އަލް-އަޢްރާފް · 100/206
ތަރުޖަމާ ކިޔެވުން — އަލް-އަޢްރާފް
أَوَلَمْ يَهْدِ لِلَّذِينَ يَرِثُونَ الْأَرْضَ مِن بَعْدِ أَهْلِهَا أَن لَّوْ نَشَاءُ أَصَبْنَاهُم بِذُنُوبِهِمْ ۚ وَنَطْبَعُ عَلَىٰ قُلُوبِهِمْ فَهُمْ لَا يَسْمَعُونَ ۝١٠٠
Awa lam yahdi lillazeena yarisoonal arda mim ba`di ahlihaaa al law nashaaa`u asabnaahum bizunoobihim; wa natba`u `alaa quloobihim fahum laa yasma`oon
📖 ދިވެހި މާނަ
ބިމުގެ أهل ވެރިންނަށްފަހު، އެ ބިން ވާރުތަވާ މީހުންނަށް ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެއުރެންގެ ފާފަތަކުގެ ސަބަބުން ތިމަންރަސްކަލާނގެ އެއުރެންނަށް عذاب ދެއްވައިފާނެކަމާއި، އެއުރެންނީ، އަޑުނީވޭ ބަޔަކު ކަމުގައި ވާނޭގޮތުން، އެއުރެންގެ ހިތްތަކުގައި ސިއްކަގައްސަވައިފާނޭކަން ނޭނގެނީހެއްޔެވެ؟
🎧 އަޑު އަހާ

📜 އާޔަތް 98-102 — އަލް-އަޢްރާފް

98أَوَأَمِنَ أَهْلُ الْقُرَىٰ أَن يَأْتِيَهُم بَأْسُنَا ضُحًى وَهُمْ يَلْعَبُونَ
ނުވަތަ ރަށްތަކުގެ أهل ވެރިން، އެއުރެން ކުޅެކުޅެތިއްބައި ދުވާލުގެ ضحى ވަގުތުގައި އެއުރެންގެ ގާތަށް ތިމަންރަސްކަލާނގެ ކޯފާގެ عذاب އަތުވެދާނެ ކަމާމެދަކު (ބިރެއްނެތި) أمان ވެ ތިބީހެއްޔެވެ؟
99أَفَأَمِنُوا مَكْرَ اللَّهِ ۚ فَلَا يَأْمَنُ مَكْرَ اللَّهِ إِلَّا الْقَوْمُ الْخَاسِرُونَ
ފަހެ، اللَّه ގެ ރޭއްވެވުމާމެދު އެއުރެން (ބިރެއްނެތި) أمان ވެ ތިބީހެއްޔެވެ؟ ފަހެ، ގެއްލެނިވެގެންވާ މީހުން މެނުވީ، اللَّه ގެ ރޭއްވެވުމާމެދު (ބިރެއްނެތި) أمان ވެގެންނެއް ނުތިބޭނެތެވެ
100أَوَلَمْ يَهْدِ لِلَّذِينَ يَرِثُونَ الْأَرْضَ مِن بَعْدِ أَهْلِهَا أَن لَّوْ نَشَاءُ أَصَبْنَاهُم بِذُنُوبِهِمْ ۚ وَنَطْبَعُ عَلَىٰ قُلُوبِهِمْ فَهُمْ لَا يَسْمَعُونَ
ބިމުގެ أهل ވެރިންނަށްފަހު، އެ ބިން ވާރުތަވާ މީހުންނަށް ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެއުރެންގެ ފާފަތަކުގެ ސަބަބުން ތިމަންރަސްކަލާނގެ އެއުރެންނަށް عذاب ދެއްވައިފާނެކަމާއި، އެއުރެންނީ، އަޑުނީވޭ ބަޔަކު ކަމުގައި ވާނޭގޮތުން، އެއުރެންގެ ހިތްތަކުގައި ސިއްކަގައްސަވައިފާނޭކަން ނޭނގެނީހެއްޔެވެ؟
101تِلْكَ الْقُرَىٰ نَقُصُّ عَلَيْكَ مِنْ أَنبَائِهَا ۚ وَلَقَدْ جَاءَتْهُمْ رُسُلُهُم بِالْبَيِّنَاتِ فَمَا كَانُوا لِيُؤْمِنُوا بِمَا كَذَّبُوا مِن قَبْلُ ۚ كَذَٰلِكَ يَطْبَعُ اللَّهُ عَلَىٰ قُلُوبِ الْكَافِرِينَ
އެއީ ރަށްތަކެވެ. އެ ރަށްތަކުގެ خبر ތައް، ކަލޭގެފާނަށް ތިމަންރަސްކަލާނގެ ކިޔައިދެއްވަމެވެ. ހަމަކަށަވަރުން، އެއުރެންގެ ގާތަށް، ބަޔާންވެގެންވާ ހެކިތަކާއިގެން އެއުރެންގެ رسول ން ވަޑައިގަތެވެ. ފަހެ، އެއުރެން ކުރިން ދޮގުކުޅަ އެއްޗަކަށް إيمان ވާކަށް އެއުރެންނެތެވެ. كافر ންގެ ހިތްތަކުގައި اللَّه ސިއްކަގައްސަވަނީ އެފަދައިންނެވެ
102وَمَا وَجَدْنَا لِأَكْثَرِهِم مِّنْ عَهْدٍ ۖ وَإِن وَجَدْنَا أَكْثَرَهُمْ لَفَاسِقِينَ
އަދި އެއުރެންކުރެ ގިނަމީހުން، އެއްވެސް عهد އެއްގައި (ހިފަހައްޓައިގެން) ވާތީ، ތިމަންރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވަމެވެ. އަދި ހަމަކަށަވަރުން، އެއުރެންކުރެ ގިނަމީހުންނީ، فاسق ން ކަމުގައިވާތީ ތިމަންރަސްކަލާނގެ ދެކެވޮޑިގެންވަމެވެ
އަލް-އަޢްރާފްޤުރުއާން ފިހުރިސްތު
206އާޔަތް
MeccanRevelation
100އާޔަތް

ތަރުޖަމާ — އަލް-އަޢްރާފް 100

ސޫރަތު އަލް-އަޢްރާފް އާޔަތް 100 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ބިމުގެ أهل ވެރިންނަށްފަހު، އެ ބިން ވާރުތަވާ މީހުންނަށް ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެއުރެންގެ…

ސޫރަތު އާޔަތް 100/206 — އަލް-އަޢްރާފް الأعراف (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އަޢްރާފް އަޑު އަހާ, އަލް-އަޢްރާފް ތަރުޖަމާ, އަލް-އަޢްރާފް mp3, އަލް-އަޢްރާފް pdf. އާޔަތް 98–102. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers