އަލް-އަޢްރާފް · 164/206
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-އަޢްރާފް
وَإِذْ قَالَتْ أُمَّةٌ مِّنْهُمْ لِمَ تَعِظُونَ قَوْمًا ۙ اللَّهُ مُهْلِكُهُمْ أَوْ مُعَذِّبُهُمْ عَذَابًا شَدِيدًا ۖ قَالُوا مَعْذِرَةً إِلَىٰ رَبِّكُمْ وَلَعَلَّهُمْ يَتَّقُونَ ۝١٦٤
Wa iz qaalat ummatum minhum lima ta`izoona qaw manil laahu muhlikuhum aw mu`azzibuhum `azaaban shadeedan qaaloo ma`ziratan ilaa Rabbikum wa la`allahum tattaqoon
📖 ދިވެހި މާނަ
އޭގެތެރެއިން އެއްބަޔަކު ބުނިހިނދެވެ. اللَّه، އެބަޔަކު ހަލާކު ކުރައްވަން، ނުވަތަ ގަދަވެގެންވާ عذاب އަކުން عذاب ދެއްވަންވެފައިވާ ބަޔަކަށް، ތިޔަބައިމީހުން وعظ އިއްވަނީ ކީއްވެގެން ހެއްޔެވެ؟ އެއުރެން ބުނޫއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށް عذر ހުށަހެޅުމުގެ ގޮތުންނެވެ. އަދި އެއުރެން تقوى ވެރި ވުމަށްޓަކައެވެ

🎧 އަޑު އަހާ


📜 އާޔަތް 162-166 — ސޫރަތު އަލް-އަޢްރާފް

162فَبَدَّلَ الَّذِينَ ظَلَمُوا مِنْهُمْ قَوْلًا غَيْرَ الَّذِي قِيلَ لَهُمْ فَأَرْسَلْنَا عَلَيْهِمْ رِجْزًا مِّنَ السَّمَاءِ بِمَا كَانُوا يَظْلِمُونَ
ދެން އޭގެތެރެއިން އަނިޔާވެރިވި މީހުން، އެއުރެންނަށް ކިޔާށޭ އެންގެވި ބަސް، އެނޫންބަހަކަށް ބަދަލުކޮށްފޫއެވެ. ދެން އެއުރެން އަނިޔާވެރިވެ އުޅުނުކަމުގެ ސަބަބުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް އުޑުން عذاب އެއް ފޮނުއްވީމެވެ
163وَاسْأَلْهُمْ عَنِ الْقَرْيَةِ الَّتِي كَانَتْ حَاضِرَةَ الْبَحْرِ إِذْ يَعْدُونَ فِي السَّبْتِ إِذْ تَأْتِيهِمْ حِيتَانُهُمْ يَوْمَ سَبْتِهِمْ شُرَّعًا وَيَوْمَ لَا يَسْبِتُونَ ۙ لَا تَأْتِيهِمْ ۚ كَذَٰلِكَ نَبْلُوهُم بِمَا كَانُوا يَفْسُقُونَ
އަދި ކަނޑުގެ އައްސޭރީގައިއޮތް ރަށާމެދު، ކަލޭގެފާނު އެއުރެންނާ سؤال ކުރައްވާށެވެ! (އެއީ) ހޮނިހިރާމެދު އެއުރެން عداوة ތެރިވަމުންދިޔަ ހިނދެވެ. އެއުރެންގެ މަސްތައް، އެއުރެންގެ ހޮނިހިރުދުވަހު ފާޅުވެ، ފެނިގެން އެއުރެންނާ ހަމަޔަށް އަންނަހިނދެވެ. އަދި އެއުރެން ހޮނިހިރު ނުކުރާދުވަހު، އެ މަސްތައް އެއުރެންނާ ހަމަޔަކަށް ނާދެއެވެ. އެފަދައިން ތިމަންރަސްކަލާނގެ އެއުރެން امتحان ކުރައްވަމެވެ. (އެއީ) އެއުރެން فاسق ވެ އުޅުނުކަމަށްޓަކައެވެ
164وَإِذْ قَالَتْ أُمَّةٌ مِّنْهُمْ لِمَ تَعِظُونَ قَوْمًا ۙ اللَّهُ مُهْلِكُهُمْ أَوْ مُعَذِّبُهُمْ عَذَابًا شَدِيدًا ۖ قَالُوا مَعْذِرَةً إِلَىٰ رَبِّكُمْ وَلَعَلَّهُمْ يَتَّقُونَ
އޭގެތެރެއިން އެއްބަޔަކު ބުނިހިނދެވެ. اللَّه، އެބަޔަކު ހަލާކު ކުރައްވަން، ނުވަތަ ގަދަވެގެންވާ عذاب އަކުން عذاب ދެއްވަންވެފައިވާ ބަޔަކަށް، ތިޔަބައިމީހުން وعظ އިއްވަނީ ކީއްވެގެން ހެއްޔެވެ؟ އެއުރެން ބުނޫއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށް عذر ހުށަހެޅުމުގެ ގޮތުންނެވެ. އަދި އެއުރެން تقوى ވެރި ވުމަށްޓަކައެވެ
165فَلَمَّا نَسُوا مَا ذُكِّرُوا بِهِ أَنجَيْنَا الَّذِينَ يَنْهَوْنَ عَنِ السُّوءِ وَأَخَذْنَا الَّذِينَ ظَلَمُوا بِعَذَابٍ بَئِيسٍ بِمَا كَانُوا يَفْسُقُونَ
ފަހެ، އެއުރެންނަށް ހަނދުމަކޮށްދެއްވި ކަންތައް އެއުރެން ހަނދާންނައްތައިލި ހިނދު، ނުބައިކަންތައް ނަހީކޮށް އުޅޭމީހުން، ތިމަންރަސްކަލާނގެ މިންޖުކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ގަދަފަދަވެގެންވާ عذاب އަކުން އަނިޔާވެރިވީ މީހުން ހިއްޕެވީމެވެ. (އެއީ) އެއުރެން فاسق ވެ އުޅުނުކަމަށްޓަކައެވެ
166فَلَمَّا عَتَوْا عَن مَّا نُهُوا عَنْهُ قُلْنَا لَهُمْ كُونُوا قِرَدَةً خَاسِئِينَ
ފަހެ، އެއުރެންނަށް ނަހީކުރެއްވި ކަންތަކާމެދު، އެއުރެން ބޮޑާވެގަތްހިނދު، ތިމަންރަސްކަލާނގެ އެއުރެންނަށް وحى ކުރެއްވީމެވެ. ދެރަވެ، ނިކަމެތިވެގެންވާ ރާމާމަކުނުތަކެއް ކަމުގައި ތިޔަބައިމީހުންވާށެވެ
އަލް-އަޢްރާފްޤުރުއާން ފިހުރިސްތު
206އާޔަތް
MeccanRevelation
164އާޔަތް

ތަރުޖަމާ — އަލް-އަޢްރާފް 164

ސޫރަތު އަލް-އަޢްރާފް އާޔަތް 164 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އޭގެތެރެއިން އެއްބަޔަކު ބުނިހިނދެވެ. اللَّه، އެބަޔަކު ހަލާކު ކުރައްވަން، ނުވަތަ ގަދަވެގެންވާ عذاب…

ސޫރަތު އާޔަތް 164/206 — ސޫރަތު އަލް-އަޢްރާފް الأعراف (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-އަޢްރާފް އަޑު އަހާ, ސޫރަތު އަލް-އަޢްރާފް ތަރުޖަމާ, ސޫރަތު އަލް-އަޢްރާފް mp3, ސޫރަތު އަލް-އަޢްރާފް pdf. އާޔަތް 162–166. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers