އައް-ޒުމަރު · 50/75
ތަރުޖަމާ ކިޔެވުން — ސޫރަތު އައް-ޒުމަރު
قَدْ قَالَهَا الَّذِينَ مِن قَبْلِهِمْ فَمَا أَغْنَىٰ عَنْهُم مَّا كَانُوا يَكْسِبُونَ ۝٥٠
Qad qaalahul lazeena min qablihim famaaa aghnaa `anhum maa kaanoo yaksiboon
📖 ދިވެހި މާނަ
އެއުރެންގެކުރިން އުޅުނުމީހުންވެސް، ހަމައެފަދައިން ބުނެފައިވެއެވެ. ފަހެ، އެއުރެން ހޯދައިއުޅުނު މަންފާތައް، އެއުރެންނަކަށް އެއްވެސްކަމެއް ފުއްދައެއްނުދިނެވެ

🎧 އަޑު އަހާ


📜 އާޔަތް 48-52 — ސޫރަތު އައް-ޒުމަރު

48وَبَدَا لَهُمْ سَيِّئَاتُ مَا كَسَبُوا وَحَاقَ بِهِم مَّا كَانُوا بِهِ يَسْتَهْزِئُونَ
އެއުރެންހޯދި ނުބައި عمل ތަކުގެ ޖަޒާ އެއުރެންނަށް ފާޅުވާހުށްޓެވެ. އަދި އެއުރެން ފުރައްސާރަކޮށްއުޅުނު ކަންތައްތައް (އެބަހީ: އެކަމުގެ عذاب) އެއުރެން ވަށައިލާހުށްޓެވެ
49فَإِذَا مَسَّ الْإِنسَانَ ضُرٌّ دَعَانَا ثُمَّ إِذَا خَوَّلْنَاهُ نِعْمَةً مِّنَّا قَالَ إِنَّمَا أُوتِيتُهُ عَلَىٰ عِلْمٍ ۚ بَلْ هِيَ فِتْنَةٌ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ
ފަހެ، އިންސާނާއަށް އުނދަގުލެއް ޖެހޭހިނދު، ތިމަންރަސްކަލާނގެއަށް އޭނާ دعاء ކުރެތެވެ. ދެން ތިމަންރަސްކަލާނގެ حضرة ން އޭނާޔަށް نعمة އެއް ދެއްވައިފިނަމަ، އޭނާ ބުނެތެވެ. ތިމަންނައަށް އެ نعمة ލިބިފައިވާކަން ކަށަވަރީ، ތިމަންގެ علم ވެރިކަމުގެ ސަބަބުންނެވެ. އަދި ކިއެއްތަ! އެއީ امتحان އެކެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ
50قَدْ قَالَهَا الَّذِينَ مِن قَبْلِهِمْ فَمَا أَغْنَىٰ عَنْهُم مَّا كَانُوا يَكْسِبُونَ
އެއުރެންގެކުރިން އުޅުނުމީހުންވެސް، ހަމައެފަދައިން ބުނެފައިވެއެވެ. ފަހެ، އެއުރެން ހޯދައިއުޅުނު މަންފާތައް، އެއުރެންނަކަށް އެއްވެސްކަމެއް ފުއްދައެއްނުދިނެވެ
51فَأَصَابَهُمْ سَيِّئَاتُ مَا كَسَبُوا ۚ وَالَّذِينَ ظَلَمُوا مِنْ هَٰؤُلَاءِ سَيُصِيبُهُمْ سَيِّئَاتُ مَا كَسَبُوا وَمَا هُم بِمُعْجِزِينَ
ފަހެ، އެއުރެންހޯދި ނުބައި عمل ތަކުގެ ޖަޒާ، އެއުރެންގެ މައްޗަށް އައިސްޖެހުނެވެ. އަދި މިބައިމީހުންކުރެ (އެބަހީ: مكة ގެ مشرك ންކުރެ) އަނިޔާވެރިވިމީހުންހޯދި ނުބައި عمل ތަކުގެ ޖަޒާ ނިކަންހުރެ، އެއުރެންގެ މައްޗަށް އައިސްޖެހޭނެއެވެ. އަދި (اللَّه) ނުކުޅައްދައި ރެކިގެން ދެވޭނޭބަޔަކު ކަމުގައި އެއުރެން ނުވެތެވެ
52أَوَلَمْ يَعْلَمُوا أَنَّ اللَّهَ يَبْسُطُ الرِّزْقَ لِمَن يَشَاءُ وَيَقْدِرُ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يُؤْمِنُونَ
އަދި ހަމަކަށަވަރުން، اللَّه އެކަލާނގެ އިރާދަކުރައްވާ މީހަކަށް رزق ތަނަވަސްކުރައްވައި، އަދި (އެކަލާނގެ އިރާދަކުރައްވާ މީހަކަށް رزق) ދަތިކުރައްވާކަން އެއުރެން ނުދަންނަނީ ހެއްޔެވެ؟ ހަމަކަށަވަރުން، إيمان ވާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ
އައް-ޒުމަރުޤުރުއާން ފިހުރިސްތު
75އާޔަތް
MeccanRevelation
50އާޔަތް

ތަރުޖަމާ — އައް-ޒުމަރު 50

ސޫރަތު އައް-ޒުމަރު އާޔަތް 50 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެއުރެންގެކުރިން އުޅުނުމީހުންވެސް، ހަމައެފަދައިން ބުނެފައިވެއެވެ. ފަހެ، އެއުރެން ހޯދައިއުޅުނު މަންފާތައް، އެއުރެންނަކަށް އެއްވެސްކަމެއް…

ސޫރަތު އާޔަތް 50/75 — ސޫރަތު އައް-ޒުމަރު الزمر (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އައް-ޒުމަރު އަޑު އަހާ, ސޫރަތު އައް-ޒުމަރު ތަރުޖަމާ, ސޫރަތު އައް-ޒުމަރު mp3, ސޫރަތު އައް-ޒުމަރު pdf. އާޔަތް 48–52. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers