އަން-ނަމްލު · 58/93
ތަރުޖަމާ ކިޔެވުން — އަން-ނަމްލު
وَأَمْطَرْنَا عَلَيْهِم مَّطَرًا ۖ فَسَاءَ مَطَرُ الْمُنذَرِينَ ۝٥٨
Wa amtarnaa `alaihimm mataran fasaaa`a matarul munzareen
📖 ދިވެހި މާނަ
އަދި ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް (ހިލައިގެ) ވާރެއެއް ވެއްސެވީމެވެ. ފަހެ، إنذار ވެވުނު މީހުންގެ (މައްޗަށް ވެހުނު) ވާރޭގެ ނުބައިކަމާއެވެ
🎧 އަޑު އަހާ

📜 އާޔަތް 56-60 — އަން-ނަމްލު

56۞ فَمَا كَانَ جَوَابَ قَوْمِهِ إِلَّا أَن قَالُوا أَخْرِجُوا آلَ لُوطٍ مِّن قَرْيَتِكُمْ ۖ إِنَّهُمْ أُنَاسٌ يَتَطَهَّرُونَ
ފަހެ، އެކަލޭގެފާނުގެ قوم ގެމީހުންގެ ޖަވާބުކަމުގައި އެއުރެންގެ މިބުނުން ނޫނީ ނުވެއެވެ. ތިޔަބައިމީހުން لوط ގެފާނާއި، އެކަލޭގެފާނަށް تبع ވެގެން ތިބިމީހުން ތިޔަބައިމީހުންގެ ރަށުން ބޭރުކޮށްލާށެވެ! ހަމަކަށަވަރުން، އެއުރެންނީ طاهر ވެ ތިބޭބަޔެކެވެ
57فَأَنجَيْنَاهُ وَأَهْلَهُ إِلَّا امْرَأَتَهُ قَدَّرْنَاهَا مِنَ الْغَابِرِينَ
ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނާއި އެކަލޭގެފާނުގެ أهل ވެރިން ސަލާމަތްކުރެއްވީމެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން މެނުވީއެވެ. عذاب ގައި ތިބޭމީހުންގެ ތެރެއިން ތިމަންރަސްކަލާނގެ އެކަނބުލޭގެ ހިމެނުއްވީމެވެ
58وَأَمْطَرْنَا عَلَيْهِم مَّطَرًا ۖ فَسَاءَ مَطَرُ الْمُنذَرِينَ
އަދި ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް (ހިލައިގެ) ވާރެއެއް ވެއްސެވީމެވެ. ފަހެ، إنذار ވެވުނު މީހުންގެ (މައްޗަށް ވެހުނު) ވާރޭގެ ނުބައިކަމާއެވެ
59قُلِ الْحَمْدُ لِلَّهِ وَسَلَامٌ عَلَىٰ عِبَادِهِ الَّذِينَ اصْطَفَىٰ ۗ آللَّهُ خَيْرٌ أَمَّا يُشْرِكُونَ
ކަލޭގެފާނު ވިދާޅުވާށެވެ! حمد ހުރީ اللَّه އަށެވެ. އަދި އެކަލާނގެ خيار ކުރައްވާފައިވާ، އެކަލާނގެ އަޅުތަކުންގެ މައްޗަށް سلام ހުށްޓެވެ. ހެޔޮކަންބޮޑީ، اللَّه ހެއްޔެވެ؟ ނުވަތަ އެއުރެން شريك ކުރާ އެއްޗެތި ހެއްޔެވެ؟
60أَمَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ وَأَنزَلَ لَكُم مِّنَ السَّمَاءِ مَاءً فَأَنبَتْنَا بِهِ حَدَائِقَ ذَاتَ بَهْجَةٍ مَّا كَانَ لَكُمْ أَن تُنبِتُوا شَجَرَهَا ۗ أَإِلَٰهٌ مَّعَ اللَّهِ ۚ بَلْ هُمْ قَوْمٌ يَعْدِلُونَ
ނުވަތަ އުޑުތަކާއި، ބިން ހެއްދެވި، އަދި ތިޔަބައިމީހުންނަށްޓަކައި އުޑުން ވާރޭފެން ވެއްސެވި ރަސްކަލާނގެ ހެއްޔެވެ؟ ފަހެ، ރީތިކަމާއި ހިތްފަސޭހަކަމުން ފުރިގެންވާ ބަގީޗާތައް ތިމަންރަސްކަލާނގެ އެ ފެނުން ފެޅުއްވީމެވެ. އެ ބަގީޗާގެ ގަސްތައް ފެޅުވުމަކީ، ތިޔަބައިމީހުންނަށް ކުޅަދާނަވެގެންވާނެ ކަމެއްނޫނެވެ. اللَّه އާ އެކުގައި އެހެން إله އަކު ވޭހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންނީ (حق ން) އެއްކިބާވާ ބަޔެކެވެ
އަން-ނަމްލުޤުރުއާން ފިހުރިސްތު
93އާޔަތް
MeccanRevelation
58އާޔަތް

ތަރުޖަމާ — އަން-ނަމްލު 58

ސޫރަތު އަން-ނަމްލު އާޔަތް 58 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް (ހިލައިގެ) ވާރެއެއް ވެއްސެވީމެވެ. ފަހެ، إنذار ވެވުނު…

ސޫރަތު އާޔަތް 58/93 — އަން-ނަމްލު النمل (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަން-ނަމްލު އަޑު އަހާ, އަން-ނަމްލު ތަރުޖަމާ, އަން-ނަމްލު mp3, އަން-ނަމްލު pdf. އާޔަތް 56–60. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers