އަލް-ބަޤަރާ · 122/286
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-ބަޤަރާ
يَا بَنِي إِسْرَائِيلَ اذْكُرُوا نِعْمَتِيَ الَّتِي أَنْعَمْتُ عَلَيْكُمْ وَأَنِّي فَضَّلْتُكُمْ عَلَى الْعَالَمِينَ ۝١٢٢
Yaa Baneee Israaa`eelaz-kuroo ni`matiyal lateee an`amtu `alaikum wa annee faddaltukum `alal `aalameen
📖 ދިވެހި މާނަ
އޭ إسـرآءيـل ގެދަރިންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި نعمة އާއި، އަދި (އެދުވަސްވަރުގެ) މީސްތަކުންގެ މައްޗަށް ތިމަންރަސްކަލާނގެ ތިޔަބައިމީހުން މާތްކުރައްވާފައިވާކަން ހަނދުމަކުރާށެވެ

🎧 އަޑު އަހާ


📜 އާޔަތް 120-124 — ސޫރަތު އަލް-ބަޤަރާ

120وَلَن تَرْضَىٰ عَنكَ الْيَهُودُ وَلَا النَّصَارَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْ ۗ قُلْ إِنَّ هُدَى اللَّهِ هُوَ الْهُدَىٰ ۗ وَلَئِنِ اتَّبَعْتَ أَهْوَاءَهُم بَعْدَ الَّذِي جَاءَكَ مِنَ الْعِلْمِ ۙ مَا لَكَ مِنَ اللَّهِ مِن وَلِيٍّ وَلَا نَصِيرٍ
އަދި يهودى ންވެސް نصارى އިންވެސް އެއުރެންގެ دين އަށް ކަލޭގެފާނު تبع ވެވަޑައިގެންފުމަށް ދާނދެން ކަލޭގެފާނަކާ ނުރުހޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން اللَّه ގެ މަގު އެއީ ހަމަ ތެދުމަގެވެ. އަދި ކަށަވަރުންވެސް، ކަލޭގެފާނުގެ އަރިހަށް علم ގެ ތެރެއިން އައި ކަންތަކަށްފަހު އެއުރެންގެ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައިގެންފިނަމަ، اللَّه ގެ حضرة ން ކަލޭގެފާނަށް އެއްވެސް އެހީތެރިޔަކު އަދި نصر ދޭނޭ މީހަކުވެސް ނުވާނެތެވެ
121الَّذِينَ آتَيْنَاهُمُ الْكِتَابَ يَتْلُونَهُ حَقَّ تِلَاوَتِهِ أُولَٰئِكَ يُؤْمِنُونَ بِهِ ۗ وَمَن يَكْفُرْ بِهِ فَأُولَٰئِكَ هُمُ الْخَاسِرُونَ
ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތް ދެއްވި މީހުން އެފޮތް ކިޔަވަންވީ حق ގޮތުގައި އެފޮތް ކިޔަވައި އުޅެތެވެ. އެއުރެން އެ ފޮތަށް إيمان ވެތެވެ. އަދި އެފޮތަށް كافر ވާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ގެއްލެނިވެގެންވާ މީހުންނެވެ
122يَا بَنِي إِسْرَائِيلَ اذْكُرُوا نِعْمَتِيَ الَّتِي أَنْعَمْتُ عَلَيْكُمْ وَأَنِّي فَضَّلْتُكُمْ عَلَى الْعَالَمِينَ
އޭ إسـرآءيـل ގެދަރިންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި نعمة އާއި، އަދި (އެދުވަސްވަރުގެ) މީސްތަކުންގެ މައްޗަށް ތިމަންރަސްކަލާނގެ ތިޔަބައިމީހުން މާތްކުރައްވާފައިވާކަން ހަނދުމަކުރާށެވެ
123وَاتَّقُوا يَوْمًا لَّا تَجْزِي نَفْسٌ عَن نَّفْسٍ شَيْئًا وَلَا يُقْبَلُ مِنْهَا عَدْلٌ وَلَا تَنفَعُهَا شَفَاعَةٌ وَلَا هُمْ يُنصَرُونَ
އެދުވަހަކުން އެއްވެސް نفس އަކަށް އެއްވެސް نفس އެއްގެ ކިބައިން އެއްވެސް ކަމެއް ފުއްދައިނުދެވޭނޭ އަދި އެކެއްގެ ކިބައިން فدية އެއްވެސް ނުހިއްޕަވާނޭ އަދި (އެއްވެސް ފަރާތެއްގެ) شفاعة އަކުން އެއްވެސް މީހަކަށް މަންފާއެއް ނުކުރާނޭ އަދި އެއުރެންނަށް (އެއްވެސް ފަރާތަކުން) نصر އެއް ނުލިބޭނޭ ދުވަހަކަށް ތިޔަބައިމީހުން ބިރުވެތިވެ ރައްކާތެރިވާށެވެ
124۞ وَإِذِ ابْتَلَىٰ إِبْرَاهِيمَ رَبُّهُ بِكَلِمَاتٍ فَأَتَمَّهُنَّ ۖ قَالَ إِنِّي جَاعِلُكَ لِلنَّاسِ إِمَامًا ۖ قَالَ وَمِن ذُرِّيَّتِي ۖ قَالَ لَا يَنَالُ عَهْدِي الظَّالِمِينَ
إبراهيم ގެފާނުގެ ވެރިރަސްކަލާނގެ، كلمة ތަކަކުން (އެބަހީ: ކުރެއްވި أمر ފުޅުތަކަކާއި ނަހީތަކަކުން އެކަލޭގެފާނުގެ ކިޔަމަންތެރިކަންހުރި މިންވަރު ބެއްލެވުމަށް) امتحان ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! ފަހެ، އެކަލޭގެފާނު (ކިޔަމަންތެރިވެވަޑައިގެން) އެކަންތައްތައް ފުރިހަމަ ކުރެއްވިއެވެ. އެކަލާނގެ (އެކަލޭގެފާނަށް) وحى ކުރެއްވިއެވެ. ހަމަކަށަވަރުން، މީސްތަކުންނަށް إمام އަކު ކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ލައްވާހުށީމެވެ. އެކަލޭގެފާނު ދެންނެވިއެވެ. ތިމަންއަޅާގެ ދަރިފަސްކޮޅުންވެސް މެއެވެ. އެކަލާނގެ وحى ކުރެއްވިއެވެ. އަނިޔާވެރިންނަކަށް ތިމަންރަސްކަލާނގެ عهد އެއް ނުލިބޭނެތެވެ
އަލް-ބަޤަރާޤުރުއާން ފިހުރިސްތު
286އާޔަތް
MedinanRevelation
122އާޔަތް

ތަރުޖަމާ — އަލް-ބަޤަރާ 122

ސޫރަތު އަލް-ބަޤަރާ އާޔަތް 122 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އޭ إسـرآءيـل ގެދަރިންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި نعمة އާއި، އަދި (އެދުވަސްވަރުގެ)…

ސޫރަތު އާޔަތް 122/286 — ސޫރަތު އަލް-ބަޤަރާ البقرة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-ބަޤަރާ އަޑު އަހާ, ސޫރަތު އަލް-ބަޤަރާ ތަރުޖަމާ, ސޫރަތު އަލް-ބަޤަރާ mp3, ސޫރަތު އަލް-ބަޤަރާ pdf. އާޔަތް 120–124. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers