ޞާދު · 35/88
ތަރުޖަމާ ކިޔެވުން — ސޫރަތު ޞާދު
قَالَ رَبِّ اغْفِرْ لِي وَهَبْ لِي مُلْكًا لَّا يَنبَغِي لِأَحَدٍ مِّن بَعْدِي ۖ إِنَّكَ أَنتَ الْوَهَّابُ ۝٣٥
Qaala Rabbigh fir lee wa hab lee mulkal laa yambaghee li ahadim mim ba`de inaka Antal Wahhab
📖 ދިވެހި މާނަ
އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެވެރިރަސްކަލާކޮ! މިއަޅާޔަށް ފާފަފުއްސަވާނދޭވެ! އަދި މިއަޅާގެ ފަހުން އެކަކަށްވެސް އެކަށީގެންނުވާފަދަ ރަސްކަމެއް މިއަޅާޔަށް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގުނަ نعمة ތައް ދެއްވާ ރަސްކަލާނގެއެވެ

🎧 އަޑު އަހާ


📜 އާޔަތް 33-37 — ސޫރަތު ޞާދު

33رُدُّوهَا عَلَيَّ ۖ فَطَفِقَ مَسْحًا بِالسُّوقِ وَالْأَعْنَاقِ
އެ އަސްތައް އަހުރެންގެ ކައިރިޔަށް އަނބުރައި ގެންނާށެވެ! ދެން އެތަކެތީގެ ކަނދުރާގައި (ކަނޑިން) ޖައްސަވައި (ކަތިލައްވައި) ފައިތައް ބުރިކުރެއްވިއެވެ. (އަދި އެތަކެތިން صدقات ކުރެއްވިއެވެ)
34وَلَقَدْ فَتَنَّا سُلَيْمَانَ وَأَلْقَيْنَا عَلَىٰ كُرْسِيِّهِ جَسَدًا ثُمَّ أَنَابَ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ سليمان ގެފާނު امتحان ކުރެއްވީމެވެ. އަދި އެކަލޭގެފާނުގެ تخت ގެ މައްޗަށް ހަށިގަނޑެއް އެއްލެވީމެވެ. ދެން އެކަލޭގެފާނު (توبة ވެވަޑައިގެން) އެނބުރި رجوع ވެވަޑައިގަތެވެ
35قَالَ رَبِّ اغْفِرْ لِي وَهَبْ لِي مُلْكًا لَّا يَنبَغِي لِأَحَدٍ مِّن بَعْدِي ۖ إِنَّكَ أَنتَ الْوَهَّابُ
އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެވެރިރަސްކަލާކޮ! މިއަޅާޔަށް ފާފަފުއްސަވާނދޭވެ! އަދި މިއަޅާގެ ފަހުން އެކަކަށްވެސް އެކަށީގެންނުވާފަދަ ރަސްކަމެއް މިއަޅާޔަށް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގުނަ نعمة ތައް ދެއްވާ ރަސްކަލާނގެއެވެ
36فَسَخَّرْنَا لَهُ الرِّيحَ تَجْرِي بِأَمْرِهِ رُخَاءً حَيْثُ أَصَابَ
ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ވައި خدمة ތެރިކޮށްދެއްވީމެވެ. އެކަލޭގެފާނުގެ أمر ފުޅަށް، އެކަލޭގެފާނު އެދިވަޑައިގަތް ކޮންމެތަނަކަށް މައިތިރިކަމާއެކު، އެވައި ހިނގައިދެއެވެ
37وَالشَّيَاطِينَ كُلَّ بَنَّاءٍ وَغَوَّاصٍ
އަދި ޖިންނި شيطان ން، އެކަލޭގެފާނަށް خدمة ތެރިކޮށް ދެއްވީމެވެ. އޭގެތެރޭގައި (ބޮޑެތި) ބިނާތައްހަދާ ބަޔަކާއި (ކަނޑުގެ އަޑިޔަށް) ފީނާބަޔަކުވެއެވެ
ޞާދުޤުރުއާން ފިހުރިސްތު
88އާޔަތް
MeccanRevelation
35އާޔަތް

ތަރުޖަމާ — ޞާދު 35

ސޫރަތު ޞާދު އާޔަތް 35 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެވެރިރަސްކަލާކޮ! މިއަޅާޔަށް ފާފަފުއްސަވާނދޭވެ! އަދި މިއަޅާގެ ފަހުން އެކަކަށްވެސް އެކަށީގެންނުވާފަދަ…

ސޫރަތު އާޔަތް 35/88 — ސޫރަތު ޞާދު ص (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު ޞާދު އަޑު އަހާ, ސޫރަތު ޞާދު ތަރުޖަމާ, ސޫރަތު ޞާދު mp3, ސޫރަތު ޞާދު pdf. އާޔަތް 33–37. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers