އަލް-ބަޤަރާ · 181/286
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-ބަޤަރާ
فَمَن بَدَّلَهُ بَعْدَمَا سَمِعَهُ فَإِنَّمَا إِثْمُهُ عَلَى الَّذِينَ يُبَدِّلُونَهُ ۚ إِنَّ اللَّهَ سَمِيعٌ عَلِيمٌ ۝١٨١
Famam baddalahoo ba`da maa sami`ahoo fa innamaaa ismuhoo `alallazeena yubaddi loonah; innallaha Samee`un `Aleem
📖 ދިވެހި މާނަ
ފަހެ، އެ وصية އިވުމަށްފަހު، އެ وصية ބަދަލުކުޅަ މީހާ (ދަންނާށެވެ!) ހަމަކަށަވަރުން، އެކަމުގެ ފާފަ އޮތީ، އެކަން ބަދަލުކުރާ މީހުންގެ މައްޗަށެވެ. ހަމަކަށަވަރުން، اللَّه އީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ

🎧 އަޑު އަހާ


📜 އާޔަތް 179-183 — ސޫރަތު އަލް-ބަޤަރާ

179وَلَكُمْ فِي الْقِصَاصِ حَيَاةٌ يَا أُولِي الْأَلْبَابِ لَعَلَّكُمْ تَتَّقُونَ
އަދި قصاص ހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު) ދިރުމެއްވެއެވެ. އޭ ބުއްދީގެ أهل ވެރިންނޭވެ! (އެއީ) ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ
180كُتِبَ عَلَيْكُمْ إِذَا حَضَرَ أَحَدَكُمُ الْمَوْتُ إِن تَرَكَ خَيْرًا الْوَصِيَّةُ لِلْوَالِدَيْنِ وَالْأَقْرَبِينَ بِالْمَعْرُوفِ ۖ حَقًّا عَلَى الْمُتَّقِينَ
ތިޔަބައިމީހުންކުރެ މީހަކުގެ ގާތަށް މަރުއައިސް حاضر ވާހިނދު އެމީހާ މުދަލެއް ދޫކުރާނަމަ، (އެބަހީ: އެމީހާގެ މިލްކުގައި، މުދަލެއްހުރިނަމަ) ހެޔޮގޮތުގައި މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށް وصية ކުރުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ. (އެކަންއޮތީ) تقوى ވެރިންގެ މައްޗަށްއޮތް حق އެއް ކަމުގައެވެ
181فَمَن بَدَّلَهُ بَعْدَمَا سَمِعَهُ فَإِنَّمَا إِثْمُهُ عَلَى الَّذِينَ يُبَدِّلُونَهُ ۚ إِنَّ اللَّهَ سَمِيعٌ عَلِيمٌ
ފަހެ، އެ وصية އިވުމަށްފަހު، އެ وصية ބަދަލުކުޅަ މީހާ (ދަންނާށެވެ!) ހަމަކަށަވަރުން، އެކަމުގެ ފާފަ އޮތީ، އެކަން ބަދަލުކުރާ މީހުންގެ މައްޗަށެވެ. ހަމަކަށަވަރުން، اللَّه އީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
182فَمَنْ خَافَ مِن مُّوصٍ جَنَفًا أَوْ إِثْمًا فَأَصْلَحَ بَيْنَهُمْ فَلَا إِثْمَ عَلَيْهِ ۚ إِنَّ اللَّهَ غَفُورٌ رَّحِيمٌ
ފަހެ، وصية ކުރާ މީހެއްގެ ފަރާތުން ބޭއިންސާފު ގޮތެއް ނުވަތަ ފާފަވެރިވާ ގޮތެއް ހިނގައިފާނެކަމަށް ބިރުގެން އެއުރެންގެ މެދުގައި (އެބަހީ: ވާރުތަވެރިންގެ މެދުގައި) صلح ކޮށްފި މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ މައްޗަކަށް ފާފައެއް ނެތެވެ. (އެބަހީ: ކުރިން ނަންގަނެވުނު وصية ބަދަލުކުރުމުގެ ފާފަ އެމީހެއްގެ މައްޗަކަށް ނެތެވެ.) ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ
183يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ
އަލް-ބަޤަރާޤުރުއާން ފިހުރިސްތު
286އާޔަތް
MedinanRevelation
181އާޔަތް

ތަރުޖަމާ — އަލް-ބަޤަރާ 181

ސޫރަތު އަލް-ބަޤަރާ އާޔަތް 181 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ފަހެ، އެ وصية އިވުމަށްފަހު، އެ وصية ބަދަލުކުޅަ މީހާ (ދަންނާށެވެ!) ހަމަކަށަވަރުން،…

ސޫރަތު އާޔަތް 181/286 — ސޫރަތު އަލް-ބަޤަރާ البقرة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-ބަޤަރާ އަޑު އަހާ, ސޫރަތު އަލް-ބަޤަރާ ތަރުޖަމާ, ސޫރަތު އަލް-ބަޤަރާ mp3, ސޫރަތު އަލް-ބަޤަރާ pdf. އާޔަތް 179–183. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers