ޣާފިރު · 83/85
ތަރުޖަމާ ކިޔެވުން — ސޫރަތު ޣާފިރު
فَلَمَّا جَاءَتْهُمْ رُسُلُهُم بِالْبَيِّنَاتِ فَرِحُوا بِمَا عِندَهُم مِّنَ الْعِلْمِ وَحَاقَ بِهِم مَّا كَانُوا بِهِ يَسْتَهْزِئُونَ ۝٨٣
Falammaa jaaa`at hum Rusuluhum bilbaiyinaati farihoo bimaa `indahum minal `ilmi wa haaqa bihim maa kaanoo bihee yastahzi`oon
📖 ދިވެހި މާނަ
ފަހެ، އެއުރެންގެ رسول ން ފާޅުވެގެންވާ ހެކިތަކާއިގެން އެއުރެންގެގާތަށް ވަޑައިގަތްހިނދު، އެއުރެންގެ ގާތުގައިވާ (ދުނިޔޭގެ) علم އަށްޓަކައި، އެއުރެން އުފާކުރޫއެވެ. އަދި އެއުރެން ފުރައްސާރަކޮށްއުޅުނު ކަންތައްއައިސް އެއުރެން ވަށައިލިއެވެ

🎧 އަޑު އަހާ


📜 އާޔަތް 81-85 — ސޫރަތު ޣާފިރު

81وَيُرِيكُمْ آيَاتِهِ فَأَيَّ آيَاتِ اللَّهِ تُنكِرُونَ
އަދި އެކަލާނގެ ތިޔަބައިމީހުންނަށް، އެކަލާނގެ آية ތައް ދައްކަވަތެވެ. ފަހެ، اللَّه ގެ آية ތަކުގެ ތެރެއިން ތިޔަބައިމީހުން އިންކާރުކުރަނީ ކޮންآية އަކަށް ހެއްޔެވެ؟
82أَفَلَمْ يَسِيرُوا فِي الْأَرْضِ فَيَنظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ مِن قَبْلِهِمْ ۚ كَانُوا أَكْثَرَ مِنْهُمْ وَأَشَدَّ قُوَّةً وَآثَارًا فِي الْأَرْضِ فَمَا أَغْنَىٰ عَنْهُم مَّا كَانُوا يَكْسِبُونَ
ފަހެ، އެއުރެން ބިމުގައި ދަތުރުފަތުރުކޮށް، އެއުރެންގެ ކުރިން އުޅުނުމީހުންގެ ނިމުންވީ ކޮންފަދައަކުންކަން، ފަހެ، އެއުރެން ނުބަލަނީހެއްޔެވެ؟ އެއުރެންނަށްވުރެ عدد ގިނަ، އަދި ބާރުގަދަ، އަދި ބިމުގައި އެއުރެންގެ أثر ތައް ވަރުގަދަ ބަޔަކުކަމުގައި އެއުރެން (އެބަހީ، ކުރިންއުޅުނުމީހުން) ވޫއެވެ. ފަހެ، އެއުރެން ހޯދައިއުޅުނު ތަކެތި އެއުރެންނަކަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ
83فَلَمَّا جَاءَتْهُمْ رُسُلُهُم بِالْبَيِّنَاتِ فَرِحُوا بِمَا عِندَهُم مِّنَ الْعِلْمِ وَحَاقَ بِهِم مَّا كَانُوا بِهِ يَسْتَهْزِئُونَ
ފަހެ، އެއުރެންގެ رسول ން ފާޅުވެގެންވާ ހެކިތަކާއިގެން އެއުރެންގެގާތަށް ވަޑައިގަތްހިނދު، އެއުރެންގެ ގާތުގައިވާ (ދުނިޔޭގެ) علم އަށްޓަކައި، އެއުރެން އުފާކުރޫއެވެ. އަދި އެއުރެން ފުރައްސާރަކޮށްއުޅުނު ކަންތައްއައިސް އެއުރެން ވަށައިލިއެވެ
84فَلَمَّا رَأَوْا بَأْسَنَا قَالُوا آمَنَّا بِاللَّهِ وَحْدَهُ وَكَفَرْنَا بِمَا كُنَّا بِهِ مُشْرِكِينَ
ފަހެ، ތިމަންރަސްކަލާނގެ عذاب، އެއުރެންނަށް ފެނުނުހިނދު އެއުރެން ބުނޫއެވެ. ހަމައެކަނި، اللَّه އަށް ތިމަންމެން إيمان ވެއްޖައީމުއެވެ. އަދި ތިމަންމެން شريك ކޮށް އުޅުނު ތަކެއްޗަށް كافر ވެއްޖައީމުއެވެ
85فَلَمْ يَكُ يَنفَعُهُمْ إِيمَانُهُمْ لَمَّا رَأَوْا بَأْسَنَا ۖ سُنَّتَ اللَّهِ الَّتِي قَدْ خَلَتْ فِي عِبَادِهِ ۖ وَخَسِرَ هُنَالِكَ الْكَافِرُونَ
ފަހެ، ތިމަންރަސްކަލާނގެ عذاب އެއުރެންނަށް ފެނުނުހިނދު، އެއުރެންވީ إيمان ން އެއުރެންނަށް މަންފާއެއް ކުރާނެކަމުގައި ނުވެތެވެ. (އެއީ) اللَّه، އެކަލާނގެ އަޅުތަކުންނާމެދު ކަންހިންގަވާފައިވާގޮތެވެ. އަދި އެތާނގައި كافر ވިމީހުން ގެއްލި ހަލާކުވެއްޖައޫއެވެ
ޣާފިރުޤުރުއާން ފިހުރިސްތު
85އާޔަތް
MeccanRevelation
83އާޔަތް

ތަރުޖަމާ — ޣާފިރު 83

ސޫރަތު ޣާފިރު އާޔަތް 83 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ފަހެ، އެއުރެންގެ رسول ން ފާޅުވެގެންވާ ހެކިތަކާއިގެން އެއުރެންގެގާތަށް ވަޑައިގަތްހިނދު، އެއުރެންގެ ގާތުގައިވާ…

ސޫރަތު އާޔަތް 83/85 — ސޫރަތު ޣާފިރު غافر (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު ޣާފިރު އަޑު އަހާ, ސޫރަތު ޣާފިރު ތަރުޖަމާ, ސޫރަތު ޣާފިރު mp3, ސޫރަތު ޣާފިރު pdf. އާޔަތް 81–85. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers