އަލް-އިސްރާއް · 19/111
ތަރުޖަމާ ކިޔެވުން — އަލް-އިސްރާއް
وَمَنْ أَرَادَ الْآخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُولَٰئِكَ كَانَ سَعْيُهُم مَّشْكُورًا ۝١٩
Wa man araadal Aakhirata wa sa`aa lahaa sa`yahaa wa huwa mu`minun fa ulaaa`ika kaana sa`yuhum mashkooraa
📖 ދިވެހި މާނަ
އަދި مؤمن އަކު ކަމުގައިވާ حال، آخرة އަށް އެދި، އެދުވަހަކަށްޓަކައި މަސައްކަތްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، އެއުރެންގެ މަސައްކަތް مقبول ވެވި، شكر ލިބިގެންވާ މީހުންނެވެ

🎧 އަޑު އަހާ


📜 އާޔަތް 17-21 — އަލް-އިސްރާއް

17وَكَمْ أَهْلَكْنَا مِنَ الْقُرُونِ مِن بَعْدِ نُوحٍ ۗ وَكَفَىٰ بِرَبِّكَ بِذُنُوبِ عِبَادِهِ خَبِيرًا بَصِيرًا
نوح ގެފާނަށްފަހު، ކިތައްކިތައް جيل ގެ މީހުން ތިމަންރަސްކަލާނގެ ހަލާކުކުރައްވައި، ނެތިކުރެއްވިންހެއްޔެވެ؟ އެކަލާނގެ އަޅުތަކުންގެ ފާފަތަކުގެ خبر، މޮޅަށް ދެނެވޮޑިގެންވާ (އަދި) މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފުދެތެވެ
18مَّن كَانَ يُرِيدُ الْعَاجِلَةَ عَجَّلْنَا لَهُ فِيهَا مَا نَشَاءُ لِمَن نُّرِيدُ ثُمَّ جَعَلْنَا لَهُ جَهَنَّمَ يَصْلَاهَا مَذْمُومًا مَّدْحُورًا
ދުނިޔޭގެ އަރާމަށް އެދޭމީހާ (ދަންނާށެވެ!) ތިމަންރަސްކަލާނގެ އިރާދަކުރައްވާކަމެއް، ތިމަންރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް އަވަސްކޮށްދެއްވާ ހުށީމެވެ. ދެން އެމީހަކަށްޓަކައި، ތިމަންރަސްކަލާނގެ ނަރަކަ ލެއްވީމެވެ. މަލާމާތްލިބި، رحمة ން ދުރުކުރައްވާފައިވާ حال، އެ ނަރަކައަށް އެމީހަކު ވަންނާނެތެވެ
19وَمَنْ أَرَادَ الْآخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُولَٰئِكَ كَانَ سَعْيُهُم مَّشْكُورًا
އަދި مؤمن އަކު ކަމުގައިވާ حال، آخرة އަށް އެދި، އެދުވަހަކަށްޓަކައި މަސައްކަތްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، އެއުރެންގެ މަސައްކަތް مقبول ވެވި، شكر ލިބިގެންވާ މީހުންނެވެ
20كُلًّا نُّمِدُّ هَٰؤُلَاءِ وَهَٰؤُلَاءِ مِنْ عَطَاءِ رَبِّكَ ۚ وَمَا كَانَ عَطَاءُ رَبِّكَ مَحْظُورًا
ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވާ ދެއްވުންތަކުން މިބައިމީހުންނާއި އެއުރެންނާއި، އެންމެންނަށް، ތިމަންރަސްކަލާނގެ ދެއްވަމެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވާ ދެއްވުމަކީ، މަނާކުރެވޭނޭ އެއްޗެއް ކަމުގައި ނުވެތެވެ
21انظُرْ كَيْفَ فَضَّلْنَا بَعْضَهُمْ عَلَىٰ بَعْضٍ ۚ وَلَلْآخِرَةُ أَكْبَرُ دَرَجَاتٍ وَأَكْبَرُ تَفْضِيلًا
ތިމަންރަސްކަލާނގެ އެއުރެންކުރެ އެއްބަޔަކު އަނެއްބަޔަކަށްވުރެ މާތްކުރައްވާފައިވަނީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! އަދި ހަމަކަށަވަރުން، ދަރަޖައިގެގޮތުން آخرة މާބޮޑެވެ. އަދި މާތްކުރެއްވުމުގެ ގޮތުންވެސް މާބޮޑުމެއެވެ
އަލް-އިސްރާއްޤުރުއާން ފިހުރިސްތު
111އާޔަތް
MeccanRevelation
19އާޔަތް

ތަރުޖަމާ — އަލް-އިސްރާއް 19

ސޫރަތު އަލް-އިސްރާއް އާޔަތް 19 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި مؤمن އަކު ކަމުގައިވާ حال، آخرة އަށް އެދި، އެދުވަހަކަށްޓަކައި މަސައްކަތްކޮށްފިމީހާ…

ސޫރަތު އާޔަތް 19/111 — އަލް-އިސްރާއް الإسراء (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އިސްރާއް އަޑު އަހާ, އަލް-އިސްރާއް ތަރުޖަމާ, އަލް-އިސްރާއް mp3, އަލް-އިސްރާއް pdf. އާޔަތް 17–21. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers