ޞާދު · 28/88
ތަރުޖަމާ ކިޔެވުން — ސޫރަތު ޞާދު
أَمْ نَجْعَلُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ كَالْمُفْسِدِينَ فِي الْأَرْضِ أَمْ نَجْعَلُ الْمُتَّقِينَ كَالْفُجَّارِ ۝٢٨
Am naj`alul lazeena aamanoo wa `amilus saalihaati kalmufisdeena fil ardi am naj`alul muttaqeena kalfujjaar
📖 ދިވެހި މާނަ
ނުވަތަ ބިމުގައި ފަސާދައުފައްދާ މީހުންނެކޭ އެއްފަދައިން، ތިމަންރަސްކަލާނގެ، إيمان ވެ صالح عمل ތައް ކުޅަމީހުން ލައްވާނެހެއްޔެވެ؟ ނުވަތަ كافر ވި މީހުންނެކޭ އެއްފަދައިން، ތިމަންރަސްކަލާނގެ تقوى ވެރިން ލައްވާނެހެއްޔެވެ؟

🎧 އަޑު އަހާ


📜 އާޔަތް 26-30 — ސޫރަތު ޞާދު

26يَا دَاوُودُ إِنَّا جَعَلْنَاكَ خَلِيفَةً فِي الْأَرْضِ فَاحْكُم بَيْنَ النَّاسِ بِالْحَقِّ وَلَا تَتَّبِعِ الْهَوَىٰ فَيُضِلَّكَ عَن سَبِيلِ اللَّهِ ۚ إِنَّ الَّذِينَ يَضِلُّونَ عَن سَبِيلِ اللَّهِ لَهُمْ عَذَابٌ شَدِيدٌ بِمَا نَسُوا يَوْمَ الْحِسَابِ
އޭ داود ގެފާނެވެ! ހަމަކަށަވަރުން، ބިމުގައި خليفة އެއްކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ލެއްވީމެވެ. ފަހެ، ކަލޭގެފާނު މީސްތަކުންގެ މެދުގައި حق ގޮތުގައި حكم ކުރައްވާށެވެ! އަދި އަމިއްލައެދުމަށް ކަލޭގެފާނު تبع ވެވަޑައިނުގަންނަވާށެވެ! ފަހެ، އޭރުން ކަލޭގެފާނު اللَّه ގެ މަގުން އެއްކިބާކޮށްފާނެތެވެ. ހަމަކަށަވަރުން، اللَّه ގެ މަގުން އެއްކިބާވާމީހުން (ދަންނާށެވެ!) حساب ބައްލަވާ ދުވަސް ހަނދާންނައްތައިލުމުގެ ސަބަބުން އެއުރެންނަށް ގަދަވެގެންވާ عذاب ހުށްޓެވެ
27وَمَا خَلَقْنَا السَّمَاءَ وَالْأَرْضَ وَمَا بَيْنَهُمَا بَاطِلًا ۚ ذَٰلِكَ ظَنُّ الَّذِينَ كَفَرُوا ۚ فَوَيْلٌ لِّلَّذِينَ كَفَرُوا مِنَ النَّارِ
ތިމަންރަސްކަލާނގެ އުޑާއި، ބިމާއި، އެދެމެދުގައިވާހާ ތަކެތި باطل ގޮތެއްގައި ނަހައްދަވަމެވެ. އެއީ كافر ވި މީހުން ހީކުރާގޮތެވެ. ފަހެ، كافر ވި މީހުންނަށް، ނަރަކައިގެ عذاب ން ހަލާކުހުށްޓެވެ
28أَمْ نَجْعَلُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ كَالْمُفْسِدِينَ فِي الْأَرْضِ أَمْ نَجْعَلُ الْمُتَّقِينَ كَالْفُجَّارِ
ނުވަތަ ބިމުގައި ފަސާދައުފައްދާ މީހުންނެކޭ އެއްފަދައިން، ތިމަންރަސްކަލާނގެ، إيمان ވެ صالح عمل ތައް ކުޅަމީހުން ލައްވާނެހެއްޔެވެ؟ ނުވަތަ كافر ވި މީހުންނެކޭ އެއްފަދައިން، ތިމަންރަސްކަލާނގެ تقوى ވެރިން ލައްވާނެހެއްޔެވެ؟
29كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ أُولُو الْأَلْبَابِ
(މިއީ) ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި بركات ތެރި ފޮތެކެވެ. (އެއީ) އެއުރެން އެ ފޮތުގެ آية ތަކުގެ މާނަތަކާމެދު ވިސްނައި ފިކުރުކުރުމަށެވެ. އަދި ބުއްދީގެ أهل ވެރިން (އެއިން) نصيحة ލިބިގަތުމަށެވެ
30وَوَهَبْنَا لِدَاوُودَ سُلَيْمَانَ ۚ نِعْمَ الْعَبْدُ ۖ إِنَّهُ أَوَّابٌ
ތިމަންރަސްކަލާނގެ داود ގެފާނަށް سليمان ގެފާނު ދެއްވީމެވެ. އެއަޅާގެ ރަނގަޅުކަމާއެވެ! ހަމަކަށަވަރުން، އެކަލޭގެފާނީ، ގިނަގިނައިން توبة ވެވަޑައިގަންނަވާ ބޭކަލެކެވެ
ޞާދުޤުރުއާން ފިހުރިސްތު
88އާޔަތް
MeccanRevelation
28އާޔަތް

ތަރުޖަމާ — ޞާދު 28

ސޫރަތު ޞާދު އާޔަތް 28 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ނުވަތަ ބިމުގައި ފަސާދައުފައްދާ މީހުންނެކޭ އެއްފަދައިން، ތިމަންރަސްކަލާނގެ، إيمان ވެ صالح عمل…

ސޫރަތު އާޔަތް 28/88 — ސޫރަތު ޞާދު ص (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު ޞާދު އަޑު އަހާ, ސޫރަތު ޞާދު ތަރުޖަމާ, ސޫރަތު ޞާދު mp3, ސޫރަތު ޞާދު pdf. އާޔަތް 26–30. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers