އަލް-ބަޤަރާ · 96/286
ތަރުޖަމާ ކިޔެވުން — އަލް-ބަޤަރާ
وَلَتَجِدَنَّهُمْ أَحْرَصَ النَّاسِ عَلَىٰ حَيَاةٍ وَمِنَ الَّذِينَ أَشْرَكُوا ۚ يَوَدُّ أَحَدُهُمْ لَوْ يُعَمَّرُ أَلْفَ سَنَةٍ وَمَا هُوَ بِمُزَحْزِحِهِ مِنَ الْعَذَابِ أَن يُعَمَّرَ ۗ وَاللَّهُ بَصِيرٌ بِمَا يَعْمَلُونَ ۝٩٦
Wa latajidannahum ahrasannaasi `alaa hayaatinw wa minal lazeena ashrakoo; yawaddu ahaduhum law yu`ammaru alfa sanatinw wa maa huwa bi muzahzihihee minal `azaabi ai yu`ammar; wallaahu baseerum bimaa ya`maloon
📖 ދިވެހި މާނަ
އަދި މީސްތަކުންކުރެ ދުނިޔޭގެ ދިރިއުޅުމަށް އެންމެ ދަހިވެތިކަން ބޮޑު، އަދި شريك ކުޅަ މީހުންނަށްވުރެވެސް (ދިރިއުޅުމަށް ދަހިވެތިކަން ބޮޑު) ބަޔަކު ކަމުގައި ކަލޭގެފާނަށް އެއުރެން ފެނިވަޑައިގަންނަވާނެކަން ކަށަވަރެވެ. އެއުރެންކުރެ ކޮންމެ މީހަކުމެ، އެއްހާސް އަހަރަށް عمر ދިގުވާނެނަމައޭ ހީކޮށް، އެކަމަށް އެދޭނެތެވެ. އެ عمر ދިގުވުން އެއީ، އެމީހަކު عذاب ން ދުރުކުރަނިވި ކަމެއްކަމުގައި ނުމެވޭމެއެވެ. اللَّه އީ އެއުރެންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ
🎧 އަޑު އަހާ

📜 އާޔަތް 94-98 — އަލް-ބަޤަރާ

94قُلْ إِن كَانَتْ لَكُمُ الدَّارُ الْآخِرَةُ عِندَ اللَّهِ خَالِصَةً مِّن دُونِ النَّاسِ فَتَمَنَّوُا الْمَوْتَ إِن كُنتُمْ صَادِقِينَ
ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ގެ حضرة ގައި، آخرة ގެ ގޮވަތި އެހެނިހެން މީސްތަކުން ފިޔަވައި ތިޔަބައިމީހުންނަށް خاص ކުރައްވާފައިވާނަމަ، ތިޔަބައިމީހުން، ނިކަން މަރުވުން އެދިބަލާށެވެ! (އެއީ) ތިޔަބައިިމީހުންނީ، ތެދުވެރިން ކަމުގައި ވަނީނަމައެވެ
95وَلَن يَتَمَنَّوْهُ أَبَدًا بِمَا قَدَّمَتْ أَيْدِيهِمْ ۗ وَاللَّهُ عَلِيمٌ بِالظَّالِمِينَ
ދުވަހަކުވެސް އެއުރެން އެ މަރަކަށް ނޭދޭނެތެވެ. އެއީ، އެއުރެންގެ އަތްތައް އިސްކޮށްފައިވާ ނުބައި عمل ތަކުގެ ސަބަބުންނެވެ. اللَّه އީ، އަނިޔާވެރިން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
96وَلَتَجِدَنَّهُمْ أَحْرَصَ النَّاسِ عَلَىٰ حَيَاةٍ وَمِنَ الَّذِينَ أَشْرَكُوا ۚ يَوَدُّ أَحَدُهُمْ لَوْ يُعَمَّرُ أَلْفَ سَنَةٍ وَمَا هُوَ بِمُزَحْزِحِهِ مِنَ الْعَذَابِ أَن يُعَمَّرَ ۗ وَاللَّهُ بَصِيرٌ بِمَا يَعْمَلُونَ
އަދި މީސްތަކުންކުރެ ދުނިޔޭގެ ދިރިއުޅުމަށް އެންމެ ދަހިވެތިކަން ބޮޑު، އަދި شريك ކުޅަ މީހުންނަށްވުރެވެސް (ދިރިއުޅުމަށް ދަހިވެތިކަން ބޮޑު) ބަޔަކު ކަމުގައި ކަލޭގެފާނަށް އެއުރެން ފެނިވަޑައިގަންނަވާނެކަން ކަށަވަރެވެ. އެއުރެންކުރެ ކޮންމެ މީހަކުމެ، އެއްހާސް އަހަރަށް عمر ދިގުވާނެނަމައޭ ހީކޮށް، އެކަމަށް އެދޭނެތެވެ. އެ عمر ދިގުވުން އެއީ، އެމީހަކު عذاب ން ދުރުކުރަނިވި ކަމެއްކަމުގައި ނުމެވޭމެއެވެ. اللَّه އީ އެއުރެންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ
97قُلْ مَن كَانَ عَدُوًّا لِّجِبْرِيلَ فَإِنَّهُ نَزَّلَهُ عَلَىٰ قَلْبِكَ بِإِذْنِ اللَّهِ مُصَدِّقًا لِّمَا بَيْنَ يَدَيْهِ وَهُدًى وَبُشْرَىٰ لِلْمُؤْمِنِينَ
ކަލޭގެފާނު ވިދާޅުވާށެވެ! جبريل ގެފާނަށް عداوة ތެރިޔަކު ކަމުގައިވާ މީހަކީ، (اللَّه އަށް عداوة ތެރިޔަކު ކަމުގައިވާ މީހެކެވެ.) އެހެނީ އެކަލޭގެފާނުން، ކަލޭގެފާނުގެ ހިތްޕުޅުގެ މައްޗަށް އެ قرآن ގެނެސްދެއްވީ، اللَّه ގެ إذن ފުޅަށެވެ. އޭގެ ކުރިން ބާވައިލެއްވި ފޮތްތައް ތެދުކުރާ حال ގައެވެ. مؤمن ތަކުންނަށް ތެދުމަގެއް ކަމުގައްޔާއި، އުފާވެރި خبر އެއް ކަމުގައެވެ
98مَن كَانَ عَدُوًّا لِّلَّهِ وَمَلَائِكَتِهِ وَرُسُلِهِ وَجِبْرِيلَ وَمِيكَالَ فَإِنَّ اللَّهَ عَدُوٌّ لِّلْكَافِرِينَ
اللَّه އާއި އެކަލާނގެ ملائكة ންނާއި، އެކަލާނގެ رسول ންނާއި، جبريل ގެފާނާއި، ميكائيل ގެފާނަށް عداوة ތެރިޔަކު ކަމުގައިވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، كافر ންނަށް عداوة ތެރިވެވޮޑިގެންވާ ރަސްކަލާނގެއެވެ
އަލް-ބަޤަރާޤުރުއާން ފިހުރިސްތު
286އާޔަތް
MedinanRevelation
96އާޔަތް

ތަރުޖަމާ — އަލް-ބަޤަރާ 96

ސޫރަތު އަލް-ބަޤަރާ އާޔަތް 96 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި މީސްތަކުންކުރެ ދުނިޔޭގެ ދިރިއުޅުމަށް އެންމެ ދަހިވެތިކަން ބޮޑު، އަދި شريك ކުޅަ…

ސޫރަތު އާޔަތް 96/286 — އަލް-ބަޤަރާ البقرة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ބަޤަރާ އަޑު އަހާ, އަލް-ބަޤަރާ ތަރުޖަމާ, އަލް-ބަޤަރާ mp3, އަލް-ބަޤަރާ pdf. އާޔަތް 94–98. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers