އަލް-ބަޤަރާ · 40/286
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-ބަޤަރާ
يَا بَنِي إِسْرَائِيلَ اذْكُرُوا نِعْمَتِيَ الَّتِي أَنْعَمْتُ عَلَيْكُمْ وَأَوْفُوا بِعَهْدِي أُوفِ بِعَهْدِكُمْ وَإِيَّايَ فَارْهَبُونِ ۝٤٠
Yaa Baneee Israaa`eelaz kuroo ni`matiyal lateee an`amtu `alaikum wa awfoo bi`Ahdeee oofi bi ahdikum wa iyyaaya farhaboon
📖 ދިވެހި މާނަ
އޭ إسـرآءيـل ގެދަރިންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި نعمة ތިޔަބައިމީހުން ހަނދުމަކުރާށެވެ! އަދި ތިމަންރަސްކަލާނގެ عهد ތިޔަބައިމީހުން ފުއްދާށެވެ! (އެބަހީ: توراة ގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާފައިވާ އެންގެވުންތަކަށް ކިޔަމަންވެ، އެގޮތުގެމަތިން عمل ކުރާށެވެ!) އޭރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ عهد ފުއްދަވާހުށީމެވެ. (އެބަހީ: ކިޔަމަންގަތް އަޅުންނަށް ދެއްވާނެކަމަށް އަންގަވާފައިވާ ހެޔޮ ޖަޒާ ދެއްވާހުށީމެވެ.) އަދި ހަމައެކަނި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ

🎧 އަޑު އަހާ


📜 އާޔަތް 38-42 — ސޫރަތު އަލް-ބަޤަރާ

38قُلْنَا اهْبِطُوا مِنْهَا جَمِيعًا ۖ فَإِمَّا يَأْتِيَنَّكُم مِّنِّي هُدًى فَمَن تَبِعَ هُدَايَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
ތިމަންރަސްކަލާނގެ (آدم ގެފާނުގެ ދެކަނބަލުންނާއި إبليس އަށް) وحى ކުރެއްވީމެވެ. ތިޔަބައިމީހުން އެންމެން އެ ސުވަރުގެއިން (ބިމަށް) ފައިބާށެވެ! ފަހެ، ތިޔަބައިމީހުންގެ ގާތަށް، ތިމަންރަސްކަލާނގެ حضرة ން ތެދުމަގު އަތުވެއްޖެހިނދަކު، ތިމަންރަސްކަލާނގެ ތެދުމަގާ تبع ވެއްޖެ ބަޔަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެއުރެންނީ، ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ
39وَالَّذِينَ كَفَرُوا وَكَذَّبُوا بِآيَاتِنَا أُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ
އަދި كافر ވެ ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަ މީހުންނީ، ނަރަކަވަންތަ ވެރިންނެވެ. އެއުރެންނީ، އެ ނަރަކައިގައި ދެމިތިބޭނޭ ބަޔެކެވެ
40يَا بَنِي إِسْرَائِيلَ اذْكُرُوا نِعْمَتِيَ الَّتِي أَنْعَمْتُ عَلَيْكُمْ وَأَوْفُوا بِعَهْدِي أُوفِ بِعَهْدِكُمْ وَإِيَّايَ فَارْهَبُونِ
އޭ إسـرآءيـل ގެދަރިންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި نعمة ތިޔަބައިމީހުން ހަނދުމަކުރާށެވެ! އަދި ތިމަންރަސްކަލާނގެ عهد ތިޔަބައިމީހުން ފުއްދާށެވެ! (އެބަހީ: توراة ގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާފައިވާ އެންގެވުންތަކަށް ކިޔަމަންވެ، އެގޮތުގެމަތިން عمل ކުރާށެވެ!) އޭރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ عهد ފުއްދަވާހުށީމެވެ. (އެބަހީ: ކިޔަމަންގަތް އަޅުންނަށް ދެއްވާނެކަމަށް އަންގަވާފައިވާ ހެޔޮ ޖަޒާ ދެއްވާހުށީމެވެ.) އަދި ހަމައެކަނި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ
41وَآمِنُوا بِمَا أَنزَلْتُ مُصَدِّقًا لِّمَا مَعَكُمْ وَلَا تَكُونُوا أَوَّلَ كَافِرٍ بِهِ ۖ وَلَا تَشْتَرُوا بِآيَاتِي ثَمَنًا قَلِيلًا وَإِيَّايَ فَاتَّقُونِ
އަދި ތިޔަބައިމީހުންނާ އެކުގައިވާ ފޮތް (އެބަހީ: توراة) ތެދުކުރަނިވި ގޮތުގައިވާ، ތިމަންރަސްކަލާނގެ ބާވައިލެއްވި ފޮތަށް (އެބަހީ: قرآن އަށް) ތިޔަބައިމީހުން إيمان ވާށެވެ! އަދި އެފޮތަށް އެންމެ ފުރަތަމައިން كافر ވާ ބަޔަކު ކަމުގައި ތިޔަބައިމީހުން ނުވާށެވެ! އަދި ތިމަންރަސްކަލާނގެ آية ތަކަށް، ކުޑައަގެއް ތިޔަބައިމީހުން ނުގަންނާށެވެ! (އެބަހީ: ދުންޔަވީ އުފާތަކުގެ ތެރެއިން ތިމަންރަސްކަލާނގެ حرام ކުރެއްވި ކަންތައްތައްފަދަ އެއްޗަކަށް ނުވާކަހަލަ އެއްޗަކަށްޓަކައި، ތިމަންރަސްކަލާނގެ އަންގަވާފައިވާ އެންގެވުންތަކަށް ފުރަގަސްނުދޭށެވެ!) އަދި ހަމައެކަނި ތިމަންރަސްކަލާނގެއަށް تقوى ވެރިވާށެވެ
42وَلَا تَلْبِسُوا الْحَقَّ بِالْبَاطِلِ وَتَكْتُمُوا الْحَقَّ وَأَنتُمْ تَعْلَمُونَ
އަދި ތިޔަބައިމީހުން حق އާއި باطل އޮޅުވައިނުލާށެވެ! އަދި ތިޔަބައިމީހުން ދެނެތިބި حال ގައި حق ވަންހަނާ ނުކުރާށެވެ
އަލް-ބަޤަރާޤުރުއާން ފިހުރިސްތު
286އާޔަތް
MedinanRevelation
40އާޔަތް

ތަރުޖަމާ — އަލް-ބަޤަރާ 40

ސޫރަތު އަލް-ބަޤަރާ އާޔަތް 40 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އޭ إسـرآءيـل ގެދަރިންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި نعمة ތިޔަބައިމީހުން ހަނދުމަކުރާށެވެ! އަދި…

ސޫރަތު އާޔަތް 40/286 — ސޫރަތު އަލް-ބަޤަރާ البقرة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-ބަޤަރާ އަޑު އަހާ, ސޫރަތު އަލް-ބަޤަރާ ތަރުޖަމާ, ސޫރަތު އަލް-ބަޤަރާ mp3, ސޫރަތު އަލް-ބަޤަރާ pdf. އާޔަތް 38–42. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers