ހޫދު · 87/123
ތަރުޖަމާ ކިޔެވުން — ސޫރަތު ހޫދު
قَالُوا يَا شُعَيْبُ أَصَلَاتُكَ تَأْمُرُكَ أَن نَّتْرُكَ مَا يَعْبُدُ آبَاؤُنَا أَوْ أَن نَّفْعَلَ فِي أَمْوَالِنَا مَا نَشَاءُ ۖ إِنَّكَ لَأَنتَ الْحَلِيمُ الرَّشِيدُ ۝٨٧
Qaaloo yaa Shu`aybu asalaatuka taamuruka an natruka maa ya`budu aabaaa`unaaa aw an naf`ala feee amwaalinaa maa nashaaa`oo innaka la antal haleemur rasheed
📖 ދިވެހި މާނަ
އެއުރެން ދެންނެވޫއެވެ. އޭ شعيب ގެފާނެވެ! ތިމަންމެންގެ ކާބަފައިން އަޅުކަންކޮށް އުޅުނު ތަކެތި ދޫކޮށްލުމަށް، ނުވަތަ ތިމަންމެންގެ މުދާތަކާމެދު ތިމަންމެން އެދޭގޮތަކަށް ކަންތައްކުރުން ދޫކޮށްލުމަށް، ކަލޭގެފާނުގެ ނަމާދު، ކަލޭގެފާނަށް أمر ކުރަނީތޯއެވެ! ހަމަކަށަވަރުން، ކަލޭގެފާނީ ކެތްތެރި، ވިސްނުންފުޅު ފުރިހަމަ ބޭކަލަކީމުއެވެ. (ނޯޓު: އެއުރެން މިގޮތަށް ދެންނެވީ، މަލާމާތެއްގެ ގޮތުގައިކަމަށް مفسّر ން ލިޔުއްވާފައިވެއެވެ)

🎧 އަޑު އަހާ


📜 އާޔަތް 85-89 — ސޫރަތު ހޫދު

85وَيَا قَوْمِ أَوْفُوا الْمِكْيَالَ وَالْمِيزَانَ بِالْقِسْطِ ۖ وَلَا تَبْخَسُوا النَّاسَ أَشْيَاءَهُمْ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ
އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން މިނުމާއި، ކިރުން، عدل އަށް ފުރިހަމަކުރާށެވެ! އަދި މީސްތަކުންނަށް އެއުރެންގެ ތަކެތި އުނިނުކުރާށެވެ! އަދި فاسد ން ކަމުގައިވެތިބެ ތިޔަބައިމީހުން ބިމުގައި فساد ނުކުރާހުށިކަމެވެ
86بَقِيَّتُ اللَّهِ خَيْرٌ لَّكُمْ إِن كُنتُم مُّؤْمِنِينَ ۚ وَمَا أَنَا عَلَيْكُم بِحَفِيظٍ
اللَّه، ތިޔަބައިމީހުންނަށްޓަކައި، ދޫކުރައްވާފައިވާ އެއްޗެއް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. ތިޔަބައިމީހުންނީ، مؤمن ން ކަމުގައިވާނަމައެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ހުރި ފާރަވެރިއަކު ކަމުގައި، ތިމަންކަލޭގެފާނު ނުވަމެވެ
87قَالُوا يَا شُعَيْبُ أَصَلَاتُكَ تَأْمُرُكَ أَن نَّتْرُكَ مَا يَعْبُدُ آبَاؤُنَا أَوْ أَن نَّفْعَلَ فِي أَمْوَالِنَا مَا نَشَاءُ ۖ إِنَّكَ لَأَنتَ الْحَلِيمُ الرَّشِيدُ
އެއުރެން ދެންނެވޫއެވެ. އޭ شعيب ގެފާނެވެ! ތިމަންމެންގެ ކާބަފައިން އަޅުކަންކޮށް އުޅުނު ތަކެތި ދޫކޮށްލުމަށް، ނުވަތަ ތިމަންމެންގެ މުދާތަކާމެދު ތިމަންމެން އެދޭގޮތަކަށް ކަންތައްކުރުން ދޫކޮށްލުމަށް، ކަލޭގެފާނުގެ ނަމާދު، ކަލޭގެފާނަށް أمر ކުރަނީތޯއެވެ! ހަމަކަށަވަރުން، ކަލޭގެފާނީ ކެތްތެރި، ވިސްނުންފުޅު ފުރިހަމަ ބޭކަލަކީމުއެވެ. (ނޯޓު: އެއުރެން މިގޮތަށް ދެންނެވީ، މަލާމާތެއްގެ ގޮތުގައިކަމަށް مفسّر ން ލިޔުއްވާފައިވެއެވެ)
88قَالَ يَا قَوْمِ أَرَأَيْتُمْ إِن كُنتُ عَلَىٰ بَيِّنَةٍ مِّن رَّبِّي وَرَزَقَنِي مِنْهُ رِزْقًا حَسَنًا ۚ وَمَا أُرِيدُ أَنْ أُخَالِفَكُمْ إِلَىٰ مَا أَنْهَاكُمْ عَنْهُ ۚ إِنْ أُرِيدُ إِلَّا الْإِصْلَاحَ مَا اسْتَطَعْتُ ۚ وَمَا تَوْفِيقِي إِلَّا بِاللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ
އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ! އަހުރެންގެ ވެރިރަސްކަލާނގެ حضرة ން އައި ފާޅުވެގެންވާ ތެދުމަގެއްގައި އަހުރެންވީނަމަ، އަދި އެކަލާނގެ حضرة ން ހެޔޮވެގެންވާ رزق ދެއްވި ހިނދު (އެކަމަށް ފުރަގަސްދެވޭނެހެއްޔެވެ؟) އަދި އަހުރެން ތިޔަބައިމީހުންނަށް ނަހީކުރާ ކަންތައް އަހުރެން ކުރާކަށް ބޭނުމެއް ނުވެތެވެ. އަހުރެންނަށް ކުޅަދާނަވީވަރަކަށް، إصلاح ކުރުން މެނުވީ، އަހުރެން ބޭނުމެއް ނުވެތެވެ. އަދި اللَّه ގެ حضرة ން މެނުވީ، އަހުރެންނަށް توفيق ލިބުމެއްނުވެތެވެ. އަހުރެން وكيل ކުރަނީ، އެކަލާނގެއަށެވެ. އަދި توبة ވަނީވެސް، އެކަލާނގެ حضرة އަށެވެ
89وَيَا قَوْمِ لَا يَجْرِمَنَّكُمْ شِقَاقِي أَن يُصِيبَكُم مِّثْلُ مَا أَصَابَ قَوْمَ نُوحٍ أَوْ قَوْمَ هُودٍ أَوْ قَوْمَ صَالِحٍ ۚ وَمَا قَوْمُ لُوطٍ مِّنكُم بِبَعِيدٍ
އޭ އަހުރެންގެ قوم ގެމީހުންނޭވެ! އަހުރެންނާ ދެކޮޅުވެރިވުން އެއީ، ތިޔަބައިމީހުންނަށް مصيبة ޖެހޭކަމަކަށް ނުހަދާހުށިކަމެވެ! (އެއީ) نوح ގެފާނުގެ قوم ގެމީހުންނަށް، ނުވަތަ هود ގެފާނުގެ قوم ގެމީހުންނަށް، ނުވަތަ صالح ގެފާނުގެ قوم ގެމީހުންނަށް ޖެހުނުފަދަ مصيبة އެކެވެ. لوط ގެފާނުގެ قوم ގެމީހުން (ހަލާކުވެދިޔަ ދުވަސް) ތިޔަބައިމީހުންނާ ދުރެއްގައެއް ނުވެއެވެ
ހޫދުޤުރުއާން ފިހުރިސްތު
123އާޔަތް
MeccanRevelation
87އާޔަތް

ތަރުޖަމާ — ހޫދު 87

ސޫރަތު ހޫދު އާޔަތް 87 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެއުރެން ދެންނެވޫއެވެ. އޭ شعيب ގެފާނެވެ! ތިމަންމެންގެ ކާބަފައިން އަޅުކަންކޮށް އުޅުނު ތަކެތި…

ސޫރަތު އާޔަތް 87/123 — ސޫރަތު ހޫދު هود (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު ހޫދު އަޑު އަހާ, ސޫރަތު ހޫދު ތަރުޖަމާ, ސޫރަތު ހޫދު mp3, ސޫރަތު ހޫދު pdf. އާޔަތް 85–89. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers