އަލް-ބަޤަރާ · 224/286
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-ބަޤަރާ
وَلَا تَجْعَلُوا اللَّهَ عُرْضَةً لِّأَيْمَانِكُمْ أَن تَبَرُّوا وَتَتَّقُوا وَتُصْلِحُوا بَيْنَ النَّاسِ ۗ وَاللَّهُ سَمِيعٌ عَلِيمٌ ٢٢٤
Transliteration
Wa laa taj`alul laaha `urdatal li aymaanikum an tabarroo wa tattaqoo wa tuslihoo bainan naas; wallaahu Samee`un `Aleem
ތަރުޖަމާ (ދިވެހި މާނަ)
📖 ދިވެހި މާނަ
ތިޔަބައިމީހުންގެ ހުވާތަކުން ތިޔަބައިމީހުން ހެޔޮކަންތައް ކުރުމަށާއި، تقوى ވެރިވުމަށާއި، މީސްތަކުންގެ މެދުގައި صلح މަސަލަސްކަން قائم ކުޅައުމަށް އެޅޭ ހުރަހެއްކަމުގައި، اللَّه ގެ ނަންފުޅު ތިޔަބައިމީހުން ނުލާށެވެ! اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
Additional reference in සිංහල
🎧 އަޑު އަހާ
📜 އާޔަތް 222-226 — ސޫރަތު އަލް-ބަޤަރާ
222وَيَسْأَلُونَكَ عَنِ الْمَحِيضِ ۖ قُلْ هُوَ أَذًى فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِ ۖ وَلَا تَقْرَبُوهُنَّ حَتَّىٰ يَطْهُرْنَ ۖ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ اللَّهُ ۚ إِنَّ اللَّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ
އަދި حيض އާމެދު، ކަލޭގެފާނާ އެއުރެން سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އުނދަގޫ (ލިބެނިވި) ކަމެކެވެ. ފަހެ، حيض ގެ ދުވަސްވަރުގައި ތިޔަބައިމީހުން އަންހެނުންނާ ދުރުހެލިވާށެވެ! (އެބަހީ: جماع ނުވާށެވެ!) އަދި އެކަނބަލުން ހިނައި طاهر ވެއްޖައުމަށްދާނދެން ތިޔަބައިމީހުން އެކަނބަލުންނާ ގާތްނުވާށެވެ! ފަހެ އެކަނބަލުން ހިނައި طاهر ވެއްޖެނަމަ، اللَّه ތިޔަބައިމީހުންނަށް أمر ކުރައްވާފައިވާ ފަދައިން އެކަނބަލުން ގާތަށް ތިޔަބައިމީހުން ދާށެވެ! (އެބަހީ: جماع ވުން ހުއްދައެވެ.) ހަމަކަށަވަރުން، ގިނަގިނައިން توبة ވާ މީހުންދެކެ اللَّه ލޯބިވެ ވޮޑިގެންވެއެވެ. އަދި طاهر ވާ މީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ
223نِسَاؤُكُمْ حَرْثٌ لَّكُمْ فَأْتُوا حَرْثَكُمْ أَنَّىٰ شِئْتُمْ ۖ وَقَدِّمُوا لِأَنفُسِكُمْ ۚ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّكُم مُّلَاقُوهُ ۗ وَبَشِّرِ الْمُؤْمِنِينَ
ތިޔަބައިމީހުންގެ އަނބިންނީ، ތިޔަބައިމީހުންނަށްވާ ދަނޑުބިމެކެވެ. ފަހެ ތިޔަބައިމީހުން ބޭނުންފަދައަކުން ތިޔަބައިމީހުންގެ ދަނޑުބިމަށް އަންނާށެވެ! (އެބަހީ: نسل އުފެދުމުގެ މަގު خيار ކުރާށެވެ.) އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށްޓަކައި (ހެޔޮކަންތައް) އިސްކުރާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުންނީ އެކަލާނގެއާ ބައްދަލުވާނޭ ބަޔަކުކަން ތިޔަބައިމީހުން ދަންނާށެވެ! އަދި مؤمن ތަކުންނަށް ކަލޭގެފާނު އުފާވެރިކަމުގެ خبر ދެއްވާށެވެ
224وَلَا تَجْعَلُوا اللَّهَ عُرْضَةً لِّأَيْمَانِكُمْ أَن تَبَرُّوا وَتَتَّقُوا وَتُصْلِحُوا بَيْنَ النَّاسِ ۗ وَاللَّهُ سَمِيعٌ عَلِيمٌ
ތިޔަބައިމީހުންގެ ހުވާތަކުން ތިޔަބައިމީހުން ހެޔޮކަންތައް ކުރުމަށާއި، تقوى ވެރިވުމަށާއި، މީސްތަކުންގެ މެދުގައި صلح މަސަލަސްކަން قائم ކުޅައުމަށް އެޅޭ ހުރަހެއްކަމުގައި، اللَّه ގެ ނަންފުޅު ތިޔަބައިމީހުން ނުލާށެވެ! اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
225لَّا يُؤَاخِذُكُمُ اللَّهُ بِاللَّغْوِ فِي أَيْمَانِكُمْ وَلَٰكِن يُؤَاخِذُكُم بِمَا كَسَبَتْ قُلُوبُكُمْ ۗ وَاللَّهُ غَفُورٌ حَلِيمٌ
ތިޔަބައިމީހުންގެ ހުވާތަކުގައި، قصد އަކާ ނުލައި ބުނާ ބަސްތަކަކުން اللَّه ތިޔަބައިމީހުންނަށް عقوبات އެއް ނުދެއްވާނެއެވެ. އެހެނެއްކަމަކު ތިޔަބައިމީހުން ހިތުގެ قصد އާއެކު ކުރާ ހުވަޔަށް (އެ ހުވަޔާ خلاف ވެއްޖެނަމަ) އެކަލާނގެ ތިޔަބައިމީހުންނަށް عقوبات ދެއްވާނެއެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، حليم ވަންތަ ރަސްކަލާނގެއެވެ
226لِّلَّذِينَ يُؤْلُونَ مِن نِّسَائِهِمْ تَرَبُّصُ أَرْبَعَةِ أَشْهُرٍ ۖ فَإِن فَاءُوا فَإِنَّ اللَّهَ غَفُورٌ رَّحِيمٌ
އެއުރެންގެ އަނބިންނާމެދު (جماع ނުވުމަށް) ހުވާކުރާ މީހުންނަށް انتظار ކުރުން ވަނީ، ހަތަރު މަސްދުވަހަށެވެ. ފަހެ، އެއުރެން (جماع ވުމަށް) އެނބުރި رجوع ވެއްޖެނަމަ، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ
އަލް-ބަޤަރާޤުރުއާން ފިހުރިސްތު
286އާޔަތް
MedinanRevelation
224އާޔަތް
ތަރުޖަމާ — އަލް-ބަޤަރާ 224
ސޫރަތު އަލް-ބަޤަރާ އާޔަތް 224 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ތިޔަބައިމީހުންގެ ހުވާތަކުން ތިޔަބައިމީހުން ހެޔޮކަންތައް ކުރުމަށާއި، تقوى ވެރިވުމަށާއި، މީސްތަކުންގެ މެދުގައި صلح…ސޫރަތު އާޔަތް 224/286 — ސޫރަތު އަލް-ބަޤަރާ البقرة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-ބަޤަރާ އަޑު އަހާ, ސޫރަތު އަލް-ބަޤަރާ ތަރުޖަމާ, ސޫރަތު އަލް-ބަޤަރާ mp3, ސޫރަތު އަލް-ބަޤަރާ pdf. އާޔަތް 222–226. ދިވެހި މާނަ: සිංහල.
العربية
English
Bahasa Indonesia
Türkçe
Русский
فارسی
Français
اردو
বাংলা
Deutsch
Español
中文
हिन्दी
Português
Italiano
ภาษาไทย
Polski
Nederlands
Shqip
Kiswahili
O'zbek
தமிழ்
Melayu
Bosanski
Soomaali
Azərbaycan
کوردی
한국어
日本語
Svenska
Dansk
Norsk
پښتو
മലയാളം
සිංහල
Tamazight
Hausa
አማርኛ
Български
Тоҷикӣ
Қазақша
Filipino
سنڌي
Yorùbá
Fulfulde
Татарча
ئۇيغۇرچە
Кыргызча
ਪੰਜਾਬੀ
Jawa
తెలుగు
မြန်မာ
ગુજરાતી
Oromo
मराठी
Tiếng Việt
Malagasy
Нохчийн
Wolof
ދިވެހި
ಕನ್ನಡ
Українська
Ελληνικά
ქართული
ខ្មែរ
دری
Qafar af
Maranao
नेपाली
ކީރިތި ޤުރުއާން
Monday, September 7, 2026
Don't forget us in your sincere prayers








