ފުއްޞިލަތް · 51/54
ތަރުޖަމާ ކިޔެވުން — ފުއްޞިލަތް
وَإِذَا أَنْعَمْنَا عَلَى الْإِنسَانِ أَعْرَضَ وَنَأَىٰ بِجَانِبِهِ وَإِذَا مَسَّهُ الشَّرُّ فَذُو دُعَاءٍ عَرِيضٍ ۝٥١
Wa izaaa an`amnaa `alal insaani a`rada wa na-aa bijaani bihee wa izaa massahush sharru fazoo du`aaa`in `areed
📖 ދިވެހި މާނަ
އަދި އިންސާނާއަށް ތިމަންރަސްކަލާނގެ نعمة ދެއްވައިފިނަމަ، އަނެއްފަރާތަށް އެނބުރި ބޮޑާވެގަނެތެވެ. އަދި އޭނާއަށް، ނުބައިކަމެއް ޖެހިއްޖެނަމަ، ފަހެ، دعاء ކުރުން ގިނަމީހަކަށް އޭނާ ވެދެތެވެ
🎧 އަޑު އަހާ

📜 އާޔަތް 49-53 — ފުއްޞިލަތް

49لَّا يَسْأَمُ الْإِنسَانُ مِن دُعَاءِ الْخَيْرِ وَإِن مَّسَّهُ الشَّرُّ فَيَئُوسٌ قَنُوطٌ
ހެޔޮކަންތަކަށް دعاء ކުރުމަކަށް އިންސާނާ ފޫއްސެއް ނުވާނެތެވެ. އަދި އޭނާއަށް ނުބައިކަމެއް ޖެހިއްޖެނަމަ، ފަހެ، އުންމީދުކެނޑި، ހިތްމަރުވެފައިވާ މީހަކަށް އޭނާ ވެދެތެވެ
50وَلَئِنْ أَذَقْنَاهُ رَحْمَةً مِّنَّا مِن بَعْدِ ضَرَّاءَ مَسَّتْهُ لَيَقُولَنَّ هَٰذَا لِي وَمَا أَظُنُّ السَّاعَةَ قَائِمَةً وَلَئِن رُّجِعْتُ إِلَىٰ رَبِّي إِنَّ لِي عِندَهُ لَلْحُسْنَىٰ ۚ فَلَنُنَبِّئَنَّ الَّذِينَ كَفَرُوا بِمَا عَمِلُوا وَلَنُذِيقَنَّهُم مِّنْ عَذَابٍ غَلِيظٍ
އަދި ހަމަކަށަވަރުން، އެ އިންސާނާއަށް ދަތި حال އެއް ޖެހިއްޖައުމަށްފަހު، ތިމަންރަސްކަލާނގެ حضرة ން رحمة އެއްގެ ރަހަ އޭނާއަށް ދައްކަވައިފިނަމަ، މިއީ ތިމަންނާއަށްހުރި ތަކެއްޗޭ ބުނާނެކަން ކަށަވަރެވެ. އަދި قيامة ވާނެކަމަކަށް ތިމަންނާ ހީއެއްނުކުރަމެވެ. އަދި ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ حضرة އަށް ތިމަން رجوع ކުރެއްވިއަސް ހަމަކަށަވަރުން އެކަލާނގެ حضرة ގައި ތިމަންނައަށްހުރީ ހެޔޮކަމެވެ. ފަހެ، ހަމަކަށަވަރުން، كافر ވިމީހުންނަށް ތިމަންރަސްކަލާނގެ އެއުރެންކުރި عمل ތަކުގެ خبر އަންގަވާހުށީމެވެ. އަދި ހަމަކަށަވަރުން، ގަދަފަދަވެގެންވާ عذاب އަކުން އެއުރެންނަށް ތިމަންރަސްކަލާނގެ عذاب ގެ ރަހަ ދައްކަވާހުށީމެވެ
51وَإِذَا أَنْعَمْنَا عَلَى الْإِنسَانِ أَعْرَضَ وَنَأَىٰ بِجَانِبِهِ وَإِذَا مَسَّهُ الشَّرُّ فَذُو دُعَاءٍ عَرِيضٍ
އަދި އިންސާނާއަށް ތިމަންރަސްކަލާނގެ نعمة ދެއްވައިފިނަމަ، އަނެއްފަރާތަށް އެނބުރި ބޮޑާވެގަނެތެވެ. އަދި އޭނާއަށް، ނުބައިކަމެއް ޖެހިއްޖެނަމަ، ފަހެ، دعاء ކުރުން ގިނަމީހަކަށް އޭނާ ވެދެތެވެ
52قُلْ أَرَأَيْتُمْ إِن كَانَ مِنْ عِندِ اللَّهِ ثُمَّ كَفَرْتُم بِهِ مَنْ أَضَلُّ مِمَّنْ هُوَ فِي شِقَاقٍ بَعِيدٍ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަންބުނެބަލާށެވެ! اللَّه ގެ حضرة ންއައި އެއްޗެއްކަމަށް އެ (قرآن) ވެފައި، ދެން ތިޔަބައިމީހުން އެއަށް كافر ވެއްޖެނަމަ (ތިޔަބައިމީހުންގެ حال ވާނީ ކޮންފަދައަކުން ހެއްޔެވެ؟ حق އާ) ދުރުވެގެންވާ، ދެކޮޅުވެރިކަމެއްގައިވާ މީހަކަށްވުރެ ފުރެދުންބޮޑީ ކާކުހެއްޔެވެ؟
53سَنُرِيهِمْ آيَاتِنَا فِي الْآفَاقِ وَفِي أَنفُسِهِمْ حَتَّىٰ يَتَبَيَّنَ لَهُمْ أَنَّهُ الْحَقُّ ۗ أَوَلَمْ يَكْفِ بِرَبِّكَ أَنَّهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ
އުދަރެސްތަކުގައްޔާއި، އެއުރެންގެ އަމިއްލަ نفس ތަކުގައިވާ، ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް، ތިމަންރަސްކަލާނގެ އެއުރެންނަށް ނިކަންހުރެ ދައްކަވާހުށީމެވެ. އެއީ حق ތެދުކަން އެއުރެންނަށް ބަޔާންވެ އެނގިއްޖައުމަށް ދާނދެނެވެ. ކަލޭގެފާނުންގެ ވެރިރަސްކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ކަލަކުކަމުގައި ނުފުދޭހެއްޔެވެ؟
ފުއްޞިލަތްޤުރުއާން ފިހުރިސްތު
54އާޔަތް
MeccanRevelation
51އާޔަތް

ތަރުޖަމާ — ފުއްޞިލަތް 51

ސޫރަތު ފުއްޞިލަތް އާޔަތް 51 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި އިންސާނާއަށް ތިމަންރަސްކަލާނގެ نعمة ދެއްވައިފިނަމަ، އަނެއްފަރާތަށް އެނބުރި ބޮޑާވެގަނެތެވެ. އަދި އޭނާއަށް،…

ސޫރަތު އާޔަތް 51/54 — ފުއްޞިލަތް فصلت (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ފުއްޞިލަތް އަޑު އަހާ, ފުއްޞިލަތް ތަރުޖަމާ, ފުއްޞިލަތް mp3, ފުއްޞިލަތް pdf. އާޔަތް 49–53. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers