އަލް-ކަހްފު · 51/110
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-ކަހްފު
۞ مَّا أَشْهَدتُّهُمْ خَلْقَ السَّمَاوَاتِ وَالْأَرْضِ وَلَا خَلْقَ أَنفُسِهِمْ وَمَا كُنتُ مُتَّخِذَ الْمُضِلِّينَ عَضُدًا ۝٥١
Maaa ash hattuhum khalqas samaawaati wal ardi wa laa khalqa anfusihim wa maa kuntu muttakizal mudilleena `adudaa
📖 ދިވެހި މާނަ
އުޑުތަކާއި، ބިން ހެއްދެވުމުގައި، ތިމަންރަސްކަލާނގެ އެއުރެން ހެތްކެއް ނުކުރައްވަމެވެ. އަދި އެއުރެންގެ އަމިއްލަ نفس ތައް ހެއްދެވުމުގައިވެސްމެއެވެ. އަދި މަގުފުރައްދާ شيطان ންނީ، އެހީތެރިންކަމުގައި ތިމަންރަސްކަލާނގެ ނުހިއްޕަވަމެވެ

🎧 އަޑު އަހާ


📜 އާޔަތް 49-53 — ސޫރަތު އަލް-ކަހްފު

49وَوُضِعَ الْكِتَابُ فَتَرَى الْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَا وَيْلَتَنَا مَالِ هَٰذَا الْكِتَابِ لَا يُغَادِرُ صَغِيرَةً وَلَا كَبِيرَةً إِلَّا أَحْصَاهَا ۚ وَوَجَدُوا مَا عَمِلُوا حَاضِرًا ۗ وَلَا يَظْلِمُ رَبُّكَ أَحَدًا
އަދި (ކޮންމެ މީހަކުމެ ކޮށްފައިވާ عمل ތަކުގެ) ފަތް (އެމީހަކަށް) ދެއްވާނެތެވެ. ފަހެ، އެ ފަތުގައިވާ ތަކެއްޗާމެދު، ކުށްވެރިން ބިރުގެންފައިވާތީ ތިބާ ދެކޭނޫއެވެ. އަދި އެއުރެން ބުނާނެތެވެ. އޭ ތިމަންމެންނަށްހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! މިފަތަށް މިވެފައިވަނީ ކީއްހެއްޔެވެ؟ ކިތަންމެ ކުޑަކަމެއްވެސް، އަދި ބޮޑުކަމެއްވެސް، އެ ފަތުގައި ނުހިމަނައި ދޫކޮށްލައިފައެއް ނުވެއެވެ. އަދި އެއުރެންކުޅަ އެންމެހައި عمل ތައް އެ ފަތުގައިވާތީ، އެއުރެން ދެކޭނެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއްވެސްމީހަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވަތެވެ
50وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ كَانَ مِنَ الْجِنِّ فَفَسَقَ عَنْ أَمْرِ رَبِّهِ ۗ أَفَتَتَّخِذُونَهُ وَذُرِّيَّتَهُ أَوْلِيَاءَ مِن دُونِي وَهُمْ لَكُمْ عَدُوٌّ ۚ بِئْسَ لِلظَّالِمِينَ بَدَلًا
ތިމަންރަސްކަލާނގެ ملائكة ންނަށް وحى ކުރެއްވިހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން آدم ގެފާނަށް سجدة ކުރާށެވެ! ދެން إبليس މެނުވީ، އެ އެންމެ ބޭކަލުން سجدة ކުރެއްވޫއެވެ. އެ إبليس ވީ ޖިންނީންގެ ތެރެއިންނެވެ. ދެން އޭނާގެ ވެރިރަސްކަލާނގެ އަމުރުފުޅަށް އޭނާ ނުކިޔަމަންތެރިވިއެވެ. ފަހެ، އެ إبليس އާއި، އޭނާގެ ދަރިފަސްކޮޅު، ތިމަންރަސްކަލާނގެ ފިޔަވައި އެހީތެރިން ކަމުގައި ތިޔަބައިމީހުން ހަދަނީ ހެއްޔެވެ؟ އެއުރެންނަކީ، ތިޔަބައިމީހުންނަށްހުރި عدوّ ންނެވެ. އަނިޔާވެރިންނަށްހުރި ބަދަލެއްގެ ނުބައިކަމާއެވެ
51۞ مَّا أَشْهَدتُّهُمْ خَلْقَ السَّمَاوَاتِ وَالْأَرْضِ وَلَا خَلْقَ أَنفُسِهِمْ وَمَا كُنتُ مُتَّخِذَ الْمُضِلِّينَ عَضُدًا
އުޑުތަކާއި، ބިން ހެއްދެވުމުގައި، ތިމަންރަސްކަލާނގެ އެއުރެން ހެތްކެއް ނުކުރައްވަމެވެ. އަދި އެއުރެންގެ އަމިއްލަ نفس ތައް ހެއްދެވުމުގައިވެސްމެއެވެ. އަދި މަގުފުރައްދާ شيطان ންނީ، އެހީތެރިންކަމުގައި ތިމަންރަސްކަލާނގެ ނުހިއްޕަވަމެވެ
52وَيَوْمَ يَقُولُ نَادُوا شُرَكَائِيَ الَّذِينَ زَعَمْتُمْ فَدَعَوْهُمْ فَلَمْ يَسْتَجِيبُوا لَهُمْ وَجَعَلْنَا بَيْنَهُم مَّوْبِقًا
އަދި ތިމަންރަސްކަލާނގެ ބައިވެރިންކަމުގައި ތިޔަބައިމީހުން ހީކޮށްގެން އުޅުނު ތަކެއްޗަށް، ތިޔަބައިމީހުން ގޮވައިބަލާށޭ އެކަލާނގެ وحى ކުރައްވާ ދުވަސް ހަނދުމަކުރާށެވެ! ފަހެ، އެއުރެން އެތަކެއްޗަށް ގޮވާނެތެވެ. ނަމަވެސް އެތަކެތި އެއުރެންނަކަށް جواب އެއް ނުދޭނެތެވެ. އަދި އެއުރެންގެ މެދުގައި ހުރަހެއް (އެބަހީ: ނަރަކައިގެ ވާދީއެއް) ތިމަންރަސްކަލާނގެ ލައްވާހުށީމެވެ
53وَرَأَى الْمُجْرِمُونَ النَّارَ فَظَنُّوا أَنَّهُم مُّوَاقِعُوهَا وَلَمْ يَجِدُوا عَنْهَا مَصْرِفًا
ކުށްވެރިންނަށް ނަރަކަ ފެނި، އެ ނަރަކައަށް އެއުރެން ވެއްޓޭނޭކަމުގައި އެއުރެންނަށް يقين ވާނެތެވެ. އަދި އެ ނަރަކައާ ދުރަށް ފިލަންދާނޭ ތަނެއް އެއުރެންނަކަށް ނުފެންނާނެތެވެ
އަލް-ކަހްފުޤުރުއާން ފިހުރިސްތު
110އާޔަތް
MeccanRevelation
51އާޔަތް

ތަރުޖަމާ — އަލް-ކަހްފު 51

ސޫރަތު އަލް-ކަހްފު އާޔަތް 51 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އުޑުތަކާއި، ބިން ހެއްދެވުމުގައި، ތިމަންރަސްކަލާނގެ އެއުރެން ހެތްކެއް ނުކުރައްވަމެވެ. އަދި އެއުރެންގެ އަމިއްލަ…

ސޫރަތު އާޔަތް 51/110 — ސޫރަތު އަލް-ކަހްފު الكهف (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-ކަހްފު އަޑު އަހާ, ސޫރަތު އަލް-ކަހްފު ތަރުޖަމާ, ސޫރަތު އަލް-ކަހްފު mp3, ސޫރަތު އަލް-ކަހްފު pdf. އާޔަތް 49–53. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers