އަން-ނަޙްލު · 121/128
ތަރުޖަމާ ކިޔެވުން — ސޫރަތު އަން-ނަޙްލު
شَاكِرًا لِّأَنْعُمِهِ ۚ اجْتَبَاهُ وَهَدَاهُ إِلَىٰ صِرَاطٍ مُّسْتَقِيمٍ ۝١٢١
Shaakiral li an`umih; ijtabaahu wa hadaahu ilaa Siraatim Muustaqeem
📖 ދިވެހި މާނަ
އެކަލާނގެ ދެއްވި نعمة ތަކަށް، شكر ކުރައްވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އެކަލާނގެ، އެކަލޭގެފާނު خيار ކުރެއްވިއެވެ. އަދި ސީދާވެގެންވާ މަގަށް، އެކަލޭގެފާނަށް މަގު ދެއްކެވިއެވެ

🎧 އަޑު އަހާ


📜 އާޔަތް 119-123 — ސޫރަތު އަން-ނަޙްލު

119ثُمَّ إِنَّ رَبَّكَ لِلَّذِينَ عَمِلُوا السُّوءَ بِجَهَالَةٍ ثُمَّ تَابُوا مِن بَعْدِ ذَٰلِكَ وَأَصْلَحُوا إِنَّ رَبَّكَ مِن بَعْدِهَا لَغَفُورٌ رَّحِيمٌ
ދެން ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ (ފާފަފުއްސެވުން) ވަނީ، ނޭނގިތިބެގެން، ނުބައިކަންތައްކޮށް، ދެން އެއަށްފަހު توبة ވެ، إصلاح ވެގަތް ބަޔަކަށެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެކަންތަކަށްފަހުވެސް، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ
120إِنَّ إِبْرَاهِيمَ كَانَ أُمَّةً قَانِتًا لِّلَّهِ حَنِيفًا وَلَمْ يَكُ مِنَ الْمُشْرِكِينَ
ހަމަކަށަވަރުން، إبراهيم ގެފާނީ، اللَّه އަށް ކިޔަމަންތެރިވެވަޑައިގެން، باطل މަގުން އެއްކިބާވެ، ސީދާމަގުގައި ހުންނެވި، ހެޔޮކަމުގެ ހުރިހާކަމެއް އެކުލެވިގެންވާ أمّة އެއް ކަމުގައިވިއެވެ. އަދި شريك ކުރާމީހުންގެ ތެރެއިން، އެކަލޭގެފާނު ނުވެތެވެ
121شَاكِرًا لِّأَنْعُمِهِ ۚ اجْتَبَاهُ وَهَدَاهُ إِلَىٰ صِرَاطٍ مُّسْتَقِيمٍ
އެކަލާނގެ ދެއްވި نعمة ތަކަށް، شكر ކުރައްވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އެކަލާނގެ، އެކަލޭގެފާނު خيار ކުރެއްވިއެވެ. އަދި ސީދާވެގެންވާ މަގަށް، އެކަލޭގެފާނަށް މަގު ދެއްކެވިއެވެ
122وَآتَيْنَاهُ فِي الدُّنْيَا حَسَنَةً ۖ وَإِنَّهُ فِي الْآخِرَةِ لَمِنَ الصَّالِحِينَ
އަދި ދުނިޔޭގައި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ހެޔޮކަން ދެއްވީމެވެ. އަދި ހަމަކަށަވަރުން، آخرة ގައި، އެކަލޭގެފާނު ވަނީ، صالح ންގެތެރެއިންކަން ކަށަވަރެވެ
123ثُمَّ أَوْحَيْنَا إِلَيْكَ أَنِ اتَّبِعْ مِلَّةَ إِبْرَاهِيمَ حَنِيفًا ۖ وَمَا كَانَ مِنَ الْمُشْرِكِينَ
ދެން ތިމަންރަސްކަލާނގެ، ކަލޭގެފާނަށް وحى ކުރެއްވީމެވެ. باطل މަގުން އެއްކިބާވެ، ސީދާމަގުގައިވާ إبراهيم ގެފާނުގެ دين އަށް، ކަލޭގެފާނު تبع ވެވަޑައިގަންނަވާށެވެ! ފަހެ، مشرك ންގެ ތެރެއިން އެކަލޭގެފާނު ނުވެތެވެ
އަން-ނަޙްލުޤުރުއާން ފިހުރިސްތު
128އާޔަތް
MeccanRevelation
121އާޔަތް

ތަރުޖަމާ — އަން-ނަޙްލު 121

ސޫރަތު އަން-ނަޙްލު އާޔަތް 121 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެކަލާނގެ ދެއްވި نعمة ތަކަށް، شكر ކުރައްވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު ވިއެވެ.…

ސޫރަތު އާޔަތް 121/128 — ސޫރަތު އަން-ނަޙްލު النحل (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަން-ނަޙްލު އަޑު އަހާ, ސޫރަތު އަން-ނަޙްލު ތަރުޖަމާ, ސޫރަތު އަން-ނަޙްލު mp3, ސޫރަތު އަން-ނަޙްލު pdf. އާޔަތް 119–123. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers