އަލް-ބަޤަރާ · 77/286
ތަރުޖަމާ ކިޔެވުން — އަލް-ބަޤަރާ
أَوَلَا يَعْلَمُونَ أَنَّ اللَّهَ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ ۝٧٧
Awalaa ya`lamoona annal laaha ya`lamu maa yusirroona wa maa yu`linoon
📖 ދިވެހި މާނަ
އެއުރެން ސިއްރުކުރާހާ ކަންތަކާއި ފާޅުކުރާހާ ކަންތައް، اللَّه ދެނެވޮޑިގެންވާކަން، އެއުރެން ނުދަންނަނީހެއްޔެވެ؟
🎧 އަޑު އަހާ

📜 އާޔަތް 75-79 — އަލް-ބަޤަރާ

75۞ أَفَتَطْمَعُونَ أَن يُؤْمِنُوا لَكُمْ وَقَدْ كَانَ فَرِيقٌ مِّنْهُمْ يَسْمَعُونَ كَلَامَ اللَّهِ ثُمَّ يُحَرِّفُونَهُ مِن بَعْدِ مَا عَقَلُوهُ وَهُمْ يَعْلَمُونَ
ފަހެ، ތިޔަބައިމީހުންނަށް (އެބަހީ: رسول އާ އާއި مؤمن ންގެ ގޮވާލުމަށް) އެއުރެން (އިޖާބަދީ) إيمان ވުމަށް، ތިޔަބައިމީހުން އުންމީދު ކުރަނީ ހެއްޔެވެ؟ اللَّه ގެ كلام ފުޅު އަހައި، އެއުރެން އެ كلام ފުޅު ވިސްނައި ދެނެގަތުމަށްފަހު، އެއުރެން ދެނެތިބެ، ދެން އެ كلام ފުޅު ބަދަލުކުރާ ބަޔަކު އެއުރެންގެ ތެރެއިން ވާކަން ކަށަވަރެވެ
76وَإِذَا لَقُوا الَّذِينَ آمَنُوا قَالُوا آمَنَّا وَإِذَا خَلَا بَعْضُهُمْ إِلَىٰ بَعْضٍ قَالُوا أَتُحَدِّثُونَهُم بِمَا فَتَحَ اللَّهُ عَلَيْكُمْ لِيُحَاجُّوكُم بِهِ عِندَ رَبِّكُمْ ۚ أَفَلَا تَعْقِلُونَ
އަދި إيمان ވި މީހުންނާ އެއުރެން ބައްދަލުވެއްޖެނަމަ، އެއުރެން ބުނެއުޅެނީ، ތިމަންމެން މިތިބީ إيمان ވެގެންނެވެ. އަދި އެއުރެންގެ އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވެ، އެއްތަންވެއްޖެނަމަ، އެއުރެން ބުނެތެވެ. (توراة ގައި) اللَّه ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވައި އަންގަވާފައިވާ އެންގެވުންތަކުގެ ވާހަކަ އެއުރެންނަށް (އެބަހީ: مسلم ންނަށް) ތިޔަބައިމީހުން ކިޔައިދެނީ ހެއްޔެވެ؟ (އޭރުން) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި އެއިން ތިޔަބައިމީހުންގެ މައްޗަށް އެއުރެން (އެބަހީ: مسلم ން) حجة ދައްކައިފާނެތެވެ. ފަހެ، ތިޔަބައިމީހުން ނުވިސްނަނީހެއްޔެވެ؟
77أَوَلَا يَعْلَمُونَ أَنَّ اللَّهَ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ
އެއުރެން ސިއްރުކުރާހާ ކަންތަކާއި ފާޅުކުރާހާ ކަންތައް، اللَّه ދެނެވޮޑިގެންވާކަން، އެއުރެން ނުދަންނަނީހެއްޔެވެ؟
78وَمِنْهُمْ أُمِّيُّونَ لَا يَعْلَمُونَ الْكِتَابَ إِلَّا أَمَانِيَّ وَإِنْ هُمْ إِلَّا يَظُنُّونَ
އަދި އެއުރެންގެތެރޭގައި ލިޔާންކިޔާން ނުދަންނަ މީހުންވެސްވެއެވެ. ފޮތުންވެސް، مستحيل އުންމީދުތަކެއްނޫނީ އެއުރެންނަކަށް ނުފެނެއެވެ. އަދި ހީތަކެއް ކުރާކަމުގައިނޫނީ، އެއުރެން ނުވެތެވެ
79فَوَيْلٌ لِّلَّذِينَ يَكْتُبُونَ الْكِتَابَ بِأَيْدِيهِمْ ثُمَّ يَقُولُونَ هَٰذَا مِنْ عِندِ اللَّهِ لِيَشْتَرُوا بِهِ ثَمَنًا قَلِيلًا ۖ فَوَيْلٌ لَّهُم مِّمَّا كَتَبَتْ أَيْدِيهِمْ وَوَيْلٌ لَّهُم مِّمَّا يَكْسِبُونَ
ފަހެ، އެއުރެންގެ އަމިއްލަ އަތުން ފޮތްލިޔެ، މިއީ اللَّه ގެ حضرة ން ބާވައިލެއްވި ފޮތޭ ބުނާ މީހުންނަށް ގެއްލުމާއި ހަލާކުހުށްޓެވެ. (އެއުރެން އެކަންކުރަނީ) ކުޑައަގެއް އެއަށް ގަތުމަށްޓަކައެވެ. ފަހެ، އެއުރެންގެ އަމިއްލަ އަތުން ލިޔުނު ތަކެތީގެ ސަބަބުން، އެއުރެންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ. އަދި އެއުރެން ހޯދައިގަންނަ ތަކެތިންވެސް، އެއުރެންނަށް ގެއްލުމާއި ހަލާކުހުށްޓެވެ
އަލް-ބަޤަރާޤުރުއާން ފިހުރިސްތު
286އާޔަތް
MedinanRevelation
77އާޔަތް

ތަރުޖަމާ — އަލް-ބަޤަރާ 77

ސޫރަތު އަލް-ބަޤަރާ އާޔަތް 77 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެއުރެން ސިއްރުކުރާހާ ކަންތަކާއި ފާޅުކުރާހާ ކަންތައް، اللَّه ދެނެވޮޑިގެންވާކަން، އެއުރެން ނުދަންނަނީހެއްޔެވެ؟

ސޫރަތު އާޔަތް 77/286 — އަލް-ބަޤަރާ البقرة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ބަޤަރާ އަޑު އަހާ, އަލް-ބަޤަރާ ތަރުޖަމާ, އަލް-ބަޤަރާ mp3, އަލް-ބަޤަރާ pdf. އާޔަތް 75–79. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers