އަލް-އަޢްރާފް · 29/206
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-އަޢްރާފް
قُلْ أَمَرَ رَبِّي بِالْقِسْطِ ۖ وَأَقِيمُوا وُجُوهَكُمْ عِندَ كُلِّ مَسْجِدٍ وَادْعُوهُ مُخْلِصِينَ لَهُ الدِّينَ ۚ كَمَا بَدَأَكُمْ تَعُودُونَ ۝٢٩
Qul amara Rabbee bilqisti wa aqeemoo wujoohakum `inda kulli masjidin wad`oohu mukhliseena lahud deen; kamaa bada akum ta`oodoon
📖 ދިވެހި މާނަ
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ أمر ކުރެއްވީ عدل ވެރިވުމަށެވެ. އަދި ތިޔަބައިމީހުން ނަމާދުކުރާ ކޮންމެ ހިނދަކު، ތިޔަބައިމީހުންގެ މޫނުތައް (قبلة އަށް) ސީދާ ކުރާށެވެ! އަދި ތިޔަބައިމީހުން، އެކަލާނގެއަށް އަޅުކަން خالص ކުރާ حال، އެކަލާނގެއަށް އަޅުކަންކޮށް دعاء ކުރާށެވެ! އެކަލާނގެ ތިޔަބައިމީހުން ފުރަތަމަ އުފެއްދެވި ފަދައިން، ތިޔަބައިމީހުން އަލުން އެނބުރި އަންނަހުށްޓެވެ

🎧 އަޑު އަހާ


📜 އާޔަތް 27-31 — ސޫރަތު އަލް-އަޢްރާފް

27يَا بَنِي آدَمَ لَا يَفْتِنَنَّكُمُ الشَّيْطَانُ كَمَا أَخْرَجَ أَبَوَيْكُم مِّنَ الْجَنَّةِ يَنزِعُ عَنْهُمَا لِبَاسَهُمَا لِيُرِيَهُمَا سَوْآتِهِمَا ۗ إِنَّهُ يَرَاكُمْ هُوَ وَقَبِيلُهُ مِنْ حَيْثُ لَا تَرَوْنَهُمْ ۗ إِنَّا جَعَلْنَا الشَّيَاطِينَ أَوْلِيَاءَ لِلَّذِينَ لَا يُؤْمِنُونَ
އޭ آدم ގެދަރިންނޭވެ! ތިޔަބައިމީހުންގެ މައިންބަފައިން ކަމުގައިވި (آدم ގެފާނާއި حوّاء ގެފާނާއި) ދެކަނބަލުންގެ عورة އެ ދެކަނބަލުންނަށް ދެއްކުމަށްޓަކައި، އެ ދެކަނބަލުންގެ ފޭރާން ބާލައި، އެ ދެކަނބަލުން ސުވަރުގެއިން ނެރެލިފަދައިން، شيطان އާ ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެ شيطان ން ނުފެންނަހިނދުގައި، އެ شيطان އާއާއި، އޭނާގެ لشكر އަށް ތިޔަބައިމީހުން ފެނެއެވެ. ހަމަކަށަވަރުން، إيمان ނުވާ މީހުންނަށް، ވާގިވެރިވާ ބަޔަކު ކަމުގައި، ތިމަންރަސްކަލާނގެ شيطان ން ލެއްވީމެވެ
28وَإِذَا فَعَلُوا فَاحِشَةً قَالُوا وَجَدْنَا عَلَيْهَا آبَاءَنَا وَاللَّهُ أَمَرَنَا بِهَا ۗ قُلْ إِنَّ اللَّهَ لَا يَأْمُرُ بِالْفَحْشَاءِ ۖ أَتَقُولُونَ عَلَى اللَّهِ مَا لَا تَعْلَمُونَ
އެއުރެން فاحش ކަމެއް ކޮށްފިނަމަ، ބުނެތެވެ. ތިމަންމެންގެ ކާބަފައިންވެސް އެކަން ކުރުންމަތީވަނިކޮށް ތިމަންމެން ދުށީމުއެވެ. އަދި އެކަމަށް اللَّه ވަނީ، ތިމަންމެންނަށް أمر ކުރައްވާފައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! فاحش ކަމަކަށް ހަމަކަށަވަރުން، اللَّه أمر އެއް ނުކުރައްވަތެވެ. ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް اللَّه އާމެދު ތިޔަބައިމީހުން ބުނަނީހެއްޔެވެ؟
29قُلْ أَمَرَ رَبِّي بِالْقِسْطِ ۖ وَأَقِيمُوا وُجُوهَكُمْ عِندَ كُلِّ مَسْجِدٍ وَادْعُوهُ مُخْلِصِينَ لَهُ الدِّينَ ۚ كَمَا بَدَأَكُمْ تَعُودُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ أمر ކުރެއްވީ عدل ވެރިވުމަށެވެ. އަދި ތިޔަބައިމީހުން ނަމާދުކުރާ ކޮންމެ ހިނދަކު، ތިޔަބައިމީހުންގެ މޫނުތައް (قبلة އަށް) ސީދާ ކުރާށެވެ! އަދި ތިޔަބައިމީހުން، އެކަލާނގެއަށް އަޅުކަން خالص ކުރާ حال، އެކަލާނގެއަށް އަޅުކަންކޮށް دعاء ކުރާށެވެ! އެކަލާނގެ ތިޔަބައިމީހުން ފުރަތަމަ އުފެއްދެވި ފަދައިން، ތިޔަބައިމީހުން އަލުން އެނބުރި އަންނަހުށްޓެވެ
30فَرِيقًا هَدَىٰ وَفَرِيقًا حَقَّ عَلَيْهِمُ الضَّلَالَةُ ۗ إِنَّهُمُ اتَّخَذُوا الشَّيَاطِينَ أَوْلِيَاءَ مِن دُونِ اللَّهِ وَيَحْسَبُونَ أَنَّهُم مُّهْتَدُونَ
އެއްބަޔަކަށް، އެކަލާނގެ ތެދުމަގު ދެއްކެވިއެވެ. އަދި އަނެއް ބަޔެއްގެ މައްޗަށް ވަނީ މަގުފުރެދުން حق ވެފައެވެ. ހަމަކަށަވަރުން، އެއުރެން اللَّه ފިޔަވައި شيطان ންނަކީ، އެހީތެރިން ކަމުގައި ބެލިއެވެ. އަދި އެއުރެންނީ ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައި އެއުރެން ހީކުރެތެވެ
31۞ يَا بَنِي آدَمَ خُذُوا زِينَتَكُمْ عِندَ كُلِّ مَسْجِدٍ وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ
އޭ آدم ގެދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި إسراف ނުކުރާށެވެ! ހަމަކަށަވަރުން، إسراف ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ
އަލް-އަޢްރާފްޤުރުއާން ފިހުރިސްތު
206އާޔަތް
MeccanRevelation
29އާޔަތް

ތަރުޖަމާ — އަލް-އަޢްރާފް 29

ސޫރަތު އަލް-އަޢްރާފް އާޔަތް 29 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ أمر ކުރެއްވީ عدل ވެރިވުމަށެވެ. އަދި ތިޔަބައިމީހުން…

ސޫރަތު އާޔަތް 29/206 — ސޫރަތު އަލް-އަޢްރާފް الأعراف (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-އަޢްރާފް އަޑު އަހާ, ސޫރަތު އަލް-އަޢްރާފް ތަރުޖަމާ, ސޫރަތު އަލް-އަޢްރާފް mp3, ސޫރަތު އަލް-އަޢްރާފް pdf. އާޔަތް 27–31. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers