އަލް-ފުރުޤާން · 41/77
ތަރުޖަމާ ކިޔެވުން — އަލް-ފުރުޤާން
وَإِذَا رَأَوْكَ إِن يَتَّخِذُونَكَ إِلَّا هُزُوًا أَهَٰذَا الَّذِي بَعَثَ اللَّهُ رَسُولًا ۝٤١
Wa izaa ra awka iny yattakhizoonaka illaa huzuwan ahaazal lazee ba`asal laahu Rasoolaa
📖 ދިވެހި މާނަ
އަދި އެއުރެން ކަލޭގެފާނު ދެކޭހިނދު، އެއުރެން ކަލޭގެފާނަށް ފުރައްސާރަ ނޫނީ ނުކުރެތެވެ. (އަދި ބުނެތެވެ.) اللَّه، رسول އަކު ކަމުގައި ފޮނުއްވި ބޭކަލަކީ މިއީހެއްޔެވެ؟
🎧 އަޑު އަހާ

📜 އާޔަތް 39-43 — އަލް-ފުރުޤާން

39وَكُلًّا ضَرَبْنَا لَهُ الْأَمْثَالَ ۖ وَكُلًّا تَبَّرْنَا تَتْبِيرًا
އެއިން ކޮންމެ ބަޔަކަށްމެ، ތިމަންރަސްކަލާނގެ މިސާލުތައް ދައްކަވައި، إنذار ކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެއިންކޮންމެ ބަޔަކުމެ، ހަލާކުކުރައްވައި، ނެތިކުރެއްވީމެވެ
40وَلَقَدْ أَتَوْا عَلَى الْقَرْيَةِ الَّتِي أُمْطِرَتْ مَطَرَ السَّوْءِ ۚ أَفَلَمْ يَكُونُوا يَرَوْنَهَا ۚ بَلْ كَانُوا لَا يَرْجُونَ نُشُورًا
ހަމަކަށަވަރުން، ނުބައިކަމުގެ ވާރެއިން ވާރޭވެހުނު ރަށް (އެބަހީ: لوط ބާގައިމީހުން އުޅުނު سَدُوم އެވެ ކިޔާ ރަށް) ކަޑައްތުކޮށް އެއުރެން އައޫއެވެ. ފަހެ، އެއުރެން އެތަން ދެކޭކަމުގައި ނުވޭހެއްޔެވެ؟ އަދި ކިއެއްތަ! އަލުން ދިރުއްވުމަކަށް ފޮނުއްވާނެ ކަމާމެދު، ބިރުވެތިނުވާ ބަޔަކު ކަމުގައި އެއުރެންވޫއެވެ
41وَإِذَا رَأَوْكَ إِن يَتَّخِذُونَكَ إِلَّا هُزُوًا أَهَٰذَا الَّذِي بَعَثَ اللَّهُ رَسُولًا
އަދި އެއުރެން ކަލޭގެފާނު ދެކޭހިނދު، އެއުރެން ކަލޭގެފާނަށް ފުރައްސާރަ ނޫނީ ނުކުރެތެވެ. (އަދި ބުނެތެވެ.) اللَّه، رسول އަކު ކަމުގައި ފޮނުއްވި ބޭކަލަކީ މިއީހެއްޔެވެ؟
42إِن كَادَ لَيُضِلُّنَا عَنْ آلِهَتِنَا لَوْلَا أَن صَبَرْنَا عَلَيْهَا ۚ وَسَوْفَ يَعْلَمُونَ حِينَ يَرَوْنَ الْعَذَابَ مَنْ أَضَلُّ سَبِيلًا
އެކަމުގެ މައްޗަށް ތިމަންމެން ކެތްނުކުޅަނަމަ، ތިމަންމެންގެ إله ންތައް ފިޔަވައި ހަމަކަށަވަރުން، އޭނާ ތިމަންމެން މަގުފުރެއްދުމާ ގާތްކުޅައީސްކަން ކަށަވަރެވެ. އަދި އެއުރެން عذاب ދެކޭހިނދު، މަގުފުރެދުންބޮޑީ ކޮންބަޔެއްކަން އެއުރެންނަށް ނިކަންހުރެ އެނގޭނެތެވެ
43أَرَأَيْتَ مَنِ اتَّخَذَ إِلَٰهَهُ هَوَاهُ أَفَأَنتَ تَكُونُ عَلَيْهِ وَكِيلًا
އެމީހެއްގެ އެދުންތައް އެއީ، އެމީހެއްގެ إله ކަމުގައި ހެދިމީހާ، ކަލޭގެފާނު ދެކެވަޑައިގަތީމުތޯއެވެ؟ ފަހެ، އޭނާ ބަލަހައްޓާ ވަކީލަކު ކަމުގައި، ކަލޭގެފާނު ވާނެތޯއެވެ؟
އަލް-ފުރުޤާންޤުރުއާން ފިހުރިސްތު
77އާޔަތް
MeccanRevelation
41އާޔަތް

ތަރުޖަމާ — އަލް-ފުރުޤާން 41

ސޫރަތު އަލް-ފުރުޤާން އާޔަތް 41 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި އެއުރެން ކަލޭގެފާނު ދެކޭހިނދު، އެއުރެން ކަލޭގެފާނަށް ފުރައްސާރަ ނޫނީ ނުކުރެތެވެ. (އަދި…

ސޫރަތު އާޔަތް 41/77 — އަލް-ފުރުޤާން الفرقان (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ފުރުޤާން އަޑު އަހާ, އަލް-ފުރުޤާން ތަރުޖަމާ, އަލް-ފުރުޤާން mp3, އަލް-ފުރުޤާން pdf. އާޔަތް 39–43. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers