އަލް-އިސްރާއް · 104/111
ތަރުޖަމާ ކިޔެވުން — އަލް-އިސްރާއް
وَقُلْنَا مِن بَعْدِهِ لِبَنِي إِسْرَائِيلَ اسْكُنُوا الْأَرْضَ فَإِذَا جَاءَ وَعْدُ الْآخِرَةِ جِئْنَا بِكُمْ لَفِيفًا ۝١٠٤
Wa qulnaa mim ba`dihee li Baneee Israaa`eelas kunul arda faizaa jaaa`a wa`dulaakhirati ji`naa bikum lafeefaa
📖 ދިވެހި މާނަ
އަދި އެއަށްފަހުގައި، ތިމަންރަސްކަލާނގެ إسـرآءيـل ގެދަރިންނަށް އެންގެވީމެވެ. ތިޔަބައިމީހުން އެ ބިމުގައި ވަޒަންވެރިވެ އުޅޭށެވެ! ދެން قيامة ދުވަހުގެ وعد އަތުވެއްޖެނަމަ، ތިޔަބައިމީހުން އެންމެން އެކުގައިވާ حال، حاضر ކުރައްވާ ހުށީމެވެ
🎧 އަޑު އަހާ

📜 އާޔަތް 102-106 — އަލް-އިސްރާއް

102قَالَ لَقَدْ عَلِمْتَ مَا أَنزَلَ هَٰؤُلَاءِ إِلَّا رَبُّ السَّمَاوَاتِ وَالْأَرْضِ بَصَائِرَ وَإِنِّي لَأَظُنُّكَ يَا فِرْعَوْنُ مَثْبُورًا
އެކަލޭގެފާނު ވިދާޅުވިއެވެ! ހަމަކަށަވަރުން، ބަޔާންވެގެންވާ عبرة ތަކެއް ކަމުގައި މި معجزة ތައް ބާވައިލެއްވީ، އުޑުތަކާއި، ބިމުގެ ވެރިރަސްކަލާނގެ ފިޔަވައި އެހެންފަރާތެއް ނޫންކަން ކަލޭ ރަނގަޅަށް ދަންނާނޫއެވެ. އޭ فرعون އެވެ! ހަމަކަށަވަރުން، އަހުރެންނަށް يقين ވަނީ، ކަލެއަކީ ގެއްލި ހަލާކުވެފައިވާ މީހެއް ކަމުގައެވެ
103فَأَرَادَ أَن يَسْتَفِزَّهُم مِّنَ الْأَرْضِ فَأَغْرَقْنَاهُ وَمَن مَّعَهُ جَمِيعًا
ފަހެ، އޭނާ قصد ކުރީ އެއުރެން (مصر ގެ) ބިމުން ބޭރުކޮށްލުމަށެވެ. ފަހެ، ތިމަންރަސްކަލާނގެ އޭނާއާއި، އޭނާއާއެކުގައިވާ އެންމެން غرق ކުރެއްވީމެވެ
104وَقُلْنَا مِن بَعْدِهِ لِبَنِي إِسْرَائِيلَ اسْكُنُوا الْأَرْضَ فَإِذَا جَاءَ وَعْدُ الْآخِرَةِ جِئْنَا بِكُمْ لَفِيفًا
އަދި އެއަށްފަހުގައި، ތިމަންރަސްކަލާނގެ إسـرآءيـل ގެދަރިންނަށް އެންގެވީމެވެ. ތިޔަބައިމީހުން އެ ބިމުގައި ވަޒަންވެރިވެ އުޅޭށެވެ! ދެން قيامة ދުވަހުގެ وعد އަތުވެއްޖެނަމަ، ތިޔަބައިމީހުން އެންމެން އެކުގައިވާ حال، حاضر ކުރައްވާ ހުށީމެވެ
105وَبِالْحَقِّ أَنزَلْنَاهُ وَبِالْحَقِّ نَزَلَ ۗ وَمَا أَرْسَلْنَاكَ إِلَّا مُبَشِّرًا وَنَذِيرًا
ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީ، حق އާ އެކުގައެވެ. އަދި އެ قرآن އައީ، حق ގޮތުގައެވެ. އަދި އުފާވެރި خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި، إنذار ކުރައްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ
106وَقُرْآنًا فَرَقْنَاهُ لِتَقْرَأَهُ عَلَى النَّاسِ عَلَىٰ مُكْثٍ وَنَزَّلْنَاهُ تَنزِيلًا
އަދި ކަލޭގެފާނު މީސްތަކުންނަށް (ވިސްނޭނެހެން) ލަސްލަހުން ކިޔަވައި ވިދާޅުވެދެއްވުމަށްޓަކައި، ވަކިވަކިކޮށް ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެ قرآن އެކިފަހަރުމަތިން ބާވައިލެއްވީމެވެ
އަލް-އިސްރާއްޤުރުއާން ފިހުރިސްތު
111އާޔަތް
MeccanRevelation
104އާޔަތް

ތަރުޖަމާ — އަލް-އިސްރާއް 104

ސޫރަތު އަލް-އިސްރާއް އާޔަތް 104 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި އެއަށްފަހުގައި، ތިމަންރަސްކަލާނގެ إسـرآءيـل ގެދަރިންނަށް އެންގެވީމެވެ. ތިޔަބައިމީހުން އެ ބިމުގައި ވަޒަންވެރިވެ…

ސޫރަތު އާޔަތް 104/111 — އަލް-އިސްރާއް الإسراء (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އިސްރާއް އަޑު އަހާ, އަލް-އިސްރާއް ތަރުޖަމާ, އަލް-އިސްރާއް mp3, އަލް-އިސްރާއް pdf. އާޔަތް 102–106. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers