އަލް-ބަޤަރާ · 138/286
ތަރުޖަމާ ކިޔެވުން — އަލް-ބަޤަރާ
صِبْغَةَ اللَّهِ ۖ وَمَنْ أَحْسَنُ مِنَ اللَّهِ صِبْغَةً ۖ وَنَحْنُ لَهُ عَابِدُونَ ۝١٣٨
Sibghatal laahi wa man ahsanu minal laahi sibghatanw wa nahnu lahoo `aabidoon
📖 ދިވެހި މާނަ
اللَّه ގެ دين އަށެވެ. (އެބަހީ: تبع ވާންވީ اللَّه ގެ دين އަށެވެ.) ހިދާޔަތާއި إرشاد ދެއްވުމުގައި اللَّه އަށްވުރެ މޮޅީ ކާކުހެއްޔެވެ؟ އަދި ތިމަންމެންނީ، ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރާ މީހުންނެވެ
🎧 އަޑު އަހާ

📜 އާޔަތް 136-140 — އަލް-ބަޤަރާ

136قُولُوا آمَنَّا بِاللَّهِ وَمَا أُنزِلَ إِلَيْنَا وَمَا أُنزِلَ إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَمَا أُوتِيَ مُوسَىٰ وَعِيسَىٰ وَمَا أُوتِيَ النَّبِيُّونَ مِن رَّبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍ مِّنْهُمْ وَنَحْنُ لَهُ مُسْلِمُونَ
ތިޔަބައިމީހުން ބުނާށެވެ! ތިމަންމެން اللَّه އަށާއި ތިމަންމެންނަށް ބާވައިލައްވައިފައިވާ ފޮތަށާއި އަދި إبراهيم ގެފާނަށާއި إسماعيل ގެފާނަށާއި إسحاق ގެފާނަށާއި، يعقوب ގެފާނަށާއި يعقوب ގެފާނުގެ أسباط ންނަށް ބާވައިލައްވައިފައިވާ ފޮތްފޮތަށާއި އަދި موسى ގެފާނަށާއި عيسى ގެފާނަށް ދެއްވާފައިވާ ފޮތަށާއި އަދި (އެހެނިހެން) ނަބިއްޔުންނަށް، އެބޭކަލުންގެ ވެރިރަސްކަލާނގެ حضرة ން ދެއްވާފައިވާ ފޮތްފޮތަށް إيمان ވީމުއެވެ. ތިމަންމެން އެއިން އެއްވެސް ބޭކަލަކާމެދު ތަފާތެއް ނުކުރަމުއެވެ. އަދި ތިމަންމެންނީ، އެކަލާނގެއަށް ކިޔަމަންވެގެންތިބި ބަޔަކީމުއެވެ
137فَإِنْ آمَنُوا بِمِثْلِ مَا آمَنتُم بِهِ فَقَدِ اهْتَدَوا ۖ وَّإِن تَوَلَّوْا فَإِنَّمَا هُمْ فِي شِقَاقٍ ۖ فَسَيَكْفِيكَهُمُ اللَّهُ ۚ وَهُوَ السَّمِيعُ الْعَلِيمُ
ފަހެ، ތިޔަބައިމީހުން إيمان ވެގެންތިބި ފަދައިން އެއުރެން إيمان ވިނަމަ، އެއުރެންނަށް ތެދުމަގު ލިބުނީސްކަން ކަށަވަރެވެ. އަދި އެއުރެން އެނބުރި ފުރަގަސްދީފިނަމަ، އެއުރެން ވާކަން ކަށަވަރީ، ދެކޮޅުވެރި ކަމެއްގެ ތެރޭގައެވެ. ފަހެ، اللَّه އެއުރެންގެ ކިބައިން ކަލޭގެފާނު ރައްކާތެރި ކުރައްވައި ސަލާމަތްކަން ދެއްވާނެތެވެ. އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
138صِبْغَةَ اللَّهِ ۖ وَمَنْ أَحْسَنُ مِنَ اللَّهِ صِبْغَةً ۖ وَنَحْنُ لَهُ عَابِدُونَ
اللَّه ގެ دين އަށެވެ. (އެބަހީ: تبع ވާންވީ اللَّه ގެ دين އަށެވެ.) ހިދާޔަތާއި إرشاد ދެއްވުމުގައި اللَّه އަށްވުރެ މޮޅީ ކާކުހެއްޔެވެ؟ އަދި ތިމަންމެންނީ، ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރާ މީހުންނެވެ
139قُلْ أَتُحَاجُّونَنَا فِي اللَّهِ وَهُوَ رَبُّنَا وَرَبُّكُمْ وَلَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ وَنَحْنُ لَهُ مُخْلِصُونَ
ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އާމެދު ތިޔަބައިމީހުން ތިމަންމެންނާ جدل ކުރަނީހެއްޔެވެ؟ އެކަލާނގެއީ ތިމަންމެންގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެއެވެ. އަދި ތިމަންމެންގެ عمل ތައް ހުރީ (އެބަހީ: ތިމަންމެން ކުޅަކަމެއްގެ ޖަޒާ ހުރީ) ތިމަންމެންނަށެވެ. އަދި ތިޔަބައިމީހުންގެ عمل ތައް ހުރީ (އެބަހީ: ތިޔަބައިމީހުން ކުޅަކަމެއްގެ ޖަޒާ ހުރީ) ތިޔަބައިމީހުންނަށެވެ. އަދި ތިމަންމެންނީ، އެކަލާނގެއަށް إخلاص ތެރި ބަޔަކީމުއެވެ
140أَمْ تَقُولُونَ إِنَّ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطَ كَانُوا هُودًا أَوْ نَصَارَىٰ ۗ قُلْ أَأَنتُمْ أَعْلَمُ أَمِ اللَّهُ ۗ وَمَنْ أَظْلَمُ مِمَّن كَتَمَ شَهَادَةً عِندَهُ مِنَ اللَّهِ ۗ وَمَا اللَّهُ بِغَافِلٍ عَمَّا تَعْمَلُونَ
އަދި ކިއެއްތަ! ހަމަކަށަވަރުން إبراهيم ގެފާނާއި إسماعيل ގެފާނާއި إسحاق ގެފާނާއި يعقوب ގެފާނާއި يعقوب ގެފާނުގެ أسباط ންނީ، يهودى ން ކަމުގައި ނުވަތަ نصارى އިން ކަމުގައި ވީކަމަށް ތިޔަބައިމީހުން ބުނަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! (އެކަންއޮތްގޮތް) ބޮޑަށް އެނގެނީ ތިޔަބައިމީހުންނަށް ހެއްޔެވެ؟ ނުވަތަ (އެކަން ދެނެވޮޑިގަތުންބޮޑީ) اللَّه ހެއްޔެވެ؟ اللَّه ގެ حضرة ން އެމީހަކަށް ލިބިފައިވާ ހެކި ވަންހަނާކޮށްފި މީހަކަށްވުރެން އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ އަދި ތިޔަބައިމީހުން ކުރާ عمل ތަކާމެދު، غافل ވެ ވޮޑިގެންވާ ކަލަކު ކަމުގައި اللَّه ނުވެއެވެ
އަލް-ބަޤަރާޤުރުއާން ފިހުރިސްތު
286އާޔަތް
MedinanRevelation
138އާޔަތް

ތަރުޖަމާ — އަލް-ބަޤަރާ 138

ސޫރަތު އަލް-ބަޤަރާ އާޔަތް 138 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : اللَّه ގެ دين އަށެވެ. (އެބަހީ: تبع ވާންވީ اللَّه ގެ دين…

ސޫރަތު އާޔަތް 138/286 — އަލް-ބަޤަރާ البقرة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ބަޤަރާ އަޑު އަހާ, އަލް-ބަޤަރާ ތަރުޖަމާ, އަލް-ބަޤަރާ mp3, އަލް-ބަޤަރާ pdf. އާޔަތް 136–140. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers