ޣާފިރު · 58/85
ތަރުޖަމާ ކިޔެވުން — ޣާފިރު
وَمَا يَسْتَوِي الْأَعْمَىٰ وَالْبَصِيرُ وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَلَا الْمُسِيءُ ۚ قَلِيلًا مَّا تَتَذَكَّرُونَ ۝٥٨
Wa maa yastawil a`maa walbaseeru wallazeena aamanoo wa `amilus saalihaati wa lal museee`; qaleelam maa tatazakkaroon
📖 ދިވެހި މާނަ
އަދި ލޯކަނުމީހާއާއި، ލޮލަށްފެންނަ މީހާއާ، އަދި إيمان ވެ صالح عمل ތައްކުރި މީހުންނާއި، ނުބައިކަންތައްކުރާ މީހާއާ ހަމަހަމައެއް ނުވާނެތެވެ. ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ
🎧 އަޑު އަހާ

📜 އާޔަތް 56-60 — ޣާފިރު

56إِنَّ الَّذِينَ يُجَادِلُونَ فِي آيَاتِ اللَّهِ بِغَيْرِ سُلْطَانٍ أَتَاهُمْ ۙ إِن فِي صُدُورِهِمْ إِلَّا كِبْرٌ مَّا هُم بِبَالِغِيهِ ۚ فَاسْتَعِذْ بِاللَّهِ ۖ إِنَّهُ هُوَ السَّمِيعُ الْبَصِيرُ
ހަމަކަށަވަރުން، اللَّه ގެ آية ތަކާމެދުގައި، އެއުރެންނަށް ލިބިފައވާ އެއްވެސް ދަލީލަކާނުލައި ޖަދަލުކުރާ މީހުން (ދަންނާށެވެ!) އެއުރެންގެ ހިތްތަކުގައި ބޮޑާކަމެއް މެނުވީ ނުވެތެވެ. އެއުރެންއެދޭ ކަންތަކަކަށް އެއުރެން ނުފޯރާނެއެވެ. ފަހެ، ކަލޭގެފާނު اللَّه ގެ ރައްކާތެރިކަމަށް އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ
57لَخَلْقُ السَّمَاوَاتِ وَالْأَرْضِ أَكْبَرُ مِنْ خَلْقِ النَّاسِ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ
ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވުމަކީ، މީސްތަކުން ހެއްދެވުމަށްވުރެ މާބޮޑު ކަމެކެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ
58وَمَا يَسْتَوِي الْأَعْمَىٰ وَالْبَصِيرُ وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَلَا الْمُسِيءُ ۚ قَلِيلًا مَّا تَتَذَكَّرُونَ
އަދި ލޯކަނުމީހާއާއި، ލޮލަށްފެންނަ މީހާއާ، އަދި إيمان ވެ صالح عمل ތައްކުރި މީހުންނާއި، ނުބައިކަންތައްކުރާ މީހާއާ ހަމަހަމައެއް ނުވާނެތެވެ. ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ
59إِنَّ السَّاعَةَ لَآتِيَةٌ لَّا رَيْبَ فِيهَا وَلَٰكِنَّ أَكْثَرَ النَّاسِ لَا يُؤْمِنُونَ
ހަމަކަށަވަރުން، قيامة ގެ ވަގުތަކީ އަންނާނޭ އެއްޗެކެވެ. އެޔާމެދަކު شك އެއްނެތެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިިނަމީހުން إيمان އެއް ނުވެތެވެ
60وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ
އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاء ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (دعاء ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ حال، އެއުރެން ނަރަކަޔަށް ވަންނާނެތެވެ
ޣާފިރުޤުރުއާން ފިހުރިސްތު
85އާޔަތް
MeccanRevelation
58އާޔަތް

ތަރުޖަމާ — ޣާފިރު 58

ސޫރަތު ޣާފިރު އާޔަތް 58 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި ލޯކަނުމީހާއާއި، ލޮލަށްފެންނަ މީހާއާ، އަދި إيمان ވެ صالح عمل ތައްކުރި…

ސޫރަތު އާޔަތް 58/85 — ޣާފިރު غافر (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ޣާފިރު އަޑު އަހާ, ޣާފިރު ތަރުޖަމާ, ޣާފިރު mp3, ޣާފިރު pdf. އާޔަތް 56–60. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers