އަލް-ޙައްޖު · 43/78
ތަރުޖަމާ ކިޔެވުން — އަލް-ޙައްޖު
وَقَوْمُ إِبْرَاهِيمَ وَقَوْمُ لُوطٍ ۝٤٣
Wa qawmu Ibraaheema wa qawmu Loot
📖 ދިވެހި މާނަ
އަދި إبراهيم ގެފާނުގެ قوم ގެމީހުންނާއި، لوط ގެފާނުގެ قوم ގެމީހުންވެސްމެއެވެ
🎧 އަޑު އަހާ

📜 އާޔަތް 41-45 — އަލް-ޙައްޖު

41الَّذِينَ إِن مَّكَّنَّاهُمْ فِي الْأَرْضِ أَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ وَأَمَرُوا بِالْمَعْرُوفِ وَنَهَوْا عَنِ الْمُنكَرِ ۗ وَلِلَّهِ عَاقِبَةُ الْأُمُورِ
އެއުރެންނީ، ބިމުގައި ތިމަންރަސްކަލާނގެ އެއުރެން ބާރުވެރިކުރައްވައިފިނަމަ، ނަމާދު قائم ކޮށް، زكاة ދީ، ހެޔޮކަންތަކަށް أمر ކޮށް، ނުބައިކަންތައް ނަހީކޮށްއުޅޭ މީހުންނެވެ. ކަންކަމުގެ ނިމުންވަނީ اللَّه އަށެވެ
42وَإِن يُكَذِّبُوكَ فَقَدْ كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَعَادٌ وَثَمُودُ
އެއުރެން ކަލޭގެފާނު ދޮގުކުޅަޔަސް، ހަމަކަށަވަރުން، އެއުރެންގެކުރިން نوح ގެފާނުގެ قوم ގެމީހުންނާއި، عاد ބާގައިމީހުންނާއި، ثمود ބާގައިމީހުން (އެއުރެންގެ رسول ން) ދޮގުކޮށްފައިވެއެވެ
43وَقَوْمُ إِبْرَاهِيمَ وَقَوْمُ لُوطٍ
އަދި إبراهيم ގެފާނުގެ قوم ގެމީހުންނާއި، لوط ގެފާނުގެ قوم ގެމީހުންވެސްމެއެވެ
44وَأَصْحَابُ مَدْيَنَ ۖ وَكُذِّبَ مُوسَىٰ فَأَمْلَيْتُ لِلْكَافِرِينَ ثُمَّ أَخَذْتُهُمْ ۖ فَكَيْفَ كَانَ نَكِيرِ
އަދި مدين ގެ أهل ވެރިންވެސްމެއެވެ. އަދި موسى ގެފާނުވެސް ދޮގުކުރެވުނެވެ. ފަހެ، كافر ވި މީހުންނަށް، ތިމަންރަސްކަލާނގެ مهلة ދެއްވީމެވެ. ދެން ތިމަންރަސްކަލާނގެ އެއުރެންނަށް عقوبات ދެއްވައި ހިއްޕެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ عقوبات ދެއްވުންވީ ކޮންފަދައަކުން ހެއްޔެވެ؟
45فَكَأَيِّن مِّن قَرْيَةٍ أَهْلَكْنَاهَا وَهِيَ ظَالِمَةٌ فَهِيَ خَاوِيَةٌ عَلَىٰ عُرُوشِهَا وَبِئْرٍ مُّعَطَّلَةٍ وَقَصْرٍ مَّشِيدٍ
އެރަށްތަކުގެ أهل ވެރިން، އަނިޔާވެރިވެގެންވީހިނދު، ތިމަންރަސްކަލާނގެ ހަލާކުކުރެއްވީ ކިތައްކިތައްރަށް ހެއްޔެވެ؟ ފަހެ، އެ ރަށްރަށްވަނީ، ފުރާޅުތަކާއި، عمارات ތައް ވެއްޓި ފުނޑުފުނޑުވެފައެވެ. އަދި (އެ ރަށްރަށުގައިވަނީ) ފަޅުވެފައިވާ ކިތައްކިތައް ވަޅާއި، އުސްކޮށް ބިނާކޮށްފައިވާ ކިތައްކިތައް ގަނޑުވަރު ހެއްޔެވެ؟
އަލް-ޙައްޖުޤުރުއާން ފިހުރިސްތު
78އާޔަތް
MedinanRevelation
43އާޔަތް

ތަރުޖަމާ — އަލް-ޙައްޖު 43

ސޫރަތު އަލް-ޙައްޖު އާޔަތް 43 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި إبراهيم ގެފާނުގެ قوم ގެމީހުންނާއި، لوط ގެފާނުގެ قوم ގެމީހުންވެސްމެއެވެ

ސޫރަތު އާޔަތް 43/78 — އަލް-ޙައްޖު الحج (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ޙައްޖު އަޑު އަހާ, އަލް-ޙައްޖު ތަރުޖަމާ, އަލް-ޙައްޖު mp3, އަލް-ޙައްޖު pdf. އާޔަތް 41–45. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers