އަލް-އަންޢާމް · 19/165
ތަރުޖަމާ ކިޔެވުން — އަލް-އަންޢާމް
قُلْ أَيُّ شَيْءٍ أَكْبَرُ شَهَادَةً ۖ قُلِ اللَّهُ ۖ شَهِيدٌ بَيْنِي وَبَيْنَكُمْ ۚ وَأُوحِيَ إِلَيَّ هَٰذَا الْقُرْآنُ لِأُنذِرَكُم بِهِ وَمَن بَلَغَ ۚ أَئِنَّكُمْ لَتَشْهَدُونَ أَنَّ مَعَ اللَّهِ آلِهَةً أُخْرَىٰ ۚ قُل لَّا أَشْهَدُ ۚ قُلْ إِنَّمَا هُوَ إِلَٰهٌ وَاحِدٌ وَإِنَّنِي بَرِيءٌ مِّمَّا تُشْرِكُونَ ۝١٩
Qul ayyu shai`in akbaru shahaadatan qulil laahu shaheedum bainee wa bainakum; wa oohiya ilaiya haazal Qur`aanu li unzirakum bihee wa mam balagh; a`innakum latashhadoona anna ma`al laahi aalihatan ukhraa; qul laaa ashhad; qul innamaa Huwa Ilaahunw Waahidunw wa innanee baree`um mimmaa tushrikoon
📖 ދިވެހި މާނަ
ކަލޭގެފާނު ވިދާޅުވާށެވެ! ހެކިބަހެއްގެގޮތުން އެންމެބޮޑީ، ކޮން އެއްޗެއްހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނާއި ތިޔަބައިމީހުންނާ ދެމެދު اللَّه ހެކިވެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަށާއި، އެމީހަކާ ހަމަޔަށް ފޯރިމީހަކަށް އެއިން ތިމަންކަލޭގެފާނު إنذار ކުރެއްވުމަށް ތިމަންކަލޭގެފާނަށް މި قرآن، وحى ކުރެއްވިއެވެ. ހަމަކަށަވަރުން، اللَّه އާއެކުގައި އެހެން إله ންތަކެއް ވާކަމަށް ތިޔަބައިމީހުން ހެކިވަނީ ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު (އެކަމަކަށް) ހެތްކެއް ނުވަމެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ، ހަމަކަށަވަރުން، އެއްކައުވަންތަ ކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންކަލޭގެފާނު ވަނީ، ތިޔަބައިމީހުން شريك ކުރާ ތަކެތިން ބަރީއަވެގެންނެވެ
🎧 އަޑު އަހާ

📜 އާޔަތް 17-21 — އަލް-އަންޢާމް

17وَإِن يَمْسَسْكَ اللَّهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ ۖ وَإِن يَمْسَسْكَ بِخَيْرٍ فَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
އަދި اللَّه، ތިބާޔަށް ގެއްލުމެއް މެދުވެރިކުރައްވާނަމަ، އެކަލާނގެ މެނުވީ އެކަން ފިއްލަވާނެ އެހެންފަރާތެއް ނުވެއެވެ. އަދި އެކަލާނގެ ތިބާޔަށް ހެޔޮގޮތެއް މެދުވެރިކުރައްވާނަމަ، (އެކަން ދުރުކުރާނޭ އެހެންފަރާތެއް ނުވެއެވެ.) ފަހެ، އެކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ
18وَهُوَ الْقَاهِرُ فَوْقَ عِبَادِهِ ۚ وَهُوَ الْحَكِيمُ الْخَبِيرُ
އަދި އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ މައްޗަށް ގަދަވެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ
19قُلْ أَيُّ شَيْءٍ أَكْبَرُ شَهَادَةً ۖ قُلِ اللَّهُ ۖ شَهِيدٌ بَيْنِي وَبَيْنَكُمْ ۚ وَأُوحِيَ إِلَيَّ هَٰذَا الْقُرْآنُ لِأُنذِرَكُم بِهِ وَمَن بَلَغَ ۚ أَئِنَّكُمْ لَتَشْهَدُونَ أَنَّ مَعَ اللَّهِ آلِهَةً أُخْرَىٰ ۚ قُل لَّا أَشْهَدُ ۚ قُلْ إِنَّمَا هُوَ إِلَٰهٌ وَاحِدٌ وَإِنَّنِي بَرِيءٌ مِّمَّا تُشْرِكُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ހެކިބަހެއްގެގޮތުން އެންމެބޮޑީ، ކޮން އެއްޗެއްހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނާއި ތިޔަބައިމީހުންނާ ދެމެދު اللَّه ހެކިވެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަށާއި، އެމީހަކާ ހަމަޔަށް ފޯރިމީހަކަށް އެއިން ތިމަންކަލޭގެފާނު إنذار ކުރެއްވުމަށް ތިމަންކަލޭގެފާނަށް މި قرآن، وحى ކުރެއްވިއެވެ. ހަމަކަށަވަރުން، اللَّه އާއެކުގައި އެހެން إله ންތަކެއް ވާކަމަށް ތިޔަބައިމީހުން ހެކިވަނީ ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު (އެކަމަކަށް) ހެތްކެއް ނުވަމެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ، ހަމަކަށަވަރުން، އެއްކައުވަންތަ ކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންކަލޭގެފާނު ވަނީ، ތިޔަބައިމީހުން شريك ކުރާ ތަކެތިން ބަރީއަވެގެންނެވެ
20الَّذِينَ آتَيْنَاهُمُ الْكِتَابَ يَعْرِفُونَهُ كَمَا يَعْرِفُونَ أَبْنَاءَهُمُ ۘ الَّذِينَ خَسِرُوا أَنفُسَهُمْ فَهُمْ لَا يُؤْمِنُونَ
ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތް ދެއްވި މީހުން، އެއުރެންގެ ދަރިން ދަންނަ ފަދައިން އެއުރެން އެކަލޭގެފާނު (އެބަހީ: محمد ގެފާނު) ދަނެތެވެ. (އެބަހީ: توراة އާއި، إنجيل ގެ أهل ވެރިން، محمد ގެފާނަކީ رسول އަކުކަން ރަނގަޅަށް ދަނެތެވެ.) އެއުރެންގެ نفس ތައް ގެއްލެނި ކުޅަމީހުން (ދަންނާށެވެ!) ފަހެ، އެއުރެން إيمان އެއް ނުވާނެތެވެ
21وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا أَوْ كَذَّبَ بِآيَاتِهِ ۗ إِنَّهُ لَا يُفْلِحُ الظَّالِمُونَ
اللَّه އާމެދު ހަދައިގެން ދޮގުބުނި މީހަކަށްވުރެން ނުވަތަ، އެކަލާނގެ آية ތައް ދޮގުކުޅަ މީހަކަށްވުރެން، އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، އަނިޔާވެރިންނެއް ނުދިނޭނެތެވެ
އަލް-އަންޢާމްޤުރުއާން ފިހުރިސްތު
165އާޔަތް
MeccanRevelation
19އާޔަތް

ތަރުޖަމާ — އަލް-އަންޢާމް 19

ސޫރަތު އަލް-އަންޢާމް އާޔަތް 19 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ކަލޭގެފާނު ވިދާޅުވާށެވެ! ހެކިބަހެއްގެގޮތުން އެންމެބޮޑީ، ކޮން އެއްޗެއްހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނާއި ތިޔަބައިމީހުންނާ…

ސޫރަތު އާޔަތް 19/165 — އަލް-އަންޢާމް الأنعام (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އަންޢާމް އަޑު އަހާ, އަލް-އަންޢާމް ތަރުޖަމާ, އަލް-އަންޢާމް mp3, އަލް-އަންޢާމް pdf. އާޔަތް 17–21. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers