އަން-ނަޙްލު · 42/128
ތަރުޖަމާ ކިޔެވުން — އަން-ނަޙްލު
الَّذِينَ صَبَرُوا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ۝٤٢
Allazeena sabaroo wa `alaa Rabbihim yatawak kaloon
📖 ދިވެހި މާނަ
އެއުރެންނީ، ކެތްތެރިވި މީހުންނެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް وكيل ކުރާ މީހުންނެވެ
🎧 އަޑު އަހާ

📜 އާޔަތް 40-44 — އަން-ނަޙްލު

40إِنَّمَا قَوْلُنَا لِشَيْءٍ إِذَا أَرَدْنَاهُ أَن نَّقُولَ لَهُ كُن فَيَكُونُ
ތިމަންރަސްކަލާނގެ ކަމަކަށް އިރާދަކުރައްވައިފި ހިނދަކު، ތިމަންރަސްކަލާނގެ އެކަމަކަށް އަންގަވާ ބަސްފުޅެއްކަމުގައިވާކަން ކަށަވަރީ، [ވާށޭ] ތިމަންރަސްކަލާނގެ އެކަމަކަށް وحى ކުރެއްވުމެވެ. ދެން އެކަމެއް ވެދެތެވެ
41وَالَّذِينَ هَاجَرُوا فِي اللَّهِ مِن بَعْدِ مَا ظُلِمُوا لَنُبَوِّئَنَّهُمْ فِي الدُّنْيَا حَسَنَةً ۖ وَلَأَجْرُ الْآخِرَةِ أَكْبَرُ ۚ لَوْ كَانُوا يَعْلَمُونَ
އެއުރެންނަށް އަނިޔާ ލިބުމަށްފަހު، اللَّه އަށްޓަކައި هجرة ކުޅަ މީހުންނަށް، ހަމަކަށަވަރުން، ދުނިޔޭގައިވެސް އެއުރެން އުޅޭނޭ ރަނގަޅު ވަޒަން، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، آخرة ގެ ދަރުމަ މާބޮޑެވެ. އެއުރެން (އެކަން) ދަންނަނަމައެވެ
42الَّذِينَ صَبَرُوا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ
އެއުރެންނީ، ކެތްތެރިވި މީހުންނެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް وكيل ކުރާ މީހުންނެވެ
43وَمَا أَرْسَلْنَا مِن قَبْلِكَ إِلَّا رِجَالًا نُّوحِي إِلَيْهِمْ ۚ فَاسْأَلُوا أَهْلَ الذِّكْرِ إِن كُنتُمْ لَا تَعْلَمُونَ
އަދި ކަލޭގެފާނުގެ ކުރިންވެސް އެބަޔަކަށް ތިމަންރަސްކަލާނގެ وحى އިއްވަވައި، رسول ކަމާއިގެން ފިރިހެނުން މެނުވީ، ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން ނުދަންނަ ކަމުގައި ވާނަމަ، ތިޔަބައިމީހުން علم ގެ أهل ވެރިންނާ سؤال ކުރާށެވެ
44بِالْبَيِّنَاتِ وَالزُّبُرِ ۗ وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ
(ތިމަންރަސްކަލާނގެ އެ رسول ން ފޮނުއްވީ) ބަޔާންވެގެންވާ ހެކިތަކާއި، ފޮތްތަކާއިގެންނެވެ. އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނަށް قرآن ބާވައިލެއްވީ، އެއުރެންނަށް ބާވައިލެއްވި ތަކެތި، މީސްތަކުންނަށް ކަލޭގެފާނު ބަޔާންކޮށް ދެއްވުމަށްޓަކައެވެ. އަދި އެއުރެން ފިކުރުކުރުމަށްޓަކައެވެ
އަން-ނަޙްލުޤުރުއާން ފިހުރިސްތު
128އާޔަތް
MeccanRevelation
42އާޔަތް

ތަރުޖަމާ — އަން-ނަޙްލު 42

ސޫރަތު އަން-ނަޙްލު އާޔަތް 42 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެއުރެންނީ، ކެތްތެރިވި މީހުންނެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް وكيل ކުރާ މީހުންނެވެ

ސޫރަތު އާޔަތް 42/128 — އަން-ނަޙްލު النحل (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަން-ނަޙްލު އަޑު އަހާ, އަން-ނަޙްލު ތަރުޖަމާ, އަން-ނަޙްލު mp3, އަން-ނަޙްލު pdf. އާޔަތް 40–44. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers