އަން-ނަމްލު · 59/93
ތަރުޖަމާ ކިޔެވުން — ސޫރަތު އަން-ނަމްލު
قُلِ الْحَمْدُ لِلَّهِ وَسَلَامٌ عَلَىٰ عِبَادِهِ الَّذِينَ اصْطَفَىٰ ۗ آللَّهُ خَيْرٌ أَمَّا يُشْرِكُونَ ۝٥٩
Qulil hamdu lillaahi wa salaamun `alaa `ibaadihil lazeenas tafaa; aaallaahu khairun ammmaa yushrikoon
📖 ދިވެހި މާނަ
ކަލޭގެފާނު ވިދާޅުވާށެވެ! حمد ހުރީ اللَّه އަށެވެ. އަދި އެކަލާނގެ خيار ކުރައްވާފައިވާ، އެކަލާނގެ އަޅުތަކުންގެ މައްޗަށް سلام ހުށްޓެވެ. ހެޔޮކަންބޮޑީ، اللَّه ހެއްޔެވެ؟ ނުވަތަ އެއުރެން شريك ކުރާ އެއްޗެތި ހެއްޔެވެ؟

🎧 އަޑު އަހާ


📜 އާޔަތް 57-61 — ސޫރަތު އަން-ނަމްލު

57فَأَنجَيْنَاهُ وَأَهْلَهُ إِلَّا امْرَأَتَهُ قَدَّرْنَاهَا مِنَ الْغَابِرِينَ
ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނާއި އެކަލޭގެފާނުގެ أهل ވެރިން ސަލާމަތްކުރެއްވީމެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން މެނުވީއެވެ. عذاب ގައި ތިބޭމީހުންގެ ތެރެއިން ތިމަންރަސްކަލާނގެ އެކަނބުލޭގެ ހިމެނުއްވީމެވެ
58وَأَمْطَرْنَا عَلَيْهِم مَّطَرًا ۖ فَسَاءَ مَطَرُ الْمُنذَرِينَ
އަދި ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް (ހިލައިގެ) ވާރެއެއް ވެއްސެވީމެވެ. ފަހެ، إنذار ވެވުނު މީހުންގެ (މައްޗަށް ވެހުނު) ވާރޭގެ ނުބައިކަމާއެވެ
59قُلِ الْحَمْدُ لِلَّهِ وَسَلَامٌ عَلَىٰ عِبَادِهِ الَّذِينَ اصْطَفَىٰ ۗ آللَّهُ خَيْرٌ أَمَّا يُشْرِكُونَ
ކަލޭގެފާނު ވިދާޅުވާށެވެ! حمد ހުރީ اللَّه އަށެވެ. އަދި އެކަލާނގެ خيار ކުރައްވާފައިވާ، އެކަލާނގެ އަޅުތަކުންގެ މައްޗަށް سلام ހުށްޓެވެ. ހެޔޮކަންބޮޑީ، اللَّه ހެއްޔެވެ؟ ނުވަތަ އެއުރެން شريك ކުރާ އެއްޗެތި ހެއްޔެވެ؟
60أَمَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ وَأَنزَلَ لَكُم مِّنَ السَّمَاءِ مَاءً فَأَنبَتْنَا بِهِ حَدَائِقَ ذَاتَ بَهْجَةٍ مَّا كَانَ لَكُمْ أَن تُنبِتُوا شَجَرَهَا ۗ أَإِلَٰهٌ مَّعَ اللَّهِ ۚ بَلْ هُمْ قَوْمٌ يَعْدِلُونَ
ނުވަތަ އުޑުތަކާއި، ބިން ހެއްދެވި، އަދި ތިޔަބައިމީހުންނަށްޓަކައި އުޑުން ވާރޭފެން ވެއްސެވި ރަސްކަލާނގެ ހެއްޔެވެ؟ ފަހެ، ރީތިކަމާއި ހިތްފަސޭހަކަމުން ފުރިގެންވާ ބަގީޗާތައް ތިމަންރަސްކަލާނގެ އެ ފެނުން ފެޅުއްވީމެވެ. އެ ބަގީޗާގެ ގަސްތައް ފެޅުވުމަކީ، ތިޔަބައިމީހުންނަށް ކުޅަދާނަވެގެންވާނެ ކަމެއްނޫނެވެ. اللَّه އާ އެކުގައި އެހެން إله އަކު ވޭހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންނީ (حق ން) އެއްކިބާވާ ބަޔެކެވެ
61أَمَّن جَعَلَ الْأَرْضَ قَرَارًا وَجَعَلَ خِلَالَهَا أَنْهَارًا وَجَعَلَ لَهَا رَوَاسِيَ وَجَعَلَ بَيْنَ الْبَحْرَيْنِ حَاجِزًا ۗ أَإِلَٰهٌ مَّعَ اللَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ
ނުވަތަ قرار ވެ ތިބުމުގެ ތަނެއްކަމުގައި، ބިންލައްވައި އެތާނގައި ކޯރުތައް ލައްވައި، އަދި އެތާނގައި ހަރުލައިހުންނަ ފަރުބަދަތައް ލައްވައި، އަދި (މީރުފެނާއި ލޮނުފެނުގެ) ދެ ކަނޑު ދެމެދުގައި ހުރަހެއް ލެއްވި ރަސްކަލާނގެ ހެއްޔެވެ؟ اللَّه އާ އެކުގައި އެހެން إله އަކު ވޭހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންކުރެ ގިނަމީހުނެއް (އެކަމެއް) ނުދަނެތެވެ
އަން-ނަމްލުޤުރުއާން ފިހުރިސްތު
93އާޔަތް
MeccanRevelation
59އާޔަތް

ތަރުޖަމާ — އަން-ނަމްލު 59

ސޫރަތު އަން-ނަމްލު އާޔަތް 59 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ކަލޭގެފާނު ވިދާޅުވާށެވެ! حمد ހުރީ اللَّه އަށެވެ. އަދި އެކަލާނގެ خيار ކުރައްވާފައިވާ،…

ސޫރަތު އާޔަތް 59/93 — ސޫރަތު އަން-ނަމްލު النمل (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަން-ނަމްލު އަޑު އަހާ, ސޫރަތު އަން-ނަމްލު ތަރުޖަމާ, ސޫރަތު އަން-ނަމްލު mp3, ސޫރަތު އަން-ނަމްލު pdf. އާޔަތް 57–61. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers