އަލް-މުއުމިނޫން · 43/118
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-މުއުމިނޫން
مَا تَسْبِقُ مِنْ أُمَّةٍ أَجَلَهَا وَمَا يَسْتَأْخِرُونَ ۝٤٣
Maa tasbiqu min ummatin ajalahaa wa maa yastaakhiroon
📖 ދިވެހި މާނަ
އެއްވެސް أمّة އަކަށް، އެ أمّة އެއްގެ أجل އިހެއްނުކުރައްވާނެތެވެ. އަދި ފަހެއްވެސް ނުމެކުރައްވާނޭމެއެވެ

🎧 އަޑު އަހާ


📜 އާޔަތް 41-45 — ސޫރަތު އަލް-މުއުމިނޫން

41فَأَخَذَتْهُمُ الصَّيْحَةُ بِالْحَقِّ فَجَعَلْنَاهُمْ غُثَاءً ۚ فَبُعْدًا لِّلْقَوْمِ الظَّالِمِينَ
ފަހެ، حق ގޮތުގައި އައި ގަދަފަދަ އަޑު އެއުރެން ހަލާކުކުރިއެވެ. ދެން އޮޔާދާ ކުނިތަކެއްފަދައިން ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ. ފަހެ، އަނިޔާވެރިވީ މީހުންނަށް ހަލާކާއި ގެއްލުންހުށްޓެވެ
42ثُمَّ أَنشَأْنَا مِن بَعْدِهِمْ قُرُونًا آخَرِينَ
ދެން އެއުރެންނަށްފަހު، ތިމަންރަސްކަލާނގެ އެހެން جيل ތަކެއްގެ ބަޔަކު އުފެއްދެވީމެވެ
43مَا تَسْبِقُ مِنْ أُمَّةٍ أَجَلَهَا وَمَا يَسْتَأْخِرُونَ
އެއްވެސް أمّة އަކަށް، އެ أمّة އެއްގެ أجل އިހެއްނުކުރައްވާނެތެވެ. އަދި ފަހެއްވެސް ނުމެކުރައްވާނޭމެއެވެ
44ثُمَّ أَرْسَلْنَا رُسُلَنَا تَتْرَىٰ ۖ كُلَّ مَا جَاءَ أُمَّةً رَّسُولُهَا كَذَّبُوهُ ۚ فَأَتْبَعْنَا بَعْضَهُم بَعْضًا وَجَعَلْنَاهُمْ أَحَادِيثَ ۚ فَبُعْدًا لِّقَوْمٍ لَّا يُؤْمِنُونَ
ދެން ތިމަންރަސްކަލާނގެ رسول ން އެއްބޭކަލަކަށްފަހު އަނެއްބޭކަލަކު ވަޑައިގަންނަވާގޮތުގައި ފޮނުއްވީމެވެ. ކޮންމެ أمّة އަކަށްވެސް އެ أمّة ގެ رسول އާ ވަޑައިގެންފި ކޮންމެ ހިނދެއްގައި، އެއުރެން އެބޭކަލަކު ދޮގުކުރިއެވެ. ފަހެ، އެއުރެންގެ އެއްބަޔަކު އަނެއްބަޔެއްގެ ފަހަތުން ފޮނުއްވައި ނެތިކުރެއްވީމެވެ. އަދި ދެކެވޭ ވާހަކަތަކެއްކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ. ފަހެ، إيمان ނުވާ ބަޔަކަށް ހަލާކާއި ގެއްލުންހުށްޓެވެ
45ثُمَّ أَرْسَلْنَا مُوسَىٰ وَأَخَاهُ هَارُونَ بِآيَاتِنَا وَسُلْطَانٍ مُّبِينٍ
ދެން ތިމަންރަސްކަލާނގެ ހެކިތަކާއި، ބަޔާންވެގެންވާ ބާރަކާއެކު موسى ގެފާނާއި، އެކަލޭގެފާނުގެ أخ، هارون ގެފާނު ތިމަންރަސްކަލާނގެ ފޮނުއްވީމެވެ
އަލް-މުއުމިނޫންޤުރުއާން ފިހުރިސްތު
118އާޔަތް
MeccanRevelation
43އާޔަތް

ތަރުޖަމާ — އަލް-މުއުމިނޫން 43

ސޫރަތު އަލް-މުއުމިނޫން އާޔަތް 43 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެއްވެސް أمّة އަކަށް، އެ أمّة އެއްގެ أجل އިހެއްނުކުރައްވާނެތެވެ. އަދި ފަހެއްވެސް…

ސޫރަތު އާޔަތް 43/118 — ސޫރަތު އަލް-މުއުމިނޫން المؤمنون (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-މުއުމިނޫން އަޑު އަހާ, ސޫރަތު އަލް-މުއުމިނޫން ތަރުޖަމާ, ސޫރަތު އަލް-މުއުމިނޫން mp3, ސޫރަތު އަލް-މުއުމިނޫން pdf. އާޔަތް 41–45. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers