އާލު-ޢިމްރާން · 18/200
ތަރުޖަމާ ކިޔެވުން — ސޫރަތު އާލު-ޢިމްރާން
شَهِدَ اللَّهُ أَنَّهُ لَا إِلَٰهَ إِلَّا هُوَ وَالْمَلَائِكَةُ وَأُولُو الْعِلْمِ قَائِمًا بِالْقِسْطِ ۚ لَا إِلَٰهَ إِلَّا هُوَ الْعَزِيزُ الْحَكِيمُ ۝١٨
Shahidal laahu annahoo laa ilaaha illaa Huwa walmalaaa`ikatu wa ulul `ilmi qaaa`imam bilqist; laaa ilaaha illaa Huwal `Azeezul Hakeem
📖 ދިވެހި މާނަ
ހަމަކަށަވަރުން، اللَّه، އެކަލާނގެ ފިޔަވައި (حق ވެގެން އަޅުކަމެއްވެވޭ) إله އަކު ނުވާކަމަށް ހެކިވެވޮޑިގެންފިއެވެ. އަދި، ملائكة ންނާއި، علم ގެ أهل ވެރިންވެސް (އެކަމަށް) ހެކިވިއެވެ. (އެކަލާނގެ ހެއްދެވި ތަކެތި تدبير ކުރެއްވުމުގައި) عدل ވެރި ކަމާއިގެން އެކަލާނގެ قائم ވެ ވޮޑިގެންވެތެވެ. އެކަލާނގެ މެނުވީ (حق ވެގެން އަޅުކަމެއްވެވޭ) إله އަކު ނުވެތެވެ. (އެކަލާނގެއީ) عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ

🎧 އަޑު އަހާ


📜 އާޔަތް 16-20 — ސޫރަތު އާލު-ޢިމްރާން

16الَّذِينَ يَقُولُونَ رَبَّنَا إِنَّنَا آمَنَّا فَاغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ النَّارِ
އެއުރެންނީ ދަންނަވާ މީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅަމެން إيمان ވެއްޖައީމުއެވެ. ފަހެ، އަޅަމެންގެ ފާފަތައް، އަޅަމެންނަށް ފުއްސަވާނދޭވެ! އަދި، ނަރަކައިގެ عذاب ން އަޅަމެން ދިންނަވާނދޭވެ
17الصَّابِرِينَ وَالصَّادِقِينَ وَالْقَانِتِينَ وَالْمُنفِقِينَ وَالْمُسْتَغْفِرِينَ بِالْأَسْحَارِ
(އެއުރެންނީ) ކެތްތެރިންނެވެ. އަދި، ތެދުވެރިންނެވެ. އަދި، اللَّه އަށް ކިޔަމަންތެރިވާ މީހުންނެވެ. އަދި، (ހެޔޮގޮތުގައި) ހޭދަކުރާ މީހުންނެވެ. އަދި، ހާރުދަމުގައި ފާފަފުއްސެވުންއެދި دعاء ކުރާ މީހުންނެވެ
18شَهِدَ اللَّهُ أَنَّهُ لَا إِلَٰهَ إِلَّا هُوَ وَالْمَلَائِكَةُ وَأُولُو الْعِلْمِ قَائِمًا بِالْقِسْطِ ۚ لَا إِلَٰهَ إِلَّا هُوَ الْعَزِيزُ الْحَكِيمُ
ހަމަކަށަވަރުން، اللَّه، އެކަލާނގެ ފިޔަވައި (حق ވެގެން އަޅުކަމެއްވެވޭ) إله އަކު ނުވާކަމަށް ހެކިވެވޮޑިގެންފިއެވެ. އަދި، ملائكة ންނާއި، علم ގެ أهل ވެރިންވެސް (އެކަމަށް) ހެކިވިއެވެ. (އެކަލާނގެ ހެއްދެވި ތަކެތި تدبير ކުރެއްވުމުގައި) عدل ވެރި ކަމާއިގެން އެކަލާނގެ قائم ވެ ވޮޑިގެންވެތެވެ. އެކަލާނގެ މެނުވީ (حق ވެގެން އަޅުކަމެއްވެވޭ) إله އަކު ނުވެތެވެ. (އެކަލާނގެއީ) عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ
19إِنَّ الدِّينَ عِندَ اللَّهِ الْإِسْلَامُ ۗ وَمَا اخْتَلَفَ الَّذِينَ أُوتُوا الْكِتَابَ إِلَّا مِن بَعْدِ مَا جَاءَهُمُ الْعِلْمُ بَغْيًا بَيْنَهُمْ ۗ وَمَن يَكْفُرْ بِآيَاتِ اللَّهِ فَإِنَّ اللَّهَ سَرِيعُ الْحِسَابِ
ހަމަކަށަވަރުން، اللَّه ގެ حضرة ގައި، دين އަކީ، إسلام دين އެވެ. އަދި، ފޮތް ލިބުނުމީހުން އެއުރެންނަށް (حق ގޮތް) އެނގުމަށްފަހުގައި މެނުވީ، އެއުރެން خلاف ވެއެއް ނުގަނެތެވެ. (އެއީ) އެއުރެންގެ މެދުގައިވާ حسد ވެރިކަމުގެ ގޮތުންނެވެ. اللَّه ގެ آية ތަކަށް كافر ވާ މީހުން (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، حساب ބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ
20فَإِنْ حَاجُّوكَ فَقُلْ أَسْلَمْتُ وَجْهِيَ لِلَّهِ وَمَنِ اتَّبَعَنِ ۗ وَقُل لِّلَّذِينَ أُوتُوا الْكِتَابَ وَالْأُمِّيِّينَ أَأَسْلَمْتُمْ ۚ فَإِنْ أَسْلَمُوا فَقَدِ اهْتَدَوا ۖ وَّإِن تَوَلَّوْا فَإِنَّمَا عَلَيْكَ الْبَلَاغُ ۗ وَاللَّهُ بَصِيرٌ بِالْعِبَادِ
ފަހެ، އެއުރެން ކަލޭގެފާނާ ޖަދަލުކޮށްފިނަމަ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ މޫނުފުޅު (އެބަހީ: ފުރާނަޔާއި ހަށިކޮޅު) اللَّه އަށް خالص ކޮށް ކިޔަމަންކުރައްވައިފީމެވެ. އަދި، ތިމަންކަލޭގެފާނަށް تبع ވި މީހުންވެސްމެއެވެ. ފޮތް ލިބުނު މީހުންނާއި، أمّى ންނަށް (އެބަހީ: عربى ންގެ مشرك ންނަށް) ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ކިޔަމަންވެއްޖައީމުހެއްޔެވެ؟ ފަހެ، އެއުރެން ކިޔަމަން ވެއްޖެނަމަ، އެއުރެން ތެދުމަގު ލިބިގެންފިކަން ކަށަވަރެވެ. އަދި، އެއުރެން އެނބުރި ފުރަގަސްދީފިނަމަ، ކަލޭގެފާނަށް އޮތްކަން ކަށަވަރީ، (ބާވައިލެއްވި ކަންތައް) އިއްވެވުމެވެ. اللَّه އީ، އަޅުތަކުންގެ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ
އާލު-ޢިމްރާންޤުރުއާން ފިހުރިސްތު
200އާޔަތް
MedinanRevelation
18އާޔަތް

ތަރުޖަމާ — އާލު-ޢިމްރާން 18

ސޫރަތު އާލު-ޢިމްރާން އާޔަތް 18 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ހަމަކަށަވަރުން، اللَّه، އެކަލާނގެ ފިޔަވައި (حق ވެގެން އަޅުކަމެއްވެވޭ) إله އަކު ނުވާކަމަށް…

ސޫރަތު އާޔަތް 18/200 — ސޫރަތު އާލު-ޢިމްރާން آل عمران (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އާލު-ޢިމްރާން އަޑު އަހާ, ސޫރަތު އާލު-ޢިމްރާން ތަރުޖަމާ, ސޫރަތު އާލު-ޢިމްރާން mp3, ސޫރަތު އާލު-ޢިމްރާން pdf. އާޔަތް 16–20. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers