އަލް-އަންބިޔާއް · 86/112
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-އަންބިޔާއް
وَأَدْخَلْنَاهُمْ فِي رَحْمَتِنَا ۖ إِنَّهُم مِّنَ الصَّالِحِينَ ۝٨٦
Wa adkhalnaahum fee rahmatinaa innahum minas saaliheen
📖 ދިވެހި މާނަ
އަދި އެބޭކަލުން ތިމަންރަސްކަލާނގެ رحمة ގެ ތެރެޔަށް ވެއްދެވީމެވެ. ހަމަކަށަވަރުން، އެބޭކަލުންވަނީ، صالح ންގެ ތެރެއިންނެވެ

🎧 އަޑު އަހާ


📜 އާޔަތް 84-88 — ސޫރަތު އަލް-އަންބިޔާއް

84فَاسْتَجَبْنَا لَهُ فَكَشَفْنَا مَا بِهِ مِن ضُرٍّ ۖ وَآتَيْنَاهُ أَهْلَهُ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنْ عِندِنَا وَذِكْرَىٰ لِلْعَابِدِينَ
ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވައި، އެކަލޭގެފާނަށް ޖެހިފައިވާ ދަތި حال ފިއްލަވައި، އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ أهل ންނާއި، އެ أهل ންނާއެކު ހަމަ އެފަދަ أهل ން ދެއްވީމެވެ. ތިމަންރަސްކަލާނގެ حضرة ން ލެއްވި رحمة އެއް ކަމުގައެވެ. އަދި އަޅުކަންކުރާ މީހުންނަށް، ހަނދާންކޮށްދިނުމެއް ކަމުގައެވެ
85وَإِسْمَاعِيلَ وَإِدْرِيسَ وَذَا الْكِفْلِ ۖ كُلٌّ مِّنَ الصَّابِرِينَ
އަދި إسماعيل ގެފާނާއި، إدريس ގެފާނާއި، ذوالكفل ގެފާނު ހަނދުމަކުރާށެވެ! އެއިން ކޮންމެ ބޭކަލަކުވަނީ، ކެތްތެރިންގެ ތެރެއިންނެވެ
86وَأَدْخَلْنَاهُمْ فِي رَحْمَتِنَا ۖ إِنَّهُم مِّنَ الصَّالِحِينَ
އަދި އެބޭކަލުން ތިމަންރަސްކަލާނގެ رحمة ގެ ތެރެޔަށް ވެއްދެވީމެވެ. ހަމަކަށަވަރުން، އެބޭކަލުންވަނީ، صالح ންގެ ތެރެއިންނެވެ
87وَذَا النُّونِ إِذ ذَّهَبَ مُغَاضِبًا فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ فَنَادَىٰ فِي الظُّلُمَاتِ أَن لَّا إِلَٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ
އަދި ذوالنّون (އެބަހީ: يونس ގެފާނު) ހަނދުމަކުރާށެވެ! އެކަލޭގެފާނު (قوم ގެ މީހުންދެކެ) ކޯފާވެގެން ވަޑައިގަތް ހިނދެވެ. ފަހެ، އެކަލޭގެފާނަށް ތިމަންރަސްކަލާނގެ عقوبات އެއް ނުދެއްވާނެކަމަށް ހީކުރެއްވިއެވެ. ފަހެ، އެކަލޭގެފާނު އަނދިރިތަކުގެ ތެރޭގައި (މަހުގެ ބަނޑުގައި) دعاء ކުރެއްވިއެވެ. އިބަރަސްކަލާނގެ މެނުވީ، إله އަކު ނެތެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ
88فَاسْتَجَبْنَا لَهُ وَنَجَّيْنَاهُ مِنَ الْغَمِّ ۚ وَكَذَٰلِكَ نُنجِي الْمُؤْمِنِينَ
ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަ ދެއްވީމެވެ. އަދި ދަތިކަމާއި، މޮޅިވެރިކަމުން އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. އަދި އެފަދައިން ތިމަންރަސްކަލާނގެ مؤمن ތަކުން ސަލާމަތްކުރައްވަމެވެ
އަލް-އަންބިޔާއްޤުރުއާން ފިހުރިސްތު
112އާޔަތް
MeccanRevelation
86އާޔަތް

ތަރުޖަމާ — އަލް-އަންބިޔާއް 86

ސޫރަތު އަލް-އަންބިޔާއް އާޔަތް 86 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި އެބޭކަލުން ތިމަންރަސްކަލާނގެ رحمة ގެ ތެރެޔަށް ވެއްދެވީމެވެ. ހަމަކަށަވަރުން، އެބޭކަލުންވަނީ، صالح…

ސޫރަތު އާޔަތް 86/112 — ސޫރަތު އަލް-އަންބިޔާއް الأنبياء (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-އަންބިޔާއް އަޑު އަހާ, ސޫރަތު އަލް-އަންބިޔާއް ތަރުޖަމާ, ސޫރަތު އަލް-އަންބިޔާއް mp3, ސޫރަތު އަލް-އަންބިޔާއް pdf. އާޔަތް 84–88. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers