އަލް-އަޢްރާފް · 151/206
ތަރުޖަމާ ކިޔެވުން — އަލް-އަޢްރާފް
قَالَ رَبِّ اغْفِرْ لِي وَلِأَخِي وَأَدْخِلْنَا فِي رَحْمَتِكَ ۖ وَأَنتَ أَرْحَمُ الرَّاحِمِينَ ۝١٥١
Qaala Rabbigh fir lee wa li akhee wa adkhilnaa fee rahmatika wa Anta arhamur raahimeen
📖 ދިވެހި މާނަ
އެކަލޭގެފާނު (އެބަހީ: موسى ގެފާނު) ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާއަށާއި، ތިމަންއަޅާގެ أخ އާއަށް ފާފަފުއްސަވާނދޭވެ! އަދި އިބަރަސްކަލާނގެ رحمة ގެ ތެރެޔަށް އަޅަމެން ވައްދަވައިފާނދޭވެ! އިބަރަސްކަލާނގެއީ، رحمة ލައްވާ އެންމެ رحمة ވަންތަ ރަސްކަލާނގެއެވެ

🎧 އަޑު އަހާ


📜 އާޔަތް 149-153 — އަލް-އަޢްރާފް

149وَلَمَّا سُقِطَ فِي أَيْدِيهِمْ وَرَأَوْا أَنَّهُمْ قَدْ ضَلُّوا قَالُوا لَئِن لَّمْ يَرْحَمْنَا رَبُّنَا وَيَغْفِرْ لَنَا لَنَكُونَنَّ مِنَ الْخَاسِرِينَ
އެއުރެން (އެކުޅަ ކަންތަކާމެދު) ދެރަވެ، ހިތާމަލިބި، އަދި އެއުރެންނަށް މަގު އޮޅިއްޖެކަމަށް ފެނުނުހިނދު، އެއުރެން ބުނޫއެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ، ތިމަންމެންނަށް رحمة ނުލެއްވިނަމަ، އަދި ތިމަންމެންނަށް ފާފަފުއްސަވައި ނުދެއްވިނަމަ، ހަމަކަށަވަރުން، ތިމަންމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ
150وَلَمَّا رَجَعَ مُوسَىٰ إِلَىٰ قَوْمِهِ غَضْبَانَ أَسِفًا قَالَ بِئْسَمَا خَلَفْتُمُونِي مِن بَعْدِي ۖ أَعَجِلْتُمْ أَمْرَ رَبِّكُمْ ۖ وَأَلْقَى الْأَلْوَاحَ وَأَخَذَ بِرَأْسِ أَخِيهِ يَجُرُّهُ إِلَيْهِ ۚ قَالَ ابْنَ أُمَّ إِنَّ الْقَوْمَ اسْتَضْعَفُونِي وَكَادُوا يَقْتُلُونَنِي فَلَا تُشْمِتْ بِيَ الْأَعْدَاءَ وَلَا تَجْعَلْنِي مَعَ الْقَوْمِ الظَّالِمِينَ
އަދި موسى ގެފާނު ކޯފާވެ، ހިތާމަކުރައްވާ حال، އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް ވަޑައިގަތްހިނދު، ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ތިޔަބައިމީހުންނާ ވަކިވެގެން ދިއުމަށްފަހު، ތިމަންކަލޭގެފާނުގެ ފަހަތުން ތިޔަބައިމީހުން ކުޅަކަންތަކުގެ ނުބައިކަމާއެވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އަމުރުފުޅު އައުމަށް ތިޔަބައިމީހުން އަވަސްވެގަތީހެއްޔެވެ؟ އަދި އެކަލޭގެފާނު (توراة ގެ) ފިލާތައް އުއްކަވައިލެއްވިއެވެ. އަދި އެކަލޭގެފާނުގެ أخ ގެ އިސްތަށިފުޅުގައި ހިއްޕަވައި އެކަލޭގެފާނުގެ އަރިހަށް ދަންމަވައިގެންނެވިއެވެ. އެކަލޭގެފާނު (އެބަހީ: هارون ގެފާނު) ވިދާޅުވިއެވެ. މަންމަގެ ދަރިކަލުންނޭވެ! ހަމަކަށަވަރުން، قوم ގެމީހުން ތިމަން ނިކަމެތިކޮށްފޫއެވެ. އަދި އެއުރެން ތިމަން قتل ކުރުމާ ގާތްކޮށްފޫއެވެ. ފަހެ، ތިމަންކަލޭގެފާނަށް ލިބިވަޑައިގެންނެވި ދެރަޔަށް عداوة ތެރިން އުފާކުރިޔަ ނުދެއްވާށެވެ! އަދި އަނިޔާވެރިވީ މީހުންނާއެކުގައި، ތިމަން ނުލައްވާށެވެ
151قَالَ رَبِّ اغْفِرْ لِي وَلِأَخِي وَأَدْخِلْنَا فِي رَحْمَتِكَ ۖ وَأَنتَ أَرْحَمُ الرَّاحِمِينَ
އެކަލޭގެފާނު (އެބަހީ: موسى ގެފާނު) ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާއަށާއި، ތިމަންއަޅާގެ أخ އާއަށް ފާފަފުއްސަވާނދޭވެ! އަދި އިބަރަސްކަލާނގެ رحمة ގެ ތެރެޔަށް އަޅަމެން ވައްދަވައިފާނދޭވެ! އިބަރަސްކަލާނގެއީ، رحمة ލައްވާ އެންމެ رحمة ވަންތަ ރަސްކަލާނގެއެވެ
152إِنَّ الَّذِينَ اتَّخَذُوا الْعِجْلَ سَيَنَالُهُمْ غَضَبٌ مِّن رَّبِّهِمْ وَذِلَّةٌ فِي الْحَيَاةِ الدُّنْيَا ۚ وَكَذَٰلِكَ نَجْزِي الْمُفْتَرِينَ
ހަމަކަށަވަރުން، ގެރިޔަކީ، إله އެއްކަމުގައި ހަދައިގެން އުޅުނުމީހުންނަށް، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން ކޯފާއާއި، ދުނިޔޭގެ ދިރިއުޅުމުގައި ނިކަމެތިކަން ލިބޭހުށްޓެވެ. އަދި ދޮގު އުފައްދާ މީހުންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ
153وَالَّذِينَ عَمِلُوا السَّيِّئَاتِ ثُمَّ تَابُوا مِن بَعْدِهَا وَآمَنُوا إِنَّ رَبَّكَ مِن بَعْدِهَا لَغَفُورٌ رَّحِيمٌ
އަދި ނުބައިކަންތައްކޮށް ދެން އެއަށްފަހު، توبة ވެ، إيمان ވި މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އޭގެފަހުންވެސް ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ
އަލް-އަޢްރާފްޤުރުއާން ފިހުރިސްތު
206އާޔަތް
MeccanRevelation
151އާޔަތް

ތަރުޖަމާ — އަލް-އަޢްރާފް 151

ސޫރަތު އަލް-އަޢްރާފް އާޔަތް 151 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެކަލޭގެފާނު (އެބަހީ: موسى ގެފާނު) ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާއަށާއި، ތިމަންއަޅާގެ أخ…

ސޫރަތު އާޔަތް 151/206 — އަލް-އަޢްރާފް الأعراف (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އަޢްރާފް އަޑު އަހާ, އަލް-އަޢްރާފް ތަރުޖަމާ, އަލް-އަޢްރާފް mp3, އަލް-އަޢްރާފް pdf. އާޔަތް 149–153. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers