އައް-ޒުމަރު · 24/75
ތަރުޖަމާ ކިޔެވުން — އައް-ޒުމަރު
أَفَمَن يَتَّقِي بِوَجْهِهِ سُوءَ الْعَذَابِ يَوْمَ الْقِيَامَةِ ۚ وَقِيلَ لِلظَّالِمِينَ ذُوقُوا مَا كُنتُمْ تَكْسِبُونَ ۝٢٤
Afamai yattaqee biwaj hihee sooo`al `azaabi Yawmal Qiyaamah; wa qeela lizzaali meena zooqoo maa kuntum taksiboon
📖 ދިވެހި މާނަ
ފަހެ، قيامة ދުވަހުން، ގަދަފަދަ عذاب އަށް އެމީހެއްގެ މޫނު ކުރިމަތިކުރާމީހަކު (އެދުވަހުން އަމާންކަމާއެކު އަންނަމީހަކާ އެއްފަދަވާނޭ ހެއްޔެވެ؟) އަދި އެދުވަހުން އަނިޔާވެރިންނަށް އަންގަވާނެތެވެ. ތިޔަބައިމީހުން ހޯދައިއުޅުނު عمل ތަކުގެ ރަހަ، ތިޔަބައިމީހުން ލިބިގަންނާށެވެ

🎧 އަޑު އަހާ


📜 އާޔަތް 22-26 — އައް-ޒުމަރު

22أَفَمَن شَرَحَ اللَّهُ صَدْرَهُ لِلْإِسْلَامِ فَهُوَ عَلَىٰ نُورٍ مِّن رَّبِّهِ ۚ فَوَيْلٌ لِّلْقَاسِيَةِ قُلُوبُهُم مِّن ذِكْرِ اللَّهِ ۚ أُولَٰئِكَ فِي ضَلَالٍ مُّبِينٍ
ފަހެ، إسلام دين އަށް އެމީހެއްގެ ހިތް ތަނަވަސްކޮށްދެއްވައި އޭނާގެ ވެރިރަސްކަލާނގެ حضرة ން نور އެއް ލިބިފައިވާމީހަކު (އެނޫންމީހަކާ އެއްފަދަ ހެއްޔެވެ؟) ފަހެ، اللَّه ހަނދާންކުރުން ފިޔަވައި، އެއުރެންގެ ހިތްތައް ހަރުކަށިވެފައިވާ މީހުންނަށް ހަލާކުހުށްޓެވެ. އެއުރެންވަނީ، ފާޅުވެގެންވާ މަގުފުރެދުމެއްގައެވެ
23اللَّهُ نَزَّلَ أَحْسَنَ الْحَدِيثِ كِتَابًا مُّتَشَابِهًا مَّثَانِيَ تَقْشَعِرُّ مِنْهُ جُلُودُ الَّذِينَ يَخْشَوْنَ رَبَّهُمْ ثُمَّ تَلِينُ جُلُودُهُمْ وَقُلُوبُهُمْ إِلَىٰ ذِكْرِ اللَّهِ ۚ ذَٰلِكَ هُدَى اللَّهِ يَهْدِي بِهِ مَن يَشَاءُ ۚ وَمَن يُضْلِلِ اللَّهُ فَمَا لَهُ مِنْ هَادٍ
اللَّه، އެންމެ ރިވެތިބަސްތައް ފޮތެއްގެ ސިފައިގައި ބާވައިލެއްވިއެވެ. (ފުރިހަމަކަމުގައި) އެއްފަދަވެގެންވާ، ތަކުރާރުކޮށް ކިޔެވޭ ފޮތަކަށްވާ حال ގައެވެ. އެ ފޮތް ކިޔެވޭހިނދު، އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާމީހުންގެ ގައިގެހަންތައް ތުރުތުރު އަޅައިގެންދެއެވެ. ދެން އެއުރެންގެ ގައިގެހަންތަކާއި، ހިތްތައް اللَّه ހަނދުމަކުރުމަށް މަޑުމޮޅިވެދެތެވެ. އެއީ اللَّه ގެ ތެދުމަގެވެ. އެކަލާނގެ އިރާދަކުރައްވާމީހަކަށް، އެއިން މަގުދައްކަވަތެވެ. އަދި اللَّه މަގުފުރައްދަވާ މީހަކަށް، ފަހެ ތެދުމަގު ދައްކާނޭ ހަމައެކަކުވެސް ނުވެތެވެ
24أَفَمَن يَتَّقِي بِوَجْهِهِ سُوءَ الْعَذَابِ يَوْمَ الْقِيَامَةِ ۚ وَقِيلَ لِلظَّالِمِينَ ذُوقُوا مَا كُنتُمْ تَكْسِبُونَ
ފަހެ، قيامة ދުވަހުން، ގަދަފަދަ عذاب އަށް އެމީހެއްގެ މޫނު ކުރިމަތިކުރާމީހަކު (އެދުވަހުން އަމާންކަމާއެކު އަންނަމީހަކާ އެއްފަދަވާނޭ ހެއްޔެވެ؟) އަދި އެދުވަހުން އަނިޔާވެރިންނަށް އަންގަވާނެތެވެ. ތިޔަބައިމީހުން ހޯދައިއުޅުނު عمل ތަކުގެ ރަހަ، ތިޔަބައިމީހުން ލިބިގަންނާށެވެ
25كَذَّبَ الَّذِينَ مِن قَبْلِهِمْ فَأَتَاهُمُ الْعَذَابُ مِنْ حَيْثُ لَا يَشْعُرُونَ
އެއުރެންގެ ކުރިން އުޅުނުމީހުންވެސް (رسول ން) ދޮގުކުރޫއެވެ. ފަހެ، އެއުރެން ހީވެސްނުކުރާ ދިމާޔަކުން، އެއުރެންނަށް عذاب އައެވެ
26فَأَذَاقَهُمُ اللَّهُ الْخِزْيَ فِي الْحَيَاةِ الدُّنْيَا ۖ وَلَعَذَابُ الْآخِرَةِ أَكْبَرُ ۚ لَوْ كَانُوا يَعْلَمُونَ
ފަހެ، اللَّه އެއުރެންނަށް ދުނިޔޭގެ حياة ގައި ދެރަކަމާއި، ނިކަމެތިކަމުގެ ރަހަ ދެއްކެވިއެވެ. އަދި ހަމަކަށަވަރުން، آخرة ގެ عذاب މާބޮޑެވެ. އެއުރެންނަށް އެކަން އެނގޭނޭނަމައެވެ
އައް-ޒުމަރުޤުރުއާން ފިހުރިސްތު
75އާޔަތް
MeccanRevelation
24އާޔަތް

ތަރުޖަމާ — އައް-ޒުމަރު 24

ސޫރަތު އައް-ޒުމަރު އާޔަތް 24 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ފަހެ، قيامة ދުވަހުން، ގަދަފަދަ عذاب އަށް އެމީހެއްގެ މޫނު ކުރިމަތިކުރާމީހަކު (އެދުވަހުން…

ސޫރަތު އާޔަތް 24/75 — އައް-ޒުމަރު الزمر (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އައް-ޒުމަރު އަޑު އަހާ, އައް-ޒުމަރު ތަރުޖަމާ, އައް-ޒުމަރު mp3, އައް-ޒުމަރު pdf. އާޔަތް 22–26. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers