އަލް-އިސްރާއް · 26/111
ތަރުޖަމާ ކިޔެވުން — އަލް-އިސްރާއް
وَآتِ ذَا الْقُرْبَىٰ حَقَّهُ وَالْمِسْكِينَ وَابْنَ السَّبِيلِ وَلَا تُبَذِّرْ تَبْذِيرًا ۝٢٦
Wa aati zal qurbaa haqqahoo walmiskeena wabnas sabeeli wa laa tubazzir tabzeeraa
📖 ދިވެހި މާނަ
ގާތްތިމާގެ މީހާއަށް، އޭނާގެ حق ދޭށެވެ! އަދި مسكين އަށާއި، ދަތުރުވެރިޔާއަށްވެސްމެއެވެ. އަދި ގިނަގިނައިން إسراف ނުކުރާހުށިކަމެވެ
🎧 އަޑު އަހާ

📜 އާޔަތް 24-28 — އަލް-އިސްރާއް

24وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا
އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް رحمة ލައްވައިފާނދޭވެ
25رَّبُّكُمْ أَعْلَمُ بِمَا فِي نُفُوسِكُمْ ۚ إِن تَكُونُوا صَالِحِينَ فَإِنَّهُ كَانَ لِلْأَوَّابِينَ غَفُورًا
ތިޔަބައިމީހުންގެ ހިތްތަކުގައިވާ ކަންތައް ދެނެވޮޑިގަތުންބޮޑީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ތިޔަބައިމީހުންނީ، صالح ބަޔަކުކަމުގައިވާނަމަ، ފަހެ، ހަމަކަށަވަރުން، އެކަލާނގެ حضرة އަށް رجوع ވާ މީހުންނަށް، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ
26وَآتِ ذَا الْقُرْبَىٰ حَقَّهُ وَالْمِسْكِينَ وَابْنَ السَّبِيلِ وَلَا تُبَذِّرْ تَبْذِيرًا
ގާތްތިމާގެ މީހާއަށް، އޭނާގެ حق ދޭށެވެ! އަދި مسكين އަށާއި، ދަތުރުވެރިޔާއަށްވެސްމެއެވެ. އަދި ގިނަގިނައިން إسراف ނުކުރާހުށިކަމެވެ
27إِنَّ الْمُبَذِّرِينَ كَانُوا إِخْوَانَ الشَّيَاطِينِ ۖ وَكَانَ الشَّيْطَانُ لِرَبِّهِ كَفُورًا
ހަމަކަށަވަރުން، إسراف ކުރާ މީހުންނީ، شيطان ންގެ أخ ން ކަމުގައިވޫއެވެ. އަދި شيطان އާ، އޭނާގެ ވެރިރަސްކަލާނގެއަށް ވަރަށް ބޮޑަށް كافر ވާ ކަމުގައިވިއެވެ
28وَإِمَّا تُعْرِضَنَّ عَنْهُمُ ابْتِغَاءَ رَحْمَةٍ مِّن رَّبِّكَ تَرْجُوهَا فَقُل لَّهُمْ قَوْلًا مَّيْسُورًا
ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އައުމަށް އެދިވަޑައިގަންނަވާ رحمة އެއްގެ އެދުމުގައި، އެއުރެންނާ ދުރުހެލިވެވަޑައިގަންނަވާނަމަ، ފަހެ، މަޑުމައިތިރި ބަހަކުން އެއުރެންނަށް ބަސް ވިދާޅުވާށެވެ
އަލް-އިސްރާއްޤުރުއާން ފިހުރިސްތު
111އާޔަތް
MeccanRevelation
26އާޔަތް

ތަރުޖަމާ — އަލް-އިސްރާއް 26

ސޫރަތު އަލް-އިސްރާއް އާޔަތް 26 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ގާތްތިމާގެ މީހާއަށް، އޭނާގެ حق ދޭށެވެ! އަދި مسكين އަށާއި، ދަތުރުވެރިޔާއަށްވެސްމެއެވެ. އަދި…

ސޫރަތު އާޔަތް 26/111 — އަލް-އިސްރާއް الإسراء (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އިސްރާއް އަޑު އަހާ, އަލް-އިސްރާއް ތަރުޖަމާ, އަލް-އިސްރާއް mp3, އަލް-އިސްރާއް pdf. އާޔަތް 24–28. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers