ بِآيَاتِنَا فَاسْتَكْبَرُوا وَكَانُوا قَوْمًا مُّجْرِمِينَ
ދެން އެބޭކަލުންނަށް ފަހުގައި، فرعون އާއި، އޭނާގެ ބޮޑުންގެ ގާތަށް، ތިމަންރަސްކަލާނގެ آية ތަކާއިގެން موسى ގެފާނާއި، هارون ގެފާނު ފޮނުއްވީމެވެ. ދެން އެއުރެން كبر ވެރިވެގަތޫއެވެ. އަދި ކުށްވެރި ބަޔަކު ކަމުގައި އެއުރެންވިއެވެ
76فَلَمَّا جَاءَهُمُ الْحَقُّ مِنْ عِندِنَا قَالُوا إِنَّ هَٰذَا لَسِحْرٌ مُّبِينٌ
ފަހެ، ތިމަންރަސްކަލާނގެ حضرة ން އެއުރެންގެ ގާތަށް حق އައުުމުން، އެއުރެން ބުނެފޫއެވެ. ހަމަކަށަވަރުން، މިއީ ބަޔާންވެގެންވާ ޖާދޫއެއްކަން ކަށަވަރެވެ
77قَالَ مُوسَىٰ أَتَقُولُونَ لِلْحَقِّ لَمَّا جَاءَكُمْ ۖ أَسِحْرٌ هَٰذَا وَلَا يُفْلِحُ السَّاحِرُونَ
موسى ގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ގާތަށް حق އައިހިނދު، އެ حق އަށް މިއީ ޖާދޫއެއްހޭ ތިޔަބައިމީހުން ބުނަނީހެއްޔެވެ؟ އަދި ޖާދޫހަދާ މީހުން ނުދިނޭހުށްޓެވެ
ޔޫނުސްޤުރުއާން ފިހުރިސްތު
109އާޔަތް
MeccanRevelation
75އާޔަތް

ތަރުޖަމާ — ޔޫނުސް 75

ސޫރަތު ޔޫނުސް އާޔަތް 75 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ދެން އެބޭކަލުންނަށް ފަހުގައި، فرعون އާއި، އޭނާގެ ބޮޑުންގެ ގާތަށް، ތިމަންރަސްކަލާނގެ آية…

ސޫރަތު އާޔަތް 75/109 — ސޫރަތު ޔޫނުސް يونس (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު ޔޫނުސް އަޑު އަހާ, ސޫރަތު ޔޫނުސް ތަރުޖަމާ, ސޫރަތު ޔޫނުސް mp3, ސޫރަތު ޔޫނުސް pdf. އާޔަތް 73–77. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers