އަލް-ފުރުޤާން · 6/77
ތަރުޖަމާ ކިޔެވުން — އަލް-ފުރުޤާން
قُلْ أَنزَلَهُ الَّذِي يَعْلَمُ السِّرَّ فِي السَّمَاوَاتِ وَالْأَرْضِ ۚ إِنَّهُ كَانَ غَفُورًا رَّحِيمًا ۝٦
Qul anzalhul lazee ya`lamus sirra fis samaawaati wal-ard; innahoo kaana Ghafoorar Raheemaa
📖 ދިވެހި މާނަ
ކަލޭގެފާނު ވިދާޅުވާށެވެ! އެ قرآن ބާވައިލެއްވީ، އުޑުތަކާއި، ބިމުގައިވާ ސިއްރުތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ކަލަކު ކަމުގައި، އެކަލާނގެ ވޮޑިގެންވެއެވެ
🎧 އަޑު އަހާ

📜 އާޔަތް 4-8 — އަލް-ފުރުޤާން

4وَقَالَ الَّذِينَ كَفَرُوا إِنْ هَٰذَا إِلَّا إِفْكٌ افْتَرَاهُ وَأَعَانَهُ عَلَيْهِ قَوْمٌ آخَرُونَ ۖ فَقَدْ جَاءُوا ظُلْمًا وَزُورًا
كافر ވި މީހުން ބުނޫއެވެ. އެކަލޭގެފާނު (އަމިއްލަފުޅަށް) އުފައްދަވައިގެން އުޅުއްވާ ދޮގެއްކަމުގައި މެނުވީ، މި قرآن ނުވެއެވެ. އަދި އެކަމުގެމައްޗަށް އެހެން ބަޔަކު އެކަލޭގެފާނާ އެހީވޫއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެން އެ ގެނައީ، އަނިޔާވެރިވުމެކެވެ. އަދި ބޮޑުވެގެންވާ ދޮގެކެވެ
5وَقَالُوا أَسَاطِيرُ الْأَوَّلِينَ اكْتَتَبَهَا فَهِيَ تُمْلَىٰ عَلَيْهِ بُكْرَةً وَأَصِيلًا
އަދި އެއުރެން ބުނޫއެވެ. (އެއީ) އެކަލޭގެފާނު މީހުންލައްވައި ލިޔުއްވާފައިވާ، އެވޭލާ މީހުން ދައްކައިއުޅުނު ފުލޯކު ވާހަކަތަކެކެވެ. ފަހެ، އެތަކެތި ހެނދުނާއި ހަވީރު، އެކަލޭގެފާނަށް ކިޔައިދެތެވެ
6قُلْ أَنزَلَهُ الَّذِي يَعْلَمُ السِّرَّ فِي السَّمَاوَاتِ وَالْأَرْضِ ۚ إِنَّهُ كَانَ غَفُورًا رَّحِيمًا
ކަލޭގެފާނު ވިދާޅުވާށެވެ! އެ قرآن ބާވައިލެއްވީ، އުޑުތަކާއި، ބިމުގައިވާ ސިއްރުތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ކަލަކު ކަމުގައި، އެކަލާނގެ ވޮޑިގެންވެއެވެ
7وَقَالُوا مَالِ هَٰذَا الرَّسُولِ يَأْكُلُ الطَّعَامَ وَيَمْشِي فِي الْأَسْوَاقِ ۙ لَوْلَا أُنزِلَ إِلَيْهِ مَلَكٌ فَيَكُونَ مَعَهُ نَذِيرًا
އަދި އެއުރެން ބުނޫއެވެ. މި رسول އާއަށްވީ ކީއްހެއްޔެވެ؟ އެކަލޭގެފާނު ކާތަކެތި ފަރީއްކުޅުއްވަތެވެ. އަދި ބާޒާރުތަކުގައި ހިންގަވައި އުޅުއްވަތެވެ. ފަހެ، އެކަލޭގެފާނުގެ އަރިހުގައި إنذار ކުރައްވައި އުޅުއްވުމަށް، އެކަލޭގެފާނުގެ އަރިހަށް ملائكة އަކު ބާވައިނުލެއްވީ ކީއްވެގެން ހެއްޔެވެ؟
8أَوْ يُلْقَىٰ إِلَيْهِ كَنزٌ أَوْ تَكُونُ لَهُ جَنَّةٌ يَأْكُلُ مِنْهَا ۚ وَقَالَ الظَّالِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا
ނުވަތަ އެކަލޭގެފާނަށް خزانة އެއް ބާވައިނުލެއްވީ، ނުވަތަ އެކަލޭގެފާނު އެތަނުން ފަރީއްކުޅުއްވައި އުޅުއްވުމަށް، އެކަލޭގެފާނަށް ބަގީޗާއެއް ނެތީ ކީއްވެގެން ހެއްޔެވެ؟ އަދި އަނިޔާވެރިން ބުނޫއެވެ. ޖާދޫޖެހި، ބުއްދި އޮޅިފައިވާ މީހަކަށް މެނުވީ ތިޔަބައިމީހުން تبع އެއް ނުވަމުއެވެ
އަލް-ފުރުޤާންޤުރުއާން ފިހުރިސްތު
77އާޔަތް
MeccanRevelation
6އާޔަތް

ތަރުޖަމާ — އަލް-ފުރުޤާން 6

ސޫރަތު އަލް-ފުރުޤާން އާޔަތް 6 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ކަލޭގެފާނު ވިދާޅުވާށެވެ! އެ قرآن ބާވައިލެއްވީ، އުޑުތަކާއި، ބިމުގައިވާ ސިއްރުތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.…

ސޫރަތު އާޔަތް 6/77 — އަލް-ފުރުޤާން الفرقان (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ފުރުޤާން އަޑު އަހާ, އަލް-ފުރުޤާން ތަރުޖަމާ, އަލް-ފުރުޤާން mp3, އަލް-ފުރުޤާން pdf. އާޔަތް 4–8. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers