އައް-ޒުމަރު · 4/75
ތަރުޖަމާ ކިޔެވުން — ސޫރަތު އައް-ޒުމަރު
لَّوْ أَرَادَ اللَّهُ أَن يَتَّخِذَ وَلَدًا لَّاصْطَفَىٰ مِمَّا يَخْلُقُ مَا يَشَاءُ ۚ سُبْحَانَهُ ۖ هُوَ اللَّهُ الْوَاحِدُ الْقَهَّارُ ۝٤
Law araadal laahu aiyattakhiza waladal lastafaa mimmaa yakhluqu maa yashaaa`; Subhaanahoo Huwal laahul Waahidul Qahhaar
📖 ދިވެހި މާނަ
اللَّه ދަރިކަލަކު ހިއްޕެވުމަށް އިރާދަކުރެއްވިނަމަ، އެކަލާނގެ ހައްދަވާ ތަކެތީގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ އެއްޗެއް خيار ކުރައްވައިފީހެެވެ. އެކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އެކަލާނގެއީ، އެއްކައުވަންތަ، ބާރުވެރިވަންތަ، اللَّه އެވެ

🎧 އަޑު އަހާ


📜 އާޔަތް 2-6 — ސޫރަތު އައް-ޒުމަރު

2إِنَّا أَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ فَاعْبُدِ اللَّهَ مُخْلِصًا لَّهُ الدِّينَ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حق ގޮތުގައި ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. ފަހެ، اللَّه އަށް دين خالص ކުރާ حال، ކަލޭގެފާނު އެކަލާނގެއަށް އަޅުކަން ކުރައްވާށެވެ
3أَلَا لِلَّهِ الدِّينُ الْخَالِصُ ۚ وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَىٰ إِنَّ اللَّهَ يَحْكُمُ بَيْنَهُمْ فِي مَا هُمْ فِيهِ يَخْتَلِفُونَ ۗ إِنَّ اللَّهَ لَا يَهْدِي مَنْ هُوَ كَاذِبٌ كَفَّارٌ
ދަންނާށެވެ! خالص ވެގެންވާ دين ވަނީ اللَّه އަށެވެ. އަދި އެކަލާނގެ ފިޔަވައި އެހީތެރިންތަކެއް ހިފިމީހުން ބުނޫއެވެ. اللَّه ގެ حضرة އަށް ތިމަންމެން ކުއްތަންކޮށްދިނުމަށްމެނުވީ، ތިމަންމެން އެތަކެއްޗަކަށް (އެބަހީ: ބުދުތަކަށް) އަޅުކަމެއް ނުކުރަމުއެވެ. ހަމަކަށަވަރުން، އެއުރެން އެކަމާމެދު خلاف ވެގެންއުޅޭ ކަންތަކާދޭތެރޭގައި اللَّه، އެއުރެންގެ މެދުގައި حكم ކުރައްވާނެތެވެ. ހަމަކަށަވަރުން، ދޮގުހަދާ كافر އަކަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ
4لَّوْ أَرَادَ اللَّهُ أَن يَتَّخِذَ وَلَدًا لَّاصْطَفَىٰ مِمَّا يَخْلُقُ مَا يَشَاءُ ۚ سُبْحَانَهُ ۖ هُوَ اللَّهُ الْوَاحِدُ الْقَهَّارُ
اللَّه ދަރިކަލަކު ހިއްޕެވުމަށް އިރާދަކުރެއްވިނަމަ، އެކަލާނގެ ހައްދަވާ ތަކެތީގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ އެއްޗެއް خيار ކުރައްވައިފީހެެވެ. އެކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އެކަލާނގެއީ، އެއްކައުވަންތަ، ބާރުވެރިވަންތަ، اللَّه އެވެ
5خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ ۖ يُكَوِّرُ اللَّيْلَ عَلَى النَّهَارِ وَيُكَوِّرُ النَّهَارَ عَلَى اللَّيْلِ ۖ وَسَخَّرَ الشَّمْسَ وَالْقَمَرَ ۖ كُلٌّ يَجْرِي لِأَجَلٍ مُّسَمًّى ۗ أَلَا هُوَ الْعَزِيزُ الْغَفَّارُ
އެކަލާނގެ އުޑުތަކާއި، ބިން حق ގޮތުގައި ހެއްދެވިއެވެ. އެކަލާނގެ ދުވާލުގެ މައްޗަށް ރޭގަނޑު އޮޅައިލައްވަތެވެ. އަދި ރޭގަނޑުގެ މައްޗަށް ދުވާލު އޮޅައިލައްވަތެވެ. އަދި އިރާއިހަނދު خدمة ތެރިކުރެއްވިއެވެ. އެއިންކޮންމެ އެއްޗެއްމެ ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގާނެތެވެ. ދަންނާށެވެ! އެކަލާނގެއީ، عزيز ވަންތަ ރަސްކަލާނގެއެވެ. ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ
6خَلَقَكُم مِّن نَّفْسٍ وَاحِدَةٍ ثُمَّ جَعَلَ مِنْهَا زَوْجَهَا وَأَنزَلَ لَكُم مِّنَ الْأَنْعَامِ ثَمَانِيَةَ أَزْوَاجٍ ۚ يَخْلُقُكُمْ فِي بُطُونِ أُمَّهَاتِكُمْ خَلْقًا مِّن بَعْدِ خَلْقٍ فِي ظُلُمَاتٍ ثَلَاثٍ ۚ ذَٰلِكُمُ اللَّهُ رَبُّكُمْ لَهُ الْمُلْكُ ۖ لَا إِلَٰهَ إِلَّا هُوَ ۖ فَأَنَّىٰ تُصْرَفُونَ
އެކަލާނގެ ތިޔަބައިމީހުން ހެއްދެވީ، އެއް نفس އަކުންނެވެ. (އެއީ آدم ގެފާނެވެ.) ދެން އެ نفس ން އެކަލޭގެފާނުގެ އަނބިކަނބަލުން (حوّاء ގެފާނު) ހެއްދެވިއެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، نعم ސޫފީގެ އަންހެން ފިރިހެން އަށެތި އުފެއްދެވިއެވެ. ތިޔަބައިމީހުންގެ މައިންގެ ބަނޑުގައި ތިން އަނދިރިކަމެއްގެ ތެރޭގައި، އެއްއުފެއްދެވުމަކަށްފަހު، އަނެއްއުފެއްދެވުމަކުން، އެކަލާނގެ ތިޔަބައިމީހުން ހައްދަވަތެވެ. އެއީ ތިޔަބައިމީހުންގެ ވެރި اللَّه އެވެ. ވެރިކަންވަނީ އެކަލާނގެއަށެވެ. އެކަލާނގެ ފިޔަވައި إله އަކުނުވެއެވެ. ފަހެ، ތިޔަބައިމީހުން (އެކަލާނގެއަށް އަޅުކަންކުރުން ފިޔަވައިި) އެނބުރިދަނީ ކޮންފަދައަކުން ހެއްޔެވެ؟
އައް-ޒުމަރުޤުރުއާން ފިހުރިސްތު
75އާޔަތް
MeccanRevelation
4އާޔަތް

ތަރުޖަމާ — އައް-ޒުމަރު 4

ސޫރަތު އައް-ޒުމަރު އާޔަތް 4 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : اللَّه ދަރިކަލަކު ހިއްޕެވުމަށް އިރާދަކުރެއްވިނަމަ، އެކަލާނގެ ހައްދަވާ ތަކެތީގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ…

ސޫރަތު އާޔަތް 4/75 — ސޫރަތު އައް-ޒުމަރު الزمر (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އައް-ޒުމަރު އަޑު އަހާ, ސޫރަތު އައް-ޒުމަރު ތަރުޖަމާ, ސޫރަތު އައް-ޒުމަރު mp3, ސޫރަތު އައް-ޒުމަރު pdf. އާޔަތް 2–6. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers