ޣާފިރު · 59/85
ތަރުޖަމާ ކިޔެވުން — ޣާފިރު
إِنَّ السَّاعَةَ لَآتِيَةٌ لَّا رَيْبَ فِيهَا وَلَٰكِنَّ أَكْثَرَ النَّاسِ لَا يُؤْمِنُونَ ۝٥٩
Innas Saa`ata la aatiyatul laa raiba feehaa wa laakinna aksaran naasi laa yu`minoon
📖 ދިވެހި މާނަ
ހަމަކަށަވަރުން، قيامة ގެ ވަގުތަކީ އަންނާނޭ އެއްޗެކެވެ. އެޔާމެދަކު شك އެއްނެތެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިިނަމީހުން إيمان އެއް ނުވެތެވެ
🎧 އަޑު އަހާ

📜 އާޔަތް 57-61 — ޣާފިރު

57لَخَلْقُ السَّمَاوَاتِ وَالْأَرْضِ أَكْبَرُ مِنْ خَلْقِ النَّاسِ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ
ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވުމަކީ، މީސްތަކުން ހެއްދެވުމަށްވުރެ މާބޮޑު ކަމެކެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ
58وَمَا يَسْتَوِي الْأَعْمَىٰ وَالْبَصِيرُ وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَلَا الْمُسِيءُ ۚ قَلِيلًا مَّا تَتَذَكَّرُونَ
އަދި ލޯކަނުމީހާއާއި، ލޮލަށްފެންނަ މީހާއާ، އަދި إيمان ވެ صالح عمل ތައްކުރި މީހުންނާއި، ނުބައިކަންތައްކުރާ މީހާއާ ހަމަހަމައެއް ނުވާނެތެވެ. ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ
59إِنَّ السَّاعَةَ لَآتِيَةٌ لَّا رَيْبَ فِيهَا وَلَٰكِنَّ أَكْثَرَ النَّاسِ لَا يُؤْمِنُونَ
ހަމަކަށަވަރުން، قيامة ގެ ވަގުތަކީ އަންނާނޭ އެއްޗެކެވެ. އެޔާމެދަކު شك އެއްނެތެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިިނަމީހުން إيمان އެއް ނުވެތެވެ
60وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ
އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاء ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (دعاء ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ حال، އެއުރެން ނަރަކަޔަށް ވަންނާނެތެވެ
61اللَّهُ الَّذِي جَعَلَ لَكُمُ اللَّيْلَ لِتَسْكُنُوا فِيهِ وَالنَّهَارَ مُبْصِرًا ۚ إِنَّ اللَّهَ لَذُو فَضْلٍ عَلَى النَّاسِ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَشْكُرُونَ
اللَّه އީ، ތިޔަބައިމީހުން، އެރޭގަނޑުގައި ހަމަހިމޭންވުމަށް، ތިޔަބައިމީހުންނަށްޓަކައި ރޭގަނޑު ލެއްވި ރަސްކަލާނގެއެވެ. އަދި (ތިޔަބައިމީހުން ދިރިއުޅުމުގެ މަސައްކަތްކުރުމަށް) ދުވާލު އަލިކޮށްދެއްވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، اللَّه އީ، މީސްތަކުންގެ މައްޗަށް فضل ވަންތަވެރި ރަސްކަލާނގެކަން ކަށަވަރެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން شكر އެއް ނުކުރެތެވެ
ޣާފިރުޤުރުއާން ފިހުރިސްތު
85އާޔަތް
MeccanRevelation
59އާޔަތް

ތަރުޖަމާ — ޣާފިރު 59

ސޫރަތު ޣާފިރު އާޔަތް 59 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ހަމަކަށަވަރުން، قيامة ގެ ވަގުތަކީ އަންނާނޭ އެއްޗެކެވެ. އެޔާމެދަކު شك އެއްނެތެވެ. އެހެނެއްކަމަކު،…

ސޫރަތު އާޔަތް 59/85 — ޣާފިރު غافر (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ޣާފިރު އަޑު އަހާ, ޣާފިރު ތަރުޖަމާ, ޣާފިރު mp3, ޣާފިރު pdf. އާޔަތް 57–61. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers