އަލް-މުއުމިނޫން · 17/118
ތަރުޖަމާ ކިޔެވުން — އަލް-މުއުމިނޫން
وَلَقَدْ خَلَقْنَا فَوْقَكُمْ سَبْعَ طَرَائِقَ وَمَا كُنَّا عَنِ الْخَلْقِ غَافِلِينَ ۝١٧
Wa laqad khalaqnaa fawqakum sab`a taraaa`iqa wa maa kunnaa `anil khalqi ghaafileen
📖 ދިވެހި މާނަ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނާ ދިމާމަތީގައި، ހަތް އުޑު ހެއްދެވީމެވެ. އަދި خلق ތަކުންނާމެދު غافل ވެވޮޑިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވަމެވެ
🎧 އަޑު އަހާ

📜 އާޔަތް 15-19 — އަލް-މުއުމިނޫން

15ثُمَّ إِنَّكُم بَعْدَ ذَٰلِكَ لَمَيِّتُونَ
ދެން ހަމަކަށަވަރުން، ތިޔަބައިމީހުން އޭގެފަހުގައި މަރުވާނެކަން ކަށަވަރެވެ
16ثُمَّ إِنَّكُمْ يَوْمَ الْقِيَامَةِ تُبْعَثُونَ
ދެން ހަމަކަށަވަރުން، ތިޔަބައިމީހުން قيامة ދުވަހުން، އަލުންދިރުއްވައި محشر އަށް ފޮނުއްވާނެތެވެ
17وَلَقَدْ خَلَقْنَا فَوْقَكُمْ سَبْعَ طَرَائِقَ وَمَا كُنَّا عَنِ الْخَلْقِ غَافِلِينَ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނާ ދިމާމަތީގައި، ހަތް އުޑު ހެއްދެވީމެވެ. އަދި خلق ތަކުންނާމެދު غافل ވެވޮޑިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވަމެވެ
18وَأَنزَلْنَا مِنَ السَّمَاءِ مَاءً بِقَدَرٍ فَأَسْكَنَّاهُ فِي الْأَرْضِ ۖ وَإِنَّا عَلَىٰ ذَهَابٍ بِهِ لَقَادِرُونَ
އަދި ތިމަންރަސްކަލާނގެ، ވަކި މިންވަރަކަށް އުޑުން ފެންބާވައިލެއްވީމެވެ. ފަހެ، އެ ފެން ތިމަންރަސްކަލާނގެ ބިމުގައި ހަރުލެއްވީމެވެ. އަދި ހަމަކަށަވަރުން، އެ ފެން (ތިޔަބައިމީހުންނަށް އަތުނުވާ ހިސާބަށް) ގެންދެވުމަށް، ތިމަންރަސްކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވަމެވެ
19فَأَنشَأْنَا لَكُم بِهِ جَنَّاتٍ مِّن نَّخِيلٍ وَأَعْنَابٍ لَّكُمْ فِيهَا فَوَاكِهُ كَثِيرَةٌ وَمِنْهَا تَأْكُلُونَ
ފަހެ، އެ ފެނުގެ ސަބަބުން ކަދުރުރުކާއި، މޭބިސްކަދުރުގެ ބަގީޗާތައް ތިޔަބައިމީހުންނަށްޓަކައި، ތިމަންރަސްކަލާނގެ އުފެއްދެވީމެވެ. އެ ބަގީޗާތަކުގައި ތިޔަބައިމީހުންނަށްޓަކައި، ގިނަ މޭވާތައްވެއެވެ. އަދި ތިޔަބައިމީހުން ކައިއުޅެނީ، އެ ތަކެތިންނެވެ
އަލް-މުއުމިނޫންޤުރުއާން ފިހުރިސްތު
118އާޔަތް
MeccanRevelation
17އާޔަތް

ތަރުޖަމާ — އަލް-މުއުމިނޫން 17

ސޫރަތު އަލް-މުއުމިނޫން އާޔަތް 17 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނާ ދިމާމަތީގައި، ހަތް އުޑު ހެއްދެވީމެވެ. އަދި خلق ތަކުންނާމެދު…

ސޫރަތު އާޔަތް 17/118 — އަލް-މުއުމިނޫން المؤمنون (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-މުއުމިނޫން އަޑު އަހާ, އަލް-މުއުމިނޫން ތަރުޖަމާ, އަލް-މުއުމިނޫން mp3, އަލް-މުއުމިނޫން pdf. އާޔަތް 15–19. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers